ކޮވިޑް-19 އަށް ޓެސްޓުކުރުމަށް ފުރަގަސް ފަރާތުން ސުންްކު ނަގަން ދަސްކޮށްދޭ ވީޑިއޯ ޗައިނާއިން އާންމުކޮށްފިއެވެ.

ބޭރުގެ ހަބަރުތައް ގެނެެސްދޭ "ޑިސްކްލޯސް.ޓީވީ" ނަމަކަށް ކިޔާ ޓްވިޓާ އެކައުންްޓަކުން އާންމުކޮށްފައިވާ ވީޑިއޯއަކުން ޗައިނާގެ ޑޮކްޓަރަކު ވަނީ ފުރަގަސް ފަރާތުން ސުންކު ނަގައިގެން ކޮވިޑް-19 އަށް ޓެސްޓުކުރާ މަންޒަރުު ދައްކައިފައެވެ. ޗައިނާގެ ހޮސްޕިޓަލެއްގައި މިގޮތަށް ސުންކު ނަގާ މަންޒަރު ފެންނަ ވީޑިއޯ އާންމުކޮށްްފައިި މިވަނީ ގިނަ ބަޔަކު ފުރަގަސް ފަރާތުން ކޮވިޑް-19 އަށް ސުންކު ނެގުމާ މެދު ފާޑުކިއަމުން އަންނަ ދަނޑިވަޅެއްގައެވެ.

މިގޮތަށް ސުންކު ނަގައިގެން ދެ މިލިއަން މީހުން 48 ގަޑިއިރު ތެެރޭގައި ޓެސްްޓުކުރުމަށް ޗައިނާ ސަރުކާރުން ވަނީ އަމާޒު ހިފައިފައެވެ. އެއްހާހަށް ވުރެ ގިނަ ޓީޗަރުން އަދި ދަރިވަރުންގެެ ފުރަގަސް ފަރާތުން މިހާތަނަށް ޗައިނާގައި ވަނީ ކޮވިޑް-19 އަށް ޓެސްޓުކުރުމަށް ސުންކު ނަގައިފައެވެ.

އޮފިޝަލުން މިދިޔަ ހަފްތާ ތެރޭގައި ވަނީ ބެއިޖިންގައި ކޮވިޑް-19 ފެތުރިފައިވާ ސަރަހައްދުތަކުގައި އުޅޭ މީހުންގެ ފުރަގަަސް ފަރާތުން ސުންކު ނަގާފައެވެ. އަދި ކަރަންޓީން ފެސިލިޓީތަކުގައި ތިބި މީހުންގެ ސުންކުވެސް ނަގާފައި ވެއެވެ.

ޗައިނާގެ ބައެއް ސިޓީތަކުގެ އެކި ސަރަހައްދުތަކުގައި ދަނީ ކޮވިޑް-19 ފެތުރެމުންނެވެ. އެ ސަރަހައްދުތައް މިހާރު ވަކިކޮށްފައިވާއިރު، ގިނަބަޔަކު ކޮވިޑް-19 އަށް ޓެސްޓު ކުރުމުގެ ބޮޑު ކެމްޕޭނެއް ދަނީ ކުރިއަށެވެ. މި މަސައްކަތުގެ ތެރެއިން މިހާރު ސުންކު ނަގަނީ ނޭފަތުންނާއި، ގޮހޮރުންނެވެ.

ނަމަވެސް ފުރަގަސް ފަރާތުން ނަގާ ސުންކުން ކޮވިޑް-19 ޖެހިފައި ތިބޭ މީހުން މާ ފަސޭހައިން އެނގިގެންދާ ކަމަށް، ޑޮކްޓާރުން ބުނެފައި ވެއެވެ.

އެ ގައުމުން ސީސީޓީވީ ނޫހުން އާދީއްތަ ދުވަހު ބުނީ، ފުރަގަސްފަރާތުން ސުންކު ނެގުން މާބޮޑަށް ކުރިއަށް ނުގެންދާނެ ކަމަށެވެ. އެއީ އެހާ ރަނގަޅު ޓެކްނިކް އަކަށް ނުވާނެތީ ކަމަށްވެސް ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހުސޭނުބޭ

    ތީ ވހޝ ކަމުން އުޅޭގޮތެއް! ތިއީ ކޮވިޑް ޓެސްޓްކުރަން އުޅޭ ބައެއް ނޫން!

    21
    6
  2. ޚާރު

    ތީ ސަޅި ކަމެއް ....

    9
    23
  3. ސާރާ

    އެބަ ރަނގޅުވޭ. ސާމްޕަލް ނަގއިދޭން ވޮލަންޓިއަރ ކުރަން ތައްޔާރު

    5
    5
  4. #ކެނަރީގޭވާންޗޯ

    ކޮބާތަ ވީޑިޔޯ

    7
    2
  5. ހަމްބޯ

    ތީ ސަދޫމު މީހުން ކޮވިޑު ޓެސްޓުކުރާނެ ގޮތް. ތިޔައް ކިޔަންވީ ސަދޫމް ޓެސްޓޭ.