ކޮވިޑް-19 އަށް ޓެސްޓުކުރަން ފުރަގަސްފަރާތުން ނަގާ ސުންކު (ސާމްޕަލް)ގެ ނަތީޖާ މާ ސައްހަކަމަށް ބުނެ، ޗައިނާއިން އެގޮތަށް ސުންކު ނަގަން ފަށާފައިވާ ކަމަށް އެ ގައުމުގެ ގައުމީ ޓީވީން ބުނެފިއެވެ.

އެ އާ ޕްރޮސީޑަރއާއެކު އެތައް ބަޔަކު ވަނީ ނުރުހުން ފާޅުކޮށް މީސް މީޑިއާގައި ވާހަކަދައްކާފައެވެ. އެހެން ނަމަވެސް ޑޮކްޓަރުން ފުރަގަސްފަރާތުން ނަގާ ސުންކުގެ ސައްހަކަން މާބޮޑު ކަމަށެެވެ.

އޮފިޝަލުން މިދިޔަ ހަފްތާ ތެރޭގައި ވަނީ ބެއިޖިންގގައި ކޮވިޑް-19 ފެތުރިފައިވާ ސަރަހައްދުތަކުގައި އުޅޭ މީހުންގެ ފުރަގަަސް ފަރާތުން ސުންކު ނަގާފައެވެ. އަދި ކަރަންޓީން ފެސިލިޓީތަކުގައި ތިބި މީހުންގެ ސުންކުވެސް ނަގާފައި ވެއެވެ.

ޗައިނާގެ ބައެއް ސިޓީތަކުގެ އެކި ސަރަހައްދުތަކުގައި ދަނީ ކޮވިޑް-19 ފެތުރެމުންނެވެ. އެ ސަރަހައްދުތައް މިހާރު ވަކިކޮށްފައިވާއިރު، ގިނަބަޔަކު ކޮވިޑް-19 އަށް ޓެސްޓު ކުރުމުގެ ބޮޑު ކެމްޕޭނެއް ދަނީ ކުރިއަށެވެ. މި މަސައްކަތުގެ ތެރެއިން މިހާރު ސުންކު ނަގަނީ ނޭފަތުންނާއި، ގޮހޮރުންނެވެ.

އެހެން ނަމަވެސް ފުރަގަސް ފަރާތުން ނަގާ ސުންކުން ކޮވިޑް-19 ޖެހިފައި ތިބޭ މީހުން މާ ފަސޭހައިން އެނގިގެންދާ ކަމަށް، ޑޮކްޓާރުން ބުނެފައި ވެއެވެ.

އެ ގައުމުން ސީސީޓީވީ ނޫހުން އާދީއްތަ ދުވަހު ބުނީ، ފުރަގަސްފަރާތުން ސުންކު ނެގުން މާބޮޑަށް ކުރިއަށް ނުގެންދާނެ ކަމަށެވެ. އެއީ އެހާ ރަނގަޅު ޓެކްނިކް އަކަށް ނުވާނެތީ ކަމަށްވެސް ބުންޏެވެ.

ޗައިނާގައި މިހާރު ކޮވިޑް-19 ފެތުރެމުންދާއިރު، އެ ގައުމުގައި މިހާރު ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސޭނުބޭ

    ތިހެން ތެޅެނިކޮށް ކޮވިޑަށްވުރެ މާ ސުންޕާކަން ބޮޑު ބައްޔެއް ފެތުރިދާނެ!

    14
    1