ސައުދީ އަރަބިއާގެ ވަޔާއި ކަނޑާއި އެއްގަމުގެ ބޯޑަރުތައް ބަންދުކޮށްފައި އޮންނަ މުއްދަތު މެއި 17 ވަނަ ދުވަހާއި ހަމައަށް އިތުރު ކޮށްފިއެވެ.

އެ ގައުމުން ކުރި އިއުލާނުކޮށްފައި އޮތީ ބޯޑަރުތައް 31 މާރިޗްގައި ހުޅުވާ ގޮތަށެވެ.

އެހެން ނަމަވެސް މިހާރު 17 މެއި އާ ހަމައަށް ބޯޑަރުތައް ބަންދުކޮށްފައި އޮތުން އިތުރުކުރުމާއެކު، އެ ގައުމަށް އެއްގުމު މަގުންނާއި، ކަނޑުންނާއި އަދި ވައިގެ މަގުންވެސް އެތެރެ ނުވެވޭނެެއެވެ.

ސައުދީގެ ބޯޑަރު ހުޅުވާ ދުވަސް ފަސް ކުރީ ވެކްސިން ލިބުމުގައި ދަތިތަކާއި ދިމާވެގެން ކަަމަށްއެ ގައުމުގެ ހެލްތް މިނިސްޓްރީން ވިދާޅުވިއެވެ.

މިއީ ކޮވިޑް-19ގެ ސަބަބުން ސައުދީގެ ބޯޑަރުތައް ބަންދު ކުރި ތިން ވަނަ ފަހަރެވެ. އެންމެ ފުރަތަމަ އެގައުމުގެ ބޯޑަރު ބަންދު ކޮށްފައިވަނީ މާޗް މަހުގެ 9 ވަނަ ދުވަހުއެވެ. އޭގެ ފަހުން އަނެއްކާވެސް މި މުއްދަތު އިތުރު ކޮށްފައިވަނީ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ.

އެގައުމުން ބުނެފައިވަނީ އެގޮތަށް ބޯޑަރުތައް ބަންދުކޮށްފައި އޮންނަ އޮތުން އިތުރު ކޮށްފައިވަނީ ވެކްސިން ލިބޭ ދުވަސް ލަސްވެ، ކޮވިޑް-19ގެ އިތުރު ރާޅުތަކެއް އެކި ގައުމުތަކަށް އަރަމުން އަންނާތީ ކަމަށެވެ.

އެގައުމުން ބުނީ، ބޯޑަރުތައް ހުޅުވައި ފިޔަވަޅުތަކަށް ލުޔެއް ދިނުމުގެ ކުރިން އެގައުމުގެ ރައްޔިތުންނަށް ވެކްސިންދީ، ބަލިން ސަލާމަތް ކުރެވޭނެ މަގު ހޯދަމުން އަންނަ ކަމަށެވެ.