މިއަހަރުގެ މާޗް މަހުގެ އަށް ވަނަ ދުވަހާއި ހަމައަށް އިންގްލޭންޑްގެ ސްކޫލްތައް ނުހުޅުވަން އެގައުމުން ނިންމައިފިއެވެ.

އެގައުމުގެ ސްކޫލްތައް ނުޙުޅުވާނެ ކަމަށް ބޮޑުވަޒީރު ބޮރިސް ޖޮންސަން ވަނީ އެގައުމުގެ މެމްބަރުންނަށް އަންގާފައެވެ.

ފެބްރުއަރީ މަހުގެ ތެރޭގައި އެގައުމުގެ ސްކޫލްތައް ނުހުޅުވައި މާޗް މަހުގެ ދެވަނަ ހަފްތާގައި ހުޅުވުމަށް ނިންމާފައިވަނީ މިހާރު އެގައުމުގެ ކުރިއަށް ގެންދާ ވެކްސިން ޕްރޮގްރާމް ކުރިއަށް ދާނަމައެވެ.

މީގެ އިތުރުން ބޮޑުވަޒީރު ވަނީ މިހާރު އެގައުމުގެ އިއުލާނު ކޮށްފައިވާ ފުރަބަންދު ފިޔަވަޅުތަކަށް ލުޔެއް ދިނުމުގައި ވަކި ހާއްސަ ޕްލޭނެއް އެކުލަވާލޭނެ ކަމަށް ވިދާޅުވެފައެވެ. އެކަހަލަ ޕްލޭނެއް އުކުލަވާލާނީ އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން އަންނަ މަހުގެ 22 ވަނަ ދުވަހު ފުރަތަމަ ދައުރު ނިންމާފައި އަންނަ ދުވަހުއެވެ.

އޭރުން މިނިސްޓަރުންނަށް ކޮވިޑް-19ގެ ނުރައްކާ އެންމެ ބޮޑު ހަތަރު ގްރޫޕަށް ފެބްރުއަރީ މަހުގެ މެދު ތެރޭގައި ވެކްސިންދީ ނިމޭނެ ކަމަށްވެސް ބޮޑު ވަޒީރު ވަނީ ބުނެފައެވެ.

އެގައުމުގެ ސްކޫލްތައް ހުޅުވުމުގެ މުއްދަތު އިތުރު ކޮށްފައިވާއިރު، މީގެ ކުރިން މިނިސްޓަރުން ވަނީ ސްކޫލް ހުޅުވުމުގެ 2 ހަފްތާ ކުރިން ހުޅުވުމުގެ ކުދިން ތައްޔާރު ވުމުގެ ގޮތުން ނޯޓިސްއެއް ދޭނެ ކަމަށެވެ.

ބޮޑުވަޒީރު ބުނެފައިވަނީ ސްކޫލްތައް ހުޅުވުން ލަސްކޮށްފައިވަނީ ކޮވިޑް-19ގެ ސަބަބުން ބަލަން ޖެހޭ ކަންކަން ބެލުމުގެ ގޮތުން ކަމަށާއި ދަރިވަރުންނާއި ބެލެނިވެރިން ކުދިން ސްކޫލަށް ފޮނުވުމަށް ކެއްމަދުވެފައިވާކަން އެނގިވަޑައިގަންނަވާ ކަމަށެވެ.

ސްކޫލްތައް މާޗްގައި ހުޅުވާއިރު، އެގައުމުގެ ލޭބަރ ލީޑަރ ސާ ކިއަ ސްޓޭމާ ވަނީ ހުރިހާ ސްކޫލްތަކުގެ މުވައްޒަފުން ފެބްރުއަރީ މަސް ނިމުމުގެ ކުރިން ވެކްސިން ޖެހުމަށް ގޮވާލާފައެވެ.