ބަންގީގެ އަޑަކީ ދުނިޔެމަތީގައި އިވޭ އެންމެ ރީތި އަޑު ކަމަށް ހޮލީވުޑްގެ މަޝްހޫރު އެކްޓަރު މޯގަން ފްރީމަން ބުނެފިއެވެ.

މޯގަން އެހެން ބުނެފައި ވަނީ އޭނާ ހަދަމުން އަންނަ ޑޮކިއުމަންޓްރީ ""ނެޝަނަލް ޖިއޮގްރަފީ" ގައެވެ. މި ޑޮކިއުމެންޓްރީ ބިނާކޮށްފައިވަނީ ތަފާތު ދީންތަކާއި އެ މީސްމީހުންގެ އާދަކާދަތަކުގެ މައްޗަށެވެ.

މުސްލިމުންނާއި ކްރިސްޓިއަނުންނާއި ޔަހޫދީން ގަބޫލު ކުރާ ގޮތުގައި އަޅުކަން ކުރަން ޖެހޭނީ އެންމެ ކަލާނގެއަކަށެވެ. އެކަމަކު މޯގަން ބޭނުންވީ އެމީހުންގެ ވިސްނުމުގައި މިކަމުގައި އެއްވެސް ތަފާތު ކަމެއް ހުރިތޯ ބެލުމަށެވެ.

މިގޮތުން އަހުމަދު ރަގާބް ކިޔާ އިސްލާމީ ތާރީހު ދަންނަ މީހަކު ވަނީ މޯގަން "އަލް ހުސެއިން" ކިޔާ މިސްކިތަކަށް ގެންގޮސްފައެވެ. މޯގަން ވަނީ ޗާޗްތަކާ އެއްގޮތަށް މުސްލިމުންގެ މިސްކިތްތަކަށް ބޭނުން ގަޑިއަކު އަޅުކަން ކުރުމަށް އާދެވޭތޯ އޮޅުން ފިލުވައިފައެވެ. މުސްލިމުން ވެސް ގަބޫލުކުރާ ގޮތުގައި ބަންގީގެ އަޑަކީ ދުނިޔެމަތީގައި އިވޭ އެންމެ ރީތި އަޑެވެ.

ބަންގި ގޮވައި ނިންމާލަނީ "އައްސަލާމް އަލައިކުމް" ކިޔާފައި ކަމާއި ކޮންމެ މީހަކާ ބައްދަލުވުން ނިމޭއިރު މިބަސް ބޭނުން ކުރެވޭ ކަން އޭނާ ފާހަގަ ކުރިއެވެ. ނަމާދަކީ ވެސް މާތްﷲ އާ ކުރެވޭ ބައްދަލުވުމަކަށް ވާތީ "އައްސަލާމް އަލައިކުމް" ކިޔާ ނިންމާލަނީ ކަން އޭނާ ފާހަގަ ކުރެއެވެ.

ލޮލަށް ނުފެންނަ ފަރާތަކަށް އަަޅުކަން ކުރާނީ ކިހިނެއްތޯ އޮޅުން ފިލުވާލުމަށް މޯގަން، މިސްކިތުގެ އިމާމް އަލް އަމީރް މަހްފޫއާ ބައްދަލު ކުރިއެވެ. ބަންގި އަކީ ކިހިނެތް އައި ކަމެއްތޯ އިމާމްއާ ސުވާލް ކުރުމުން ވިދާޅުވެފައި ވަނީ ކީރިތި ރަސޫލާ (ސ.އ.ވ)‌ ގެ ސަހާބީ ބޭކަލަކު އަވަހާރަފުޅުލައްޕަވާފައި އޮންނަވަނިކޮށް ބަންގިގޮވާތަން ހުވަފެނުގައި ފެނިވަޑައިގެން އެވާހަކަ ރަސޫލާގެ އަރިހުގައި ދެންނެވި ކަމަށެވެ. ފަސްވަގުތު ބަންގި ގޮވަން ފެށުނީ އޭގެ ފަހުން ކަމަށް އިމާމް ވިދާޅުވެފައިވެއެވެ.

ބަންގި ގޮވަން މީހަކު އައްޔަން ކުރުމުގައި ބަލަނީ ކޮންކަހަލަ މިންގަނޑެއްތޯ މޯގަން ސުވާލު ކުރުމުން އިމާމް ބުނެފައީވާނީ އެކިމީހުންގެ އަޑަށް ބަލާފަ އެންމެ ރީތި އަޑަކުން ބަންގި ގޮވާ މީހަކު ހޮވަނީ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ކަމަނާ

  އަލްހަމްދުލިއްލާހި ހެޔޮވިސްނުންދެއްވާށި އާމިން

  102
  1
  • Anonymous

   އަންނި މި ކަމާ ދޭތެރޭ ބުނަނީ ކީ ކޭބާ.

   43
   8
 2. ރަހުމަތް

  ދުނިޔޭގައި އެންމެ ބާރަށް ފެތުރެމުންދާ ދީނަކީ އިސްލާމްދީން. މި ގަރުނުގެ މެދެއްހާ ހިސާބުގައި ޔޫއެސްއޭގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުންގެ ދީނަކީ އިސްލާމްދީން ކަމުގައި ވެގެން ދާނެ ކަމަށް ބައެއް ފަރާތްތަކުން ލަފާކުރޭ.

  30
 3. ހުސޭނުބޭ

  ބައެއް މީހުންގެ ހާލަތު! ތެދުމަގާ އެހައި ކައިރިއަށް ދެވުނަސް ތެދުމަގެއް ނުފެނޭ! މީނައަށް ހެޔޮވިސްނުން ދެއްވާށި

  41
 4. ޣޯސް

  ޝަހިންދާ މެންގެ ކޮމެއްޓެއް ބޭނުން.

  11
  1