މިހާރު ދުނިޔޭގައި ފެތުރެމުން އަންނަ ކޮވިޑް-19ގެ އިންޒާރު ދީފައިވާ އިނގިރޭސިވިލާތުގެ ޕްރޮފެސަރަކު އިތުރު ބައްޔެއްގެ ބޯމަތީގައި އޮތް ކަމުގެ އިންޒާރު ދީފިއެވެ.

ޔުނިވާސީޓީ އޮފް އެޑިންބާގް އިންފެކްޝަން ޑީޒީސް އެޕިޑެމިއޮލޮޖީ ޕްރޮފެސަރ މާކް ވޫލްހައުސް އިންޒާރު ދީފައިވަނީ "ބަލި އެކްސް" ނަމަކަށް ކިޔާ ބައްޔަކަށެވެ. އޭނާ ބުނި ގޮތުގައި މި ބަލި ވަނީ ބޯމަތީގައި ކަމަށާއި ބަލީގެ ސަބަބުން އަނެއްކާވެސް އިތުރު ތަކުލީފުތަކެއް ކުރިމަތި ވެދާނެ ކަމަށެވެ.

ވޫލްހައުސް މި އިންޒާރު ދީފައިވަނީ މީގެ ކުރިން ބިލްގޭޓްސް ދުނިޔެ އޮތީ އިތުރު ޕެންޑަމިކަކަށް ތައްޔާރުގައި ނޫން ކަމަށް ބުނެފައިވަނިކޮށެވެ. ބިލްގޭޓްސް އޭރު ބުނެފައިވަނީ ކޮވިޑް-19ގެ ފަހުން އަންނަ ބަލި މަޑުކަން މާ ބޮޑު ވާނެ ކަމަށާއި އެކަމުގެ ސަބަބުން ގިނަ ގޮންޖެހުންތަކެއް ކުރިމަތި ވާނެ ކަމަށެވެ.

ވޫލްހައުސް އާއި އޭނާ އާއި އެކީ މަސައްކަތް ކުރަމުން ދިޔަ ބައެއް މީހުން ވަނީ 2017 ވަނަ އަހަރު ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއަށް ގޮސް އެމީހުންގެ ނުރައްކާތެރި ބަލި ލިސްޓުގައި "ބަލި އެކްސް" ހިމަނަން ބުނެފައެވެ.

އޭގެ އަހަރެއް ފަހުން އެ ޖަމްއިއްޔާއިން ބޭއްވި ބައްދަލުވުމެއްގައި ވޫލްހައުސް ބުނީ، "ބަލި އެކްސް" އަންނާނެ ގޮތެއް ސީދާ ބުނަން ނޭނގޭ ކަމަށާއި ބޮޑަށް ބެލެވެނީ ނޮވެލް ކޮރޯނާވައިރަސް އާއި އެއްގޮތް ކުރާ މައިލްޑް އީސްޓް ރެސްޕިރޭޓަރީ ސިންޑްރޯމް (އެމްއީއާރުއެސް) ނުވަތަ ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް (ސާސް) ގޮތަށް ބަލި ފެންނާނެ ކަމަށެވެ.

މިކަން ސިޔާސީ ފަރާތްތަކުން ސީރިއަސްކޮށް ނުނެގި ނަމަވެސް ކޮންމެ އެއް އަހަރު ނުވަތަ ދެ އަހަރުން ސައިންސްވެރިން އަންނަނީ އިންސާނުންނަށް ޖެހޭ އެކި އެކި ވައިރަސްތައް ފެންނަ ކަމަށް ބުނަމުންނެވެ. އެގޮތުން ބަލާއިރު، ފާއިތުވި 50 އަހަރު ސައިންސްވެރިން ވަނީ އެކި ކަހަލަ ވައިރަސްތައް ހޯދާފައެވެ.

ވޫލްހައުސް "ބަލި އެކްސް"ގެ އިންޒާރުދިން ނަމަވެސް ބައެއް ފަރާތްތަކުން އަންނަނީ މިވަގުތު ދުނިޔެއަށް ކުރިމަތިވެފައިވާ ބަލި މަޑު ކަމާއި މެދު ވިސްނަމުންނެވެ. އެހެން ނަމަވެސް އޭނާ ވަނީ ކުރިއަށް އޮތް ދުވަސްތަކުގައި އަންނާނެ ބަލިތަކަށް ވިސްނުމަށްވެސް ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ިތެސޮ

    ވެކސިނ ޖެހުމުން އެފުދޭ ބައްޔަ ކައް ވާނީ

    11
    2
  2. ެއިސްމާލު

    މިއީ އެލެކްސް ކިޔާ އައު ވައި ރަސް އެއް މިއީ މާކުރިންވެސް އިނގިރޭސިވިލާތުގައި އުޅުނު ވައި ރަސްއެއް މިވަގުތު އެވައި ރަސް އުޅެމުންގެންދަނީ މާލޭގައި...

    23
    1
  3. ޙިތ މގ ނ

    ޑިޒީސް އެކްސް ދޯ
    ދުނިޔޭގެ މީހުން ރަނގަޅުވެ އިސްލާހު ވާނެނަމަ ކޮންފަދަ

    14
    1
  4. ސާރާ

    ބަލި އެކްސް ؟
    ދިވެހިނަމެއް ކިޔާ ބައްޔެއްތަ ؟

    5
    1
  5. ޢަލިދީދީ

    ޢެކްސް ޕުރޯވެސް އަންނާނެ..