މެލޭރިއާއަށް މަގުފަހިކުރާ އާ ވައްތަރެއްގެ މަދިރިއެއް އެފްރިކާގެ ސިޓީގައި ގިނަވެ، އެތާނގައި ދިރިއުޅޭ މީހުންގެ ތެރޭގައި ނުރައްވާ ހިސާބަށް މި ބަލި ފެތުރެމުންދާ ކަމަށް ދިރާސާތަކުން ދައްކައިފިއެވެ.

މެލޭރިއާ ބައްޔަށް ހުށަހެޅޭ، އެނޮފެލިސް ސްޓެފެންސީގެ ނަމުން ނަންދެވިފައިވާ މި މަދިރި މުޅި އެފްރިކާ ބައްރުގައި ހަލުވިކަމާއެކު ފެތުރެމުންދާކަމަށް ނެދަލޭންޑްގެ ރަޑްބައުޑް ބޭސްވެރިކަމާ ބެހޭ މަރުކަޒާއި އިތިއޯޕިއާގެ ތަހުލީލު ކުރަމުންދާ މަރުކަޒެއް ކަމަށް އާންމުވާ ހަންސެންއިން ބުނެފިއެވެ.
މީގެ އަހަރުތަކެއް ކުރީގައި މި މަދިރިތައް އެފްރިކާއިން ފެނިފައިވެއެވެ. މިހާރަކަށް އައިސް އިތިއޯޕިއާ ސިޓީގެ ފެން ތާނގީ ތަކުން މިމަދިރި ގިނަ އަދަދަކަށް ފެންނަމުންދާ ކަމަށް ވެއެވެ. ގޮތުން އެގައުމުގެ ގިނަ އަދަދެއްގެ މީހުންނަށް މެލޭރިއާގެ އަސަރުކޮށްފައިވާނެ ކަމަށް ލަފާކުރެވޭ ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ބުނެފައިވެއެވެ.

އެފްރިކާގައި މެލޭރިއާ ބަލި ފަތުރާ މި މަދިރި ދިރާ އާލާވަމުންދަނީ މީހުން ނޫޅޭ ހުސްބިންތަކުގައެވެ. މި މަދިރި މީހުން ދިރިއުޅޭ އިތިއޯޕީއާ އަދި ސޫދާން ސިޓީގައި ހަލުވިކަމާއެކީ ފެތުރެމުންދާތީ ކަމާބެހޭ ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. މިގޮތުން ކަމާ ބެހޭފަރާތް ތަކުން ބުނެފައިވަނީ މީހުން ދިރިއުޅޭ ސަރަހައްދު ތަކުގައި މެލެރިއާ ފެތުރިދާނެ ކަމުގެ ފުރުސަތު ބޮޑު ކަމަށެވެ.

މެލޭރިއާ ފެތުރެނީ އެނެފެލެސް ނަމަކަށް ކިޔާ އަންހެން މަދިރިއަކުންނެވެ. އޭގެ ސަބަބުން ޖެހޭ މި ބައްޔަކީ ފަރުވާކޮށް ރަނގަޅު ކުރެވޭ ބައްޔެކެވެ. 2019 ވަނަ އަހަރުގަ ވެސް ހަމަ އެކަނި މިބަލީގައި 40900 މިހުން ވަނީ މަރުވެފައެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިވްއެޗްއޯ)ގެ ތަފާސް ހިސާބު ތަކުން ދައްކާ ގޮތުގައި އެފްރިކާގައި މި ބަލީހައި މީހުންގެ އަދަދު 2019 ވަނަ އަހަރު 94% އަރާފައިވެއެވެ.

ހަލުވިކަމާއެކު ފެތުރެމުންދާ މިބައްޔާ ބެހޭގޮތުން ކަމާބެހޭ ބޭފުޅުން ބުދަ ދުވަހުގައި ޝާއިއު ކޮށްފައިވާ ލިޔުމުގައި ގޮވާލާފައިވަނީ އެފްރިކާގެ މީހުން ދިރިއުޅޭ އެހެނިހެން ސަރަހައްދު ތަކަށް މި ބަލި ފެތުރިޔަ ނުދިނުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަންޖެހޭނެ ކަމަށެވެ.