އިނގިރޭސިލާތުގައި ކޮވިޑް-19 ވެކްސިން އުފައްދާ ފެކްޓްރީއަކުން ގޮވާ އެއްޗެއް ކަަަމަށް ޝައްކު ކުރެވޭ އެއްޗެއް ފެނިއްޖެ އެވެ.

ގޮވާ އެއްޗެއް ކަމަށް ޝައްކު ކުރެވޭ އެެއްޗެ ފެނުނީ އޮކްސްފޯޑް ޔުނިވާސީޓީގެ އެސްޓްރަޒެނެކާ ވެކްސިން އުފައްދާ ފެކްޓްރީންނެވެ. މި ފެކްޓްރީއަކީ ވޭލްސްގެ ވްރެޒްހަމް ޓައުންގައި ހުންނަ ވޮކްހާޑްޓް ކުންފުނީގެ ފްކެޓްރީއެކެވެ.

މިހާރު އެގައުމުގެ ބޮން ނައްތާލާ ޔުނިޓުން ދަނީ އެ ފެކްޓްރީގައި ހަރަކާތްތެރިވަމުންނެވެ.

މ ފެކްޓްރީއަކީ ކޮވިޑް-19ގެ 300 މިލިއަން ޑޯޒް އުފައްދުމުގެ ގާބިލް ކަން ހުރި ފެކްޓްރީއެކެވެ.

މި ފްކްޓްރީ ހިންގާ ވޮކްހާޑްޓް ބުނީ، އެ ފެކްޓްރީގައި ތިބި އެންމެން އެތަނުން ނެރެފައިވާ ކަމަށެވެ. އަދި މިހާރު އެކަން ތަހުގީގު ކުރަމުންދާ ކަމަށްވެސް ބުންޏެވެ.

"އެ ސައިޓަށް ބޮމެއް ކަަމަށް ބެލެވޭ އެއްޗެއް ގެނައި ކަމަށާއި، ކަމާއި ގުޅުން ހުރި އިދާރާތަކުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށް"ވެކްސިން ސަޕްލައި ކުރުމުގައި އެސްޓްރާޒެނެކާއާއެކު މަސައްކަތް ކުރަމުންދާ ކުންފުނިން ބުންޏެވެ.

އަދި މިހާރު އެކަން ތަހުގީގު ކުރަމުންދާއިރު، އެ ކުންފުނީގެ މުވައްޒަފުންނާއި ވިޔަފާރީގެ ސަލާމަތަށް އިސްކަން ދޭނެ ކަަމަށްވެސް ބުނެފައި ވެއެވެ.

އެ ސައިޓަކީ އެސްޓްރާޒެނެކާގެ ސައިޓެއް ނޫނެވެ. އެތަނަކީ ވެކްސިން ފިލްކޮށް، ފޮނުވުމުގެ ކުރިން ކުރަން ޖެހޭ ކަންކަން ކުރަމުންދާ ޕްލާންޓް ހުންނަ ފްކެޓްރީއެވެ.