ކޮވިޑް-19ގެ ސަބަބުން ތެލުގެ އަގު އަނެއްކާވެސް ދަށަށް ގޮސްފިއެވެ.

އެމެރިކަން ޕެޓްރޯލިއަމް އިންސްޓިޓިއުޓް (އޭޕީއައި) އިން ބުނެފައިވަނީ އެގައުމުގައި ފީފާ އުފައްދާ އިންސައްތަ 5.3 މިލިއަންއަށް ވެއްޓިފައިވާ ކަމަށެވެ.

މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އެމެރިކާގައި ބްރެންޓް ތެޔޮ ފީފާއެއްގެ އަގުވަނީ 0.7 އިންސައްތަ ދަށްވެފައެވެ. މިހާރު ތެޔޮ ފީފާއެއްގެ އަގު އުޅެނީ 55.54 ޑޮލަރަށެވެ.

މިމަހުގެ 13 ވަނަ ދުވަހު ބްރެންޓް ތެޔޮ ފީފާއެއްގެ އަގު އުޅުނީ 57.42 ޑޮލަރުގައެވެ. އެއީ މިދިޔަ އޭޕްރިލް މަހު ފީފާއެއްގެ އަގު ވެއްޓިފައި އަގު އެންމެ މައްޗަށް ދިޔަ ފަހަރެވެ.

ތެލުގެ އަގު މިހާ ބޮޑަށް ދަށްވެގެން ދިޔައީ ކޮވިޑް-19އާ ގުޅިގެން ދުނިޔޭގެ ގައުމުތައް ފުރަބަންދުގެ ހާލަތަށް ގޮސް ތެލަށް އޮތް ޑިމާންޑް ބޮޑުތަނުން ކުޑަވެފައިވާތީއެވެ.

ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު ތެޔޮ އުފައްދާ ގައުމު ކަމަށްވާ ޗައިނާއިން ދާދިފަހުން ވަނީ ކޮވިޑް-19ގެ ވޭދަނަތައް އިތުރުވާން ފަށާފައެވެ. އެގައުމުގެ އޮފިޝަލުން ބުނާ ގޮތުގައި އެގައުމުން އިއްޔެ އިތުރު 75 މީހަކު ވަނީ މި ބައްޔަށް ފައްސިވެފައެވެ.