އޯ ގްރޫޕްގެ ލޭ ހުންނަ މީހުންނަށް ކޮވިޑް-19 ޖެހުމުގެ ފުރުސަތު ވަރަށް ކުޑަ ކަމަށް ވަރަށް ފަހުން ހެދި ދިރާސާއަކުން ދައްކައިފިއެވެ.
އެނަލްސް އޮފް އިންޓާނަލް މެޑިސިން އިން ޝާއިއު ކުރި ދިރާސާގައި އެކުލަވާފައި ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ 15 އިން ފެށިގެން ޖޫން 30 ގެ ނިޔަލަށް ކޮވިޑް-19 އަށް ޓެސްޓް ކުރި 225،000 މީހުންގެ ލޭގެ ގްރޫޕްތައް ބެލުމަށް ފަހުއެވެ.
ސައިންޓިސްޓުންގެ ދިރާސާ ހޯދުންތަކުން ދެނެގަނެވިފައި ވަނީ އޯ ނެގެޓިވް ލޭ ހުންނަ މީހުން ކޮވިޑް-19 ބައްޔަށް ފައްސިވާ މިންވަރަކީ 2.1 އިންސައްތަ ކަމުގައެވެ. ބީ ޕޮޒިޓިވް ލޭގެ ގްރޫޕް ހުންނަ މީޙުން ކޮވިޑް-19 އަށް ފައްސިވާ މިންވަރަކީ 4.2 އިންސައްތަ ކަމަށާއި މި ލޭގެ ގްރޫޕް ހުންނަ މީހުންނަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް ދިރާސާ އިން ވަނީ ދައްކައިފައެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި ލޭގެ ގްރޫޕްގެ އޯ ހުންނަ މީހުން އެހެނިހެން ލޭގެ ގްރޫޕް ހުންނަ މީހުންނަށް ވުރެން ކޮވިޑް-19 ބައްޔަށް ފައްސިވުމާއި މަރުވާ އަދަދު މަދެވެ.
ނެގެޓިވް ލޭ ހުންނަ މީހުން ކޯވިޑް-19 އަށް ފައްސިވާ މިންވަރު ޕޮޒިޓިވްލޭ ހުންނަ މީހުންނަށް ވުރެން މަދެވެ.
ސައިންޓިސްޓުންގެ ހޯދުންތަކުން ދައްކާފައިވަނީ ބައެއް ލޭގެ ގްރޫޕްތަކުގައި އެކިއެކި ބަލިބަލި ޖެހުމާ ދުރުކަަމެވެ. މިސާލަކަށް އޯ ގްރޫޕްގެ ލޭ ހުންނަ މީހުން ކުލޮރާ ބަލިޖެހުން އެހެނިހެން ލޭގެ ގްރޫޕްތަކަށް ވުރެން ގިނައެވެ.
މިހެން މިކަން އޮތް ކަމުގައިވީ ނަމަވެސް ސިއްހީ އިދާރާތަކުގެ ލަފަ އާއި އިރުޝާދުތަކަށް ބޯލަނބަން ކަމާބެހޭ ފަރާތްތަކުން އެދެއެވެ.
ގަބޫލު ކުރެވޭ ވާހަކަ އެއް ނޫން ތީކީ.
އެބަލި ﷲގެ އިރާދަފުޅާއެކު ނުޖެހޭ މީހަކައް ނުޖެހޭނެ. ގައިމު އަހަރެން ކައިރީ އުޅޭ އެންމެނަށް ޖެހިއްޖެ. އެކަމް އަހަންނަށް އިރާދަކުރެއްވީތީ އަދި ނުޖެހޭ. އަހަރެން ގައިގައި ހުންނަނީ ބީ ޕޮޒިޓިވް..
ބީ ޕޮޒިޓިވް ހުންނަ އެއްމެނަށް ބަލި ޖެހޭ ވާހަކަ އެއް ނޫން އެބުނަނީ!
ޢޯ ނެގެޓިވް ހުންނަ މީހުން ދުނިޔޭގެ ނިސްބަތުންވެސް މަދުވާނެ. ޢެހެންވީމަ ޖެހޭ މީހުންވެސް މަދުވާނެ ނޫންތޯ؟؟؟