ކޮވިޑް-19 އިން ރައްކާތެރިވުމަށް ހަދާފައިވާ ވެކްސިނެއް ޖެހި މީހަކު ބަލި ޖެހިގެން މަރުވެއްޖެއެވެ.
ޔޫއޭއީއިން ވެކްސިން ޖަހާފައިވާ އެމީހާ އެގައުމުގެ ރަކް ނަމަކަށް ކިޔާ ހޮސްޕިޓަލަކުންނެވެ.
އޭނާގެ މަރާއި ގުޅިގެން މަޝްހޫރު ދީނީ އިލްމުވެރިއާ މުފްތީ މެންކު ވިދާޅުވީ، އޭނާ މަރުވެފައިވަނީ އޭނާ ކޮވިޑް-19 އަށް ފައްސިވެފައިވަނީ މީގެ 2 ދުވަސް ކުރިން ކަމަށާއި އޭނާ މަރުވުމުގެ ކުރިން ރޭގެ ވަގުތެއްގައި ފޯނުން ގުޅައި ނޭވާލާން އުނދަގޫވެގެން އުޅޭ ވާހަކަ ބުނެފައިވާ ކަމަށެވެ.
"އަންސިފް އަޝްރަފްގެ ބޭބެ މީގެ ގަޑިއިރެއް ކުރިން ގުޅާފައިވަނީ ބުނީ، އޭނާ މަރުވީ ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި ކަމަށް" މުފްތީ ފޭސްބުކުގައި ލިޔުއްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައި ވެއެވެ.
އޭނާގެ ބޭބެ މީސްމީޑިއާގައި ލިޔެފައިވާ ގޮތުގައި އަންސިފް ކޮވިޑް-19 އިން ރައްކާތެރިވުމަށް ވެކްސިން ޖަހާފައިވަނީ މިމަހުގެ 14 ވަނަ ދުވަހުއެވެ. އެހެން ނަމަވެސް އޭނާ ޖަހާފައިވަނީ ކޮން ބަޔަކު އުފައްދާފައިވާ ވެކްސިނެއް ކަމެއް ސާފުވެފައެއް ނުވެއެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށް އެކި ގައުމުތަކުން ވެކްސިން އުފައްދަމުން އަންނައިރު، ބައެއް ގައުމުތަކުން އުފައްދާ ވެކްސިނަކީ އެއީ ބަލިން ސަލާމަތްކޮށްދެވޭނެ ވެކްސިނެއް ނޫން ކަމަށް ބުނެ ބައެއް ފަރާތްތަކުން އަންނަނީ ވާހަކަ ދައްކަމުންނެވެ.
ނިޔާވި މީހާ ޖެހީ ޗައިނާގެ ސިނޯފަރމް ވެކްސިން ކަމަށް އެމީހާ ޓްވިޓާގަ އިނީ
ޖެހީ އިންޑިއާގެ ވެކްސިން. ވަގުތަށް މި ކޮމެންޓް ޖަހާކަށް ނުކެރޭނެ. ޙާޤީގަތް ހާމެވެދާނެތީ. ގެރި މޯދީގެ ގެރި ވެކްސިން ޤައުމުތަކަށް ޓެސްޓް ބުރަށް ޖަހަންވެގެން ބަހަނީ. ކާކުތަ އަމިއްލަ ޤައުމުގެ ރައްޔިތުން މަރުވެ މަރުވެ އޮއްވާ ވެކްސިންތައް ކަމެއް ނެތި މުޅި ދުނިޔެއަށް ބަހާނީ. ހަމަ އިންޑިއާގެ ހަންފެތުރުން. އިންޑިއާގެ ވާނުވާ ވެކްސިން
އިންޑިއާވެކްސިން ބަންގާޅަށް ފަސްލައްކަދިން. އެބެކްސިންޖެހި 10 މީހުން 24 ގަޑިއިރުތެރޭ މަރުވުމުން މުޅިބަންގާޅުގާ މުޒާހަރާއެބަކުރޭ
ކޮންމެ ބެކްސިނެއް ޖެހިޔަސް ބަލި ޖެހުމާއި ފުރާގެންދިއުމާ އެއީ މާ ބާރުގަދަ ފަރާތެއް ވެކްސިންތޯ ބާރު ގަދައީ ﷲ ގެ ކުޅަދުންވަންތަކަންތޯ؟ބާރު ގަދައީ ވެކްސިން އުފައްދަނީ އިންސާނުން އެމީހުންނަށް ވެކްސިން އުފެއްދުމުގެ ކުޅަދާނަ ކަންވެސް ލިބެނީ ހަމަ އެފަރާތުން ދެން ކޮންވާހަކައެއް
ޟި މައުޒޫއާ ކޮން ގުޅުމެއްބާ