ދުނިޔޭގެ އެކި ގައުމުތަކުގައި ހަލުވި ކަމާއި އެކީ ފެތުރެމުން އަންނަ ކޮވިޑް-19 ޖެހިގެން އިނގިރޭސިވިލާތުން އިތުރު 1،725 މީހަކު މަރުވެއްޖެއެވެ.

ދުނިޔޭގެ 219 ގައުމަކާއި ސަރަހައްދެއް ހިމެނޭހެން ކޮވިޑް-19 ފެނިފައިވާއިރު، އިނގިރޭސިވިލާތަކީ މިހާތަނަށް ބަލި ފެނިފައިވާ ގައުމުތަކުގެ ތެރެއިން ފަސް ވަނައަށް އެންމެ ގިނަ ބަޔަކު ކޮވިޑް-19 އަށް ފައްސިވެ، މަރުވެފައިވާ ގައުމެވެ.

އެގައުމުން އިތުރު 1،725 މީހަކު މި ބަލި ޖެހިގެން މަރުވެފައިވާއިރު، އިތުރު 25،308 މީހަކު ވަނީ ބައްޔަށް ފައްސިވެފައެވެ. މިހާތަނަށް އެންމެ ގިނަ ބަޔަކު އެއް ދުވަސްތެރޭ އެގައުމުން މަރުވެފައިވަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ. އެދުވަހު އެގައުމުން 1،820 މީހަކު ވަނީ ބަލި ޖެހިގެން މަރުވެފައެވެ.

އެގައުމުން އެންމެ ގިނަ ބަޔަކު އެއް ދުވަސްތެރޭ ފައްސިވެފައިވަނީ މިމަހުގެ 8 ވަނަ ދުވަހުއެވެ. އެދުވަހު އެގައުމުން 68،053 މީހަކަށް ވަނީ ބަލި ޖެހިފައެވެ.

އިނގިރޭސިވިލާތުން ކޮވިޑް-19 ޖެހިގެން މިހާތަނަށް މަރުވި މީހުންގެ އަދަދު ވަނީ 101،887 އަށް އަރާފައެވެ. އަދި ބައްޔަށް ފައްސިވިމީހުންގެ އަދަދު ވަނީ 3,715,054 އަށް އަރާފައެވެ.

އެގައުމުން މި ބަލި ޖެހިގެން މިހާތަނަށް 1,662,484 މީހަކު ރަނގަޅުވެފައިވާއިރު، މިހާރު ބައްޔަށް ފަރުވާ ދެމުން އަންނަނީ 1,950,683 މީހަކަށެވެ. އޭގެ ތެރެއިން 3,961 މީހަކަށް ފަރުވާ ދެމުން އަންނަނީ ހާލު ދެރަވެގެން ނުވަތަ އައިސީޔުގައި ކަމަށް ކޮވިޑް-19ގެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ކޮވިޑް-19 ޖެހިގެން މިހާތަނަށް މުޅި ދުނިޔެއިން 100 މިލިއަނަށްވުރެ ގިނަ މީހުން ވަނީ ރިޕޯޓް ކޮށްފައެވެ. އަދި 73 މިލިއަނަށްވުރެ ގިނަ މީހުން ވަނީ މި ބަލި ޖެހިގެން ރަނގަޅުވެފައިވާއިރު، 2 މިލިއަނަށްވުރެ ގިނަ މީހުން ވަނީ ބަލި ޖެހިގެން މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު