ދުނިޔޭގެ އެކި ގައުމުތަކުގައި ހަލުވި ކަމާއި އެކީ ފެތުރެމުން އަންނަ ކޮވިޑް-19 ޖެހިގެން އިންޑޮނޭޝިއާއިން ރެކޯޑް އަދަދަކަށް މީހުން މަރުވެއްޖެއެވެ.

އިންޑޮނޭޝިއާއިން އިތުރު 476 މީހަކު މަރުވެ ޖުމްލަ މީހުން މަރުވެފައިވާއިރު، އެގައުމުން މިހާތަނަށް އެންމެ ގިނަ ބަޔަކު އެއްދުވަސްތެރޭ މަރުވެފައިވަނީ އިއްޔެއެވެ. އިއްޔެ އެގައުމުން 387 މީހަކު ވަނީ ބަލި ޖެހިގެން މަރުވެފައެވެ.

އިންޑޮނޭޝިއާއަކީ ދުނިޔެއިން 19 ވަނައަށް އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވެފައިވާ ގައުމެވެ. އެ ގައުމުގައި ކޮންމެ ދުވަހަކު ކަަހަލަ ގޮތަކަށް ކޮވިޑް-19 ޖެހޭ މީހުންގެ އަދަދުތައް އުޅެނީ 10،000 އަށްވުރެ މަތީގައި ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ފާއިތުވެދިޔަ 24 ގަޑިއިރަށް ބަލާއިރު، އެ ގައުމުން 13،695 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އެގައުމުން މިހާތަނަށް އެންމެ ގިނަ މީހުން އެއް ދުވަސްތެރޭގައި ފައްސިވެފައިވަނީ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހުއެވެ. އެދުވަހު އެގައުމުން 14،224 މީހަކު ވަނީ މި ބައްޔަށް ފައްސިވެފައެވެ.

އެ ގައުމުގައި ކޮވިޑް-19 އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 1،037،993 އަށް އަރާފައެވެ. އެގައުމުން މިހާތަނަށް 842،122 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، މިވަގުތު ބަލި ޖެހިގެން ފަރުވާ ދެމުން އަންނަނީ 166،540 މީހަކަށެވެ.