ދުނިޔޭގެ ގިނަ ގައުމުތަކުގައި ހަލުވި ކަމާއި އެކީ ފެތުރެމުން އަންނަ ކޮވިޑް-19 ޖެހިގެން ފްރާންސްއިން އިތުރު 510 މީހަކު މަރުވެ، ސްޕެއިން އިން އިތުރު 513 މީހަކު މަރުވެއްޖެއެވެ.

ފްރާންސް އަކީ ދުނިޔެއިން ހަ ވަނައަށް އެންމެ ގިނަ މީހުން މި ބައްޔަށް ފައްސިވެފައިވާ ގައުމެވެ. އަދި ސްޕެއިން އަކީ 7 ވަނަ އަށް އެންމެ ގިނަ މީހުން މި ބައްޔަށް ފައްސިވެފައިވާ ގައުމެވެ.

ފްރާންސްއިން އިތުރު 510 މީހަކު މަރުވެ އެގައުމުން މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 75,620 އަށް އަރާފައެވެ. އެގައުމުން އެންމެ ގިނަ ބަޔަކު އެއް ދުވަސްތެރޭ މަރުވެފައިވާ ކަމަށް ރިކޯޑް ކުރެވިފައިވަނީ މިދިޔަ އޭޕްރިލް މަހުގެ 15 ވަނަ ދުވަހުއެވެ. އެދުވަހު އެގައުމުން 1،437 މީހަކު ވަނީ ބަލި ޖެހިގެން މަރުވެފައެވެ.

ސްޕެއިންއަށް ބަލާއިރު، އެގައުމުން މިހާތަނަށް ކޮވިޑް-19 ޖެހިގެން 58,319 މީހަކު ވަނީ މަރުވެފައެވެ. އެންމެ ގިނަ ބަޔަކު އެގައުމުން އެއް ދުވަސްތެރޭ މަރުވެފައިވަނީ އޭޕްރިލް މަހުގެ 2 ވަނަ ދުވަހުއެވެ. އެދުވަހު އެގައުމުން 996 މީހަކު ވަނީ މަރުވެފައެވެ.

ފްރާންސްއިން އިތުރު 22,858 މީހަކު މި ބައްޔަށް ފައްސިވެ، ޖުމްލަ ފައްސިވި މީހުންގެ އަދަދު ވަނީ 3,153,487 އަށް އަރާފައެވެ. މިހާތަނަށް 88،790 މީހުންނަކީ އެއްދުވަސް ތެރޭ އެންމެ ގިނައިން އެގައުމުން ފައްސިވެފައިވާ މީހުންނެވެ. އެއީ މިދިޔަ ނޮވެމްބަރު މަހުގެ 7 ވަނަ ދުވަހުއެވެ.

ސްޕެއިންއިން އިތުރު 38,118 މީހަކު ވަނީ މި ބައްޔަށް ފައްސިވެފައެވެ. އެގައުމުން މިހާތަނަށް 2,830,478 މީހަކު ވަނީ ޖުމްލަ މި ބައްޔަށް ފައްސިވެފައެވެ. މިއީ 3 ވަނަ އަށް އެންމެ ގިނަ މީހުން އެގައުމުން ފައްސިވެފައިވާ ދުވަހެވެ. މީގެ ކުރިން އެންމެ ގިނަ މީހުން އެގައުމުން ފައްސިވެފައިވަނީ މި މަހުގެ 27 ވަނަ ދުވަހުއެވެ. އެދުވަހު އެގައުމުން 40،285 މީހަކު ވަނީ ފައްސިވެފައެވެ.

ފްރާންސްއިން 2,854,693 މީހަކަށް ފަރުވާ ދެމުން އަންނައިރު، އެގައުމުން ބަލި ޖެހިގެން ރަނގަޅުވެފައިވަނީ 223,174 މީހެކެވެ. އެހެން ގައުމުތަކުން ބަލިން ރަނގަޅުވާ މީހުންގެ އަދަދު ހާމަ ކުރަމުން އަންނައިރު، ސްޕެއިން އިން ކޮވިޑް-19 ޖެހިގެން ރަނގަޅުވާ މީހުންގެ އަދަދާއި ފަރުވާދޭ މީހުންގެ އަދަދު ހާމަ ކޮށްފައެއް ނުވެއެވެ.