ފަލަސްތީނުގެ ނަރުހެެއް ގަޔަށް ބަޑި ޖަހައި ޝަހީދު ކޮއްލައިފިއެވެ.

އިސްރާއީލުގެ އަނިޔާވެރިކަމާއި ހިސޯރުކުރުންތަކާއި ދެކޮޅަށް ހުކުރު ދުވަހު ބޭއްވި އެއްވުމަށް އިސްރާއީލުގެ އަނިޔާވެރި ސިފައިން ބަޑި ޖެހުމުން ޝަހީދުވެފައިވާނީ ފަލަސްތީނުގެ ޒުވާން ނަރުހެކެވެ.

އުމުރުން 21 އަހަރު ރަޒަން އަޝްރަފް އަލް ނަޖާއް ޝަހީދު ކޮއްލާފައިވަނީ ޣައްޒާގެ އިރުން އޮންނަ ހާން ޔޫނުސް އަވަށުގައި ޒަހަމުވެފައި ތިބި ފަލަސްތީނުގެ ރައްޔިތުން ތަކަކަށް ފަރުވާދެމުން ދަނިކޮށެވެ.

ރަޒަން އަޝްރަފް އަލް ނަޖާއް ޝަހީދުވެފައިވަނީ ވަޒަން އެރުމުން ލިބުނު ޒަހަމް ތަކުގެ ބޮޑުކަމުންނެވެ. އިސްރާއީލުގެ ސިފައިން ވަނީ ރަޒަން އަޝްރަފް ޝަހީދު ކޮއްލުމާއި ގުޅޭ ގޮތުން އެއްޗެއް ބުނަން ދެކޮޅު ހަދާފައެވެ.

ފަލަސްތީން ރައްޔިތުން އިހްތިޖާޖަށް ނުކުތީ ގުދުސް އަށް އެމެރިކާ އެމްބަސީ ބަދަލު ކުރުމާ ދެކޮޅު ހެދުމަށެވެ. އެމްބަސީ ބަދަލުކޮށްފައި ވަނީ އިޒްރޭލް އުފެދުނުތާ 70 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށެވެ. "ރިޓާން އޮފް މާޗް"ގެ ނަމުގައި ފަލަސްތީނުން އިހްތިޖާޖް ފަށާފައި ވަނީ މާޗް 30 ވަނަ ދުވަހު އެވެ. އެ ތާރީޚުން ފެށިގެން އިޒްރޭލް ސިފައިން ވަނީ ފަލަސްތީނުގެ 130 މީހުން ޝަހީދުކޮށްލައި ،13،000 އަށް ވުރެ ގިނަ މީހުން ޒަޚަމްކޮށްލައިފަ އެވެ. މީގެ ތެރެއިން 300 މީހުން އަށް ވަނީ ސީރިއަސް ޒަހަމް ތަކެއް ލިބިފައެވެ.

ޣައްޒާއާއި އިސްރާއީލު ގުޅޭ ބޯޑަރުގައި އިސްރާއީލުން ހިންގި ޖަރީމާ ބައެއް ގައުމުތަކުން އަނގަބަހުން ކުށްވެރި ކުރިއެވެ. ނަމަވެސް އެކަމުގައި ވެސް އެމެރިކާއިން ދެއްކީ ބަހަނާއެވެ. އެ ޖަަރީމާގެ ޒިންމާ އެމެރިކާއިން އެޅުވީ ޣައްްޒާ ކޮންޓްރޯލްކުރާ ހަމާސް ޖަމާއަތުގެ ބޮލުގައެވެ.

އިސްރާއީލުގައި ހުންނަ އެމެރިކާ އެމްބަސީ ގުދުސްއަށް ބަދަލުކުރުމަށް މިދިޔަ އަހަރުގެ ޑިސެމްބަރުމަހު ރައީސް ޑޮނަލްޑް ޓްރަމްޕް އަމުރުކުރެއްވި ހިސާބުން ފަލަސްތީނު ސަރުކާރުންވަނީ، އެމެރިކާއާއެކު އޮންނަ ހުރިހާ ގުޅުމެއް ކަޑާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. Anonymous

  އެމެރިކައަށް ވަރުގަދަ ލައުނަތެއް ފާކުރައްވަާ މުސްލިމުން އެކަމުން ސަލާމަތްކުރައްވަވާ އެމެރިކާގެ ބަލާވެރިކަން ޔަހޫދީންނަށް ތާ އަބަދަށް ޖައްސަވާ އެއީ ދެ ހަތުރުން ކަމުގާ ލައްވަވާ ޔަހޫދީ ދުނިޔެއިން ބާކީ ކުރައްވާށި. އާމީން

 2. ޖިހާދު

  ޔާ ﷲ. ޢަނިޔާވެރި ޔަހޫދީންނަށް އުޑުންނާ ބިމުން މުސީބާތް ފޮނުވާ އެބައިމީހުން ހަލާކު ކުރައްވާފާންދޭވެ. އާމީން

 3. ޜަސީދު

  އިޒޮރޭ ލުގެ ލާއުން ސާނީ އަމަލަތަތް ކުރާފަރާއްތަކައް ހަލާކު ހުރި

 4. ނުރަބޯ

  ފަލަސްޠީނީންނާ އެބިމާ އެބިމުގައިވާ މާތް އަލްމަސްޖިދުލް އަގްޞާގެ މިނިވަންކަމާ ސަލާމަތަށް އެދި މާތްﷲގެ ޙަޒްރަތުގައި ދުޢާ ދެންނެވުން ނޫން އެހެން ކަމެއްނެތް.

 5. ހަސަންބެ

  ޔޫރަޕިއަން ޔޫނިއަނަކަށް ތިކަހަލަ ތަންތަނެއް ނުފެންނާނެ....މުސްލިމު ގައުމުތަކުގަ ޑިމޮކުރަސީ ނެތިގެން ގަރާރުތައް ނެރެނެރެފަ ނުވިތާކަށް މި ކަހަލަ ކުދިގައުމުތަކަށް އަންނަންވެސް އަންނާނެ ކާކާސް ގޮވަން!!!މަތް ﷲ ފިރުއައުނު ޔަހޫދިންނަށް ދިންފަދަ ލަގާއެއް ދެއްވަވާށީ!!