ކޮވިޑް-19 އިން ރައްކާތެރިވުމަށް ބޭނުން ކުރާ ވެކްސިން ޖެހި އިނޑިއާ ފަސް ޑޮކްޓަރަކު ބައްޔަށް ފައްސިވެއްޖެއެވެ.

އެ ޑޮކްޓަރުންނަކީ އެގައުމުގެ ސްޓޭޓެއް ކަމަށްވާ ކާނަޓަކާގައި ހުންނަ ޗަމަރަޖަނަގާ އަވަށުގެ ހޮސްޕިޓަލެއްގައި މަސައްކަތް ކުރަމުން އައި ޑޮކްޓަރުން ތަކެކެވެ. އެމީހުން ފައްސިވެފައިވަނީ ވެކްސިން ޖެހިތާ މާ ގިނަ ދުވަސްތަކެއްވެސް ނުވަނީހެވެ.

މީޑީއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ފައްސިވެފައިވާ ފަދް ޑޮކްޓަރުންގެ ތެރެއިން ބައެއް މީހުން ބޭނުން ކޮށްފައިވަނީ ކޮވިޝީލްޑް އާއި ކޮވަޒިން ވެކްސިނެވެ. އެ ފަސް ޑޮކްޓަރުންގެ އިތުރުން ވެކްސިން ނުޖަހާ ދެ މީހަކުވެސް ވަނީ މި ބައްޔަށް ފައްސިވެފައެވެ.

ފައްސިވެފައިވަނީ ފަސް ޑޮކްޓަރުންގެ ގައިންވެސް ބަލީގެ އަލާމާތްތައް ފެންނަ ކަމަށާއި އެކަކަށް ފަރުވާ ދިނުމަށް އެޑްމިޓް ކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓްތަކުން ވަނީ ބުނެފައެވެ. ދެން ތިބި ޑޮކްޓަރުންގެ ހާލު އަދި ހާމަ ވެފައެއް ނުވެއެވެ.

ކޮވިޝީލްޑް އާއި ކޮވަޒިން ދެ ވެކްސިނަކީވެސް އެއް ޑޯޒު ޖަހާތާ 28 ދުވަސް ފަހުން ދެވަނަ ޑޯޒު ޖަހަން ޖެހޭ ވެކްސިނެކެވެ. ސައިންސްވެރިން ބުނެފައިވަނީ ވެކްސިންގެ އަސަރު ކުރަން ފަށަނީ ދެވަނަ ޑޯޒު ޖަހަން ފަށާ ހިސާބުން ކަމަށެވެ.

އިންޑިއާގައި ކޮވިޑް-19 ވެކްސިން ދޭން ފަށާފައިވާއިރު، އެގައުމުން މިހާތަނަށް 10 މިލިއަނަށްވުރެ ގިނަ މީހުން ވަނީ މި ބައްޔަށް ފައްސިވެފައެވެ. އޭގެ ތެރެއިން 154،312 މީހަކު ބަލި ޖެހިގެން މަރުވެފައިވާއިރު، 10 މިލިއަނަށްވުރެ ގިނަ ބަޔަކު ވަނީ ބަލި ޖެހިގެން ރަނގަޅުވެފައެވެ. އެގައުމުން މިވަގުތު ބައްޔަށް ފަރުވާ ދެމުން އަންނަނީ 169،654 މީހަކަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހޯހޯ

    އަދިވެސް އިންޑިއާވަރެއް ނެތިގެން މިޤައުމުގެ ބޮޑުންތައް ދުވެވޭތޯބަލާ

    9
    1