މެލޭޝިޔާގެ ސަރުކާރުގެ ދަރަނިތައް އަދާކުރުމަށް އެޤައުމުގައި އަލަށް އުފެދުނު ސަރުކާރުން ފަންޑު ފޮއްޓެއް ޤާއިމްކޮށްފިއެވެ.

މެއި 9 ގައިނަޖީބް ރަޒާކް ބަލިކުރައްވަވާ އެޤައުމުގެ ބޮޑުވަޒީރަކަށް ވެވަޑައިގެންނެވި ޑރ.މާހާތީރު މުޙައްމަދު ފަންޑުފޮށި ހުޅުވާދެއްވަމުން ވިދާޅުވީ އެޤަމުގެ އާ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވާނީ އެޤައުމުގެ ދަރަނި ކުޑަކުރުމަށްކަމަށެވެ.

މެލޭޝިޔާގެ ދަރަނި މިހާރު 250 ބިލިޔަން ޑޮލަރުގައި ހުރިއިރު، މިއީ އެޤައުމުގެ ޖީޑީޕީގެ 80 އިންސައްތަކަން ފާހަގަކޮށްލަން ޖެހެއެވެ. އެޤައުމުގެ ބޮޑުވަޒީރު ވިދާޅުވީ މިފަންޑު ފޮށި ހުޅުވުމުގެ މައިގަނޑު މަޤްސަދަކީ އެޤަމުގައި ތިބި ސަރުކާރަށް އެހީތެރިވެދެން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހޯދާދިނުން ކަމަށާއި ޤައުމުގެ ހާލަތު ވަރަށް އަވަހަށް ރަނގަޅުވާނެ ކަމަށެވެ. އަދި ސަކުރާރުން ރަސްމީ ފަންޑެއް އެކުލަވާލުމުން އޮޅުވާލައިގެން ސަރުކާރުން ކަމަށްބުނެ ހޯދާ ފަންޑުތައް މަދުވެގެން ދާނެކަމަށެވެ.

މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރާއި ދެކޮޅަށް ބޮޑެތި ކޮރަޕްޝަންގެ މައްސަލަތަކެއް ފެންމަތިވެފައިވާއިރު 4.5 ބިލިޔަން ޑޮލަރުގެ ކޮރަޕްޝަންގެ މައްސަލަތައްދަނީ އޭނާއާއި ދެކޮޅަށް ބަލަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު