މީގެ 11 އަހަރު ކުރިން ކޮމްބޯޑިއާގައި ދިރިއުޅެމުން އައި ވާލުތަކަކުން ކޮވިޑް-19 އާއި ވައްތަރު ބައްޔެއް ފެނިފައިވާ ކަމަށް ސައިންސްވެރިން ބުނެފިއެވެ.
ސައިންސްވެރިން ވަނީ 2010 ވަނަ އަހަރުން ފެށިގެން އެމީހުން ނަގާފައިވާ ސުންކުތައް ޓެސްޓް ކޮށްފައެވެ. އެއީ މީގެ ގަރުނެއް ކުރިން ނަގާފައިވާ ވާލުގެ 430 ސުންކުއެވެ. ސައިންސްވެރިން ބުނީ، އެ ކުރި ޓެސްޓްތަކުން ކޮވިޑް-19 އާއި ދާދި އެއްގޮތް ކުރާ ކަހަލަ ވައިރަސް އެއް ފެނިފައިވާ ކަމަށެވެ.
މި ވާލަކީ ކެމްބޯޑިއާގެ އިތުރުން ލާއޮސް، މިއަންމާ، ތައިލޭންޑް އަދި ވިއެޓްނާމުން ފެންނަ ވާލެކެވެ. މި ވާލު އުޅެމުން އައިސްފައިވަނީ ކެމްބޯޑިއާގެ އިރުއިތުރުގެ ހޮހޮޅަތަކެއްގައި ކަމަށް ސައިންސްވެރިން ބުނެއެވެ.
މިދިޔަ ހަފްތާގައި އާންމު ކޮށްފައިވާ ރިޕޯޓެއްގައި ސައިންސްވެރިން ބުނީ، އެ ވާލުން ފެނިފައިވާ ވައިރަސް، މިވަގުތު ފެތުރެމުން އަންނަ ކޮވިޑް-19 ޖެހެން މެދުވެރިވި ވައިރަސް (ސާސް-ކޮވް2) އާއި 92.6 އިންސައްތަ އެއްގޮތް ކަމަށެވެ. އެހެން ނަމަވެސް މިއީ އެކި ސައިންސްވެރިންގެ މެދުގައި ވާހަކަ ދެކެވިފައިވާ ކަމެއް ނޫނެވެ.
މީގެ ކުރިން ނޮވެމްބަރު މަހުގެ ތެރޭގައިވެސް މި ސައިންސްވެރިން ވަނީ އެ މައްސަލަ ފެންމަތި ކޮށްފައެވެ. އެހެން ނަމަވެސް އޭރު އެ ވައިރަސް އާއި ކޮވިޑް-19 ފެތުރޭ ވައިރަސްއާއި ހުރި ގުޅުމެއް ވަނީ ހޯދައި ނުގަނެވިފައެވެ.
އެހެން ނަމަވެސް މި ހަފްތާގެ ތެރޭގައި އެބޭފުޅުން ވަނީ ވައިރަސް ފެތުރިގެން އައި ގޮތް ހޯދުމާއި ގާތްވެފައިވާ ކަމަށް ބުނެފައެވެ. އަދި ޖަނަވާރެއްގެ ފަރާތުން ޖެހޭ ބައްޔެއް ކަމުން ކުރިއަށް އޮތް ދުވަސްތަކަށް ތައްޔާރުވެގެން ތިބުމަށް ވަނީ ގޮވާލާފައެވެ.
ތީ ދޮގެއް.
2010 ވަނަ އަަހަރުން މިހާތަނަށް ގަރުނެއް ވޭތޯ. ޑީކޭޑް
އެއީ ތެދެން
ހީބިހިނަގާ ޖަނަވާރު ގައިން ހުރިހާ ބައްޔެއްވެސް ފެތުރޭނެ