އަންހެނަކު ނުވަތަ ކުޑަ ކުއްޖަކު ހެދުން ލައިގެން ހުންނަ ވަގުތު މީހަކު ގޮސް ހެދުމުގެ މަތިން ގައިގައި އަތްލިއަސް އެކަން ޖިންސީ ގޯނާ ކުރި ކަމަކަށް ނުވާނެ ކަމަށް އިންޑިއާގެ ކޯޓަކުން ނިންމައިފިއެވެ.

މުމްބާއީގައި ހުންނަ ބޮމްބޭއީގެ ހައި ކޯޓުގެ ފަނޑިޔާރު ޕުޝްޕާ ގަނެޑިވާލާ މިދިޔަ ހަފްތާގެ ތެރޭގައި ބުނެފައިވަނީ 12 އަހަރުގެ އަންހެން ކުއްޖަކު ހެދުން ލައިގެން ހުއްޓާ ގައިގެ އެކި ތަންތަނުގައި އަތްލިޔަސް، އެއީ ޖިންސީ ގޯނާ ކުރުން ނޫން ކަމަށް ބުނެފައެވެ. އެއީ އެއްވެސް ގޮތަކަށް ހަންގަނޑުގައި ޖެހިފައި ނުވާތީ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ކޯޓުން ނެރެފައިވާ ލިޔެކިޔުންތަކަށް ބަލާ އިރު، އަންހެން ކުއްޖާ އުމުރުން 39 އަހަރުގެ އެ ފިރިހެން ކުއްޖާ ގެއަށް ގެނެސްފައިވަނީ "ފޭރު" ދޭނެ ކަމަށް ބުނެ 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އެވަގުތު ކުއްޖާ ގެއަށް އައުމުން އޭނާ ވަނީ ކުއްޖާގެ ހެދުމުގެ މަތިން މޭމަތީގައި އަތްލާފައެވެ. އަދި ކުއްޖާ ތިރިން ލައިގެން ހުރި ތަކެތި ބޭލުމަށްވެސް އޭނާ ވަނީ މަސައްކަތް ކޮށްފައެވެ.

މީގެ ކުރިން އޭނާ ކުރި ކުށަށް އިއުތިރާފު ވުމުން ދަށު ކޯޓުން ވަނީ ޖިންސީ ގޯނާގެ މައްސަލައިގައި އޭނާ ތިން އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައެވެ. އޭގެ ފަހުން އޭނާ ވަނީ ހައިކޯޓަށް އެ މައްސަލަ އިސްތިއުނާފު ކޮށްފައެވެ.

މި މަހުގެ 19 ވަނަ ދުވަހު ފަނޑިޔާރު ގަނެޑިވާލާ ބުނެފައިވަނީ އެ ފިރިހެން މީހާގެ އެ އަމަލު "ޖިންސީ ފުރައްސާރަ ނުވަތަ ޖިންސީ ގޯނާ" އަކަށް ނުވާނެ ކަމަށެވެ. އެގައުމުގައި އެފަދަ ކުށެއް ސާބިތުވެއްޖެ ނަމަ 3 އަހަރާއި 5 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލާނެއެވެ.

"މީގެ ކުރިން ދަށު ކޯޓުން އެ މީހާ އަށް ކޮށްފައިވާ ހުކުމަށް ބަލާއިރު، އެފަދަ ހުކުމެއް ކުރުމަށް އިތުރު ހެކި ބޭނުންވާނެ." ގަނެޑިވާލާ ބުންޏެވެ.

އޭނާ ވަނީ އެ ފިރިހެން މީހާއަށް ޖިންސީ ފުރައްސާރަ ނުކުރާ ކަމަށް ނިންމައި، އޭނާ ކުއްޖާއާއި ބެހުނު ނުވަތަ ފޮށުނު މައްސަލައިގައި އެއް އަހަރުގެ ދުވަހަށް ޖަލަށް ހުކުމް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހުސޭނުބޭ

    ހެދުންލައިގެން ހުއްޓާ ރޭޕްކުރިޔަސް އިންޑިޔާގައި ވިއްޔާ އޯކޭ ދޯ

    23
  2. އެމަންޖެ

    ހެދުން ނުބާލައޭ ކުރާކަމެއް ކޮއްނިންމާލަނީ.

  3. ކެކުރި.

    ތިހެން ވީއިރު ދޭތެރެ ދުރުކުރުމައް ފިރިހެނުން ބޭނުން ކުރާ ހުރަސް ބޭނުން ކޮއްގެން ބެހުނަސް އެނުވާނެތާ ރޭޕުކުރުމަކަކައް.

  4. ސޭޙް

    އެވާހަކަ އޭ އަހަރެމެންގެ ސޭކް އިންމަ ވެސް އެބުނީ ސަފާރީގަ ވެސް ހިނގައިގެން އެ އުޅެނީ ހަމަ އެކަލަ އާދައިގެ ގޮތަކަށް. މަތި މަތިން ރޭޕް ވެގެން