ކިރު، މޭވާ އަދި ތަރުކާރީގެ ބާވަތްތަކުގެ އަގު ބޮޑު ކުރުމަށް ޝަރުތުކޮށް އިންޑިޔާގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ 10 ދުވަހުގެ މުޒާހަރާގައި އިންޑިޔާގެ މަގުތަކަށް ކިރާއި މޭވާ އަދި ތަރުކާރީ އަޅަން ފަށައިފިއެވެ.

އިންޑިޔާގެ ނޫސްތަކުން ބުނާގޮތުގައި މިމުޒާހަރާތަށް ފަށާފައިވަނީ އިންޑިޔާގެ ބަކަރި ހުއިހައްޕާ މީހުންނަށް އަދި ދަނޑު ގޮވާން ކުރާ މީހުންނަށް އެކަށޭނެ އުޖޫރަ ނުލިބޭ ކަމަށް ބުނެއެވެ. ސަރުކާރުގެ ކިބައިން މުޒާހަރާގެ ބައިވެރިން އެދިފައިވަނީ މިތަކެތީގެ އަގު މާކެޓްގައި ބޮޑުކޮށް ދިނުމަށެވެ. ނޫންނަމަ މުޒާހަރާ ކުރިޔަށް ދާނެ ކަމަށް މުޒާހަރާގެ ބައިވެރިން އިންޒާރު ދެއެެވެ.

މުޒާހަރާގެ ބައިވެރިން ބުނަމުންދަނީ ކިރާއި މޭވާ އަދި ތަރުކާރީގެ ބާވަތްތަކުން އެމީހުން އެތަކެތި އުފެއްދުމަށް އަދި ހެއްދުމަށް ކުރި ޚަރަދަށް ކަނޑާފައި އެއްވެސް ފައިދާއެއް ނުލިބޭ ކަމަށާއި، އެމީހުންގެ އެންމެ ކުޑަ ޝަރުތަކީ އަތުން ދިޔަ ޚަރަދުގެ ދެގުނަ ފައިދާގެ ގޮތުގައި ލިބޭ ވަރަށް މިތަކެތީގެ އަގު އުފުލާދިނުން ކަމަށެވެ.

އިންޑިޔާގެ ހަތް ސުޓޭޓް ކަމަށްވާ، ހަރިޔާނާ، ރާޖިސްތާން، ޖަންމޫ، ކަޝްމީރު، މަދިޔަ ޕްރަދޭޝް، މަހާޝްތްރާ، ކަރްނަޓަކާ އަދި ކެރެލާގެ އެކި ހިސާބުތަކުގައި މުޒާހަރާގެ ބައިވެރިންދަނީ ހަރަކާތްތެރިވަމުންނެވެ. އަދި މާދަމާ ސިޓީ ތަކުގައި ކިރު ފޯރު ނުކޮށްދޭނަމަ ކަމަށްވެސް މުޒާހަރާގެ ބައިވެރިންދަނީ ބުނަމުންނެވެ.

މިމުޒާހަރާތަކާއި ގުޅިގެން އިންޑިޔާގެ ހޯމް މިނިސްޓަރ ވަނީ މިކަމަށް ވަރަށް އަވަސް ހައްލެއް ހޯދައިދިނުމަށް ސަރުކާރުގެ ތެރެއިން މަސައްކަތްތަކެއް ކުރިޔަށް ދާކަމަށް އިންޑިޔާގެ މީޑިޔާތަކަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. އަލީ

  ފަގީރުން އުޅޭ ހާލައް ވިސްނުމެއްނެތި އުޅޭ ފާޑެއް

 2. ލައިސާޓު

  މޮޔަ ވިއަސް ބޮޑުވަރު

 3. ޢަލިފުޅު

  ސުބުޙާނަﷲ، ހެޔޮނުވާނެ ތިތަކެތި އިސްރާފުކުރާކަށް، ތިމީހުންނަށް ވިސްނައިދީބަލަ ﷲ ދެއްވާ ރިޒުޤު ތިގޮތަށް އިސްރާފުކރުމުން، މި ރާއްޖޭގައިވެސް އޮތީ އެކަން ފެނިފައި.

 4. ހުނުހިނި

  ކެނެރީ ނަސީދާ އެމް ޑީ ޕީ އަށް ވަރައް ރަނގަޅު ކަމަކަށް ތިކަންވާނެ ތީ ރައްޔިތުންގެ ވެރިކަމޯ