ސްރީލަންކާ އިން ރެކޯޑް އަދަދަކަށް މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

މިއަދު އެ ގައުމުން ކޮވިޑް-19 އަށް ފައްސިވެފައި ވަނީ، 892 މީހެކެވެ.

މިއީ އެއް ދުވަސް ތެރޭގައި އެ ގައުމުން ކޮވިޑް-19 އަށް ފައްސިވި ދުވަހެވެ.

އެ ގައުމުން މިއަދު ކޮވިޑް-19 ބަލީގައި ހަތް މީހަކު މަރުވެފައި ވެއެވެ. މިއާއެކު އެ ގައުމުން ކޮވިޑް-19 ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 297 އަށް އަރާފައެވެ.

މިހާރު އެ ގައުމުން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ވަނީ 61586 އަށްއަރާފައެވެ. މީގެ ތެރެއިން 54435 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، ފަރުވާދެމުން ދަނީ 6854 މީހަކަށެވެ.

ލަންކާގައި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ހަަރުދަނާ ފިޔަވަޅުތައް އެޅިއެވެ. އަދި މަސްތަކެއް ވަންދެން ބަލި ކޮންޓްރޯލް ކުރިއެވެ. އެހެން ނަމަވެސް އަނެއްކާވެސް އެ ގައުމުގައި ކޮވިޑް-19 ފެތުރުން ވަނީ ކޮންޓްރޯލުން ނައްޓާ ވަރަށް އިތުރުވެފައެވެ.

މިހާރުއެ ގައުމުގައި ދަނީ ކޮވިޑް-19 އާ ދެކޮޅަށް ބޭނުން ކުރާ ވެކްސިން ޖެހުމުގެ ކަންކަން ފަށައިގެން ކުރިއަށެވެ.

ލަންކާއަކީ 91 ވަނަ އެންމެ ގިނަ ބަޔަކު ކޮވިޑް-19އަށް ފައްސިވެފައިވާ ގައުމެވެ.

ކިޔުންތެރިންގެ ހިޔާލު