ކޮވިޑް-19ގެ ސަބަބުން ފިރިހެނުންގެ ދަރިފަންޏަށް އަސަރުކޮށް ބާރު ދަށްވާ ކަމަށް ޖަރުމަނުވިލާތުުން ހެދި ދިރާސާއަކުން ދައްކައިފިއެވެ.

ޖަރުުމަނުވިލާތުގައި ސައިންސްވެރިން ހެދި ދިރާސާގައި ބޭނުންކޮށްފައި ވަނީ ކޮވިޑް-19 އަށް ފައްސިވެ ބަލިން ރަނގަޅުވެފައިވާ މީހުންނާއި މި ބައްޔަށް ދުވަހަކުވެސް ފައްސިވެފައި ނުވާ މީހުންނެވެ.

މި ދިރާސާގައި އެމީހުންނަށް ހޯދިފައި ވަނީ މި ބަލި ޖެހޭ ފިރިހެނުންގެ ދަރިފަނީގެ ބާރު ދަށްވާކަން ކަަމަށް ސައިންސްވެރިންނާއި ހަވާލާދީ ޑެއިލީ މެއިލް އިން ރިޕޯޓްކޮށްފައި ވެއެވެ.

މި ބަލި ޖެހިފައި ރަނގަޅުވާ މީހުންގެެ ދަރިފަނީގެ ބާރު ދަށްވުމުގެ ސަބަބުން ދަރިން ހޯދުުމަށް ވެސް ދަތިވާނެ ކަމަށް ވެއެވެ. މިހާރުވެެސް މި ބަލި ޖެެހި ރަނގަޅުވެފައިވާ ބައެއް މީހުންނަށް ދަރިން ނުލިބޭ މައްސަލަ ވަނީ ފެންމަތިވެފައެެވެ. މީގެ އިތުރުން މި ބަލީގެ ސަބަބުން ފުއްޕާމެއަށާއި، ލޭނާރުތަކަށް އަދި ހިތަށްވެެސް ގެއްލުންތަކެއް ލިބެއެވެެ.

މި ބަލީގެ ސަބަބުން ދަރިިފަނި އުފައްދާ ނިޒާމަށް ވާ ގެއްލުން އެންމެ ފުރިހަމަ ގޮތުގައި އަދި ހޯދިިފައެއްް ނުވެއެވެ. މި ހޯދުމާއި އެެކު ސައިންސްވެރިން އަންނަނީ ޖަރުމަނުވިލާތުގައި އިތުރަށް މިކަން ތަހުލީލު ކުރަމުންނެވެ.

ކޮވިޑް-19ގެ ސަބަބުން ދަރިފަންޏަށް ވާ ގެެއްލުން ލަސްލަހުން ރަނގަޅުވާ ކަމަށް އެ ނޫހުން ވަނީ ސައިންސްވެރިންނާއި ހަވާލާދީ ރިޕޯޓުކޮށްފައެވެ. މި ދިރާސާގައި ބައިވެރިވި ފިރިހެނުން ދަރިއަކު ހޯދުމުގެ ކުރިން ޗެކްއަޕް ހެދުުމަށް ސައިންސްވެރިން ވަނީ އިލްތިމާސްކޮށްފައެެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނާޒިމް

    ކައިވެނި ކުރާއިރު ކޮވިޑް ޖެހިފަތޯ ޗެކްކުރަން އެބަޖެހޭ ދޯ އެހެންވީއިރު،

    4
    2