އިންޑިއާގެ ދިއްލީ އިސްރާއީލް އެމްބަސީ ކައިރީގައި އެއްޗެއް ގޮއްވާލައިފިއެވެ.

ފުލުހުން ބުނީ، އައުރަންގޒެބް މަގުގައި އެއްޗެއް ގޮއްވާލައިގެން އުޅޭކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. ގޮއްވާލާފައި ވަނީ ކޮން އެއްޗެއްކަން އަދި ސާފެއް ނުވެއެވެ.

ދިއްލީގެ ހާއްސަ ފުލުހުންނާއި، ފަޔާ ޓީމް މިހާރު ވަނީ އެ ސަރަހައްދުގައި ހަރާކްތެރިވަމުންނެވެ. ބައެއް ރިޕޯޓްތައް ބުނާގޮތުގައި، އެ ގޮވުމުގެ ސަބަބުން ބައެއް ކާރުތަަކަށް ވަނީ ގެއްލުންވެފައެވެ.

ފުލުހުންގެ ހާއްސަ ޔުނިޓްގެ އޭސީޕީ ލަލިތް މޯހަން ނެގީ ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

މި ހާދިސާ ހިނގާފައި ވަނީ މިއަދު ހަވީރު 17:00 ހާއިރު އެވެ.

މި ހާދިސާގެ މައުލުމާތު ފަޔާ ޑީޕާޓްމެންޓަށް ލިބުނީ މިއަދު ހަވީރު 17:11 ހާއިރު އެވެ. އަދި އެ ސަރަހައްދަށް ފަޔަރުން ދިޔައިރު، އެތަނުގައި ހުރި ބައެއް ވެހިކަލްތަކުގެ ބިއްލޫރިގަނޑު ތަޅައިގެން ގޮސްފައިވާ ކަމަށް ވެއެވެ.

ފުލުހުން މިހާރު ދަނީ އެ ސަރަހައްދުގައި ހުރި ސީސިޓީވީ ފޫޓޭޖްތައް ބަލަމުންނެވެ. އަދި މި ހާދިސާގައި މިހާތަނަށް އެއްވެސް މީހަަކަށް އަނިޔާވިކަމަށް ނުބެލެވޭ ކަމަށް ވެއެވެ.

މި ގޮވުން ގޮވާފައި ވަނީ ހާއްސަ ރަސްމިއްޔާތެއް ކުރިއަށްގެންދާ ސަރަހައްދާއި، މާ ދުރެއްގައި ނޫނެވެ. ވިޖޭ ޗޮވްކްގައި ކުރިއަށްގެންދާ އެ ރަސްމިއްޔާތުގައި އެ ގައުމުގެ ރައީސް ރާމް ނަތް ކޮވިންޑް، އާއި ބޮޑުވަޒީރު ނަރެންދްރާ މޯދީ އާއި ސިފައިންގެ އިސް އޮފިޝަލުންދަނީ ބައިވެރިވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ޢަހު

  އަލްޙަމްދު ލިއްލާހ

  3
  1
 2. ކޮންޓޭ

  ކޮންބައެއް؟؟ އިޒްރޭލުން ބުނާނީ ތިއީ އީރާން ގެ
  އަތެއް ކަމަށް ޔަގީން

  2
  2
 3. ޙެގީ

  އެމީހުންގެ ތަނެއްގަ ބޮމެއް ގޮއްވާލިޔަސް ޖަހާތި.. އެކަމް މުސްލިމުންނަށް އެޔޮއް ކު ރާ އަނިޔާ އާ ދޭތެ ރޭ އާ ބޮމް ގޮއްވިއަސް ނުޖަހާނެ..

  2
  1
 4. ޙަރާެޖ

  އެމީހުންގެ ތަނެއްގަ ބޮމެއް ގޮއްވާލިޔަސް ޖަހާތި.. އެކަމް މުސްލިމުންނަށް އެޔޮއް ކު ރާ އަނިޔާ އާ ދޭތެ ރޭ އާ ބޮމް ގޮއްވިއަސް ނުޖަހާނެ..

  2
  1