އިންޑޮނޭޝިއާގައި އެއްޖިންސުން ގުޅުން ހިންގަން ތިއްބާ ފެނުނު ދެ މީހެއްގެ ގައިގައި 77 އެތިފަހަރުން ހައްދު ޖަހައިފިއެވެ.

އެ ގައުމުގެ އަޗޭހް ޕްރޮވިންސްއަކީ އިސްލާމް ދީނުގެ ގަވާއިދުތަކަށް ހިތަމުން އަންނަ ހަމައެކަނި ޕްރޮވިންސް އެވެ. އަދި މިއީ 2014 ވަނަ އަހަރުން ފެށިގެން މިފަދަ ގޮތަކަށް ހައްދު ޖެހި ތިން ވަނަ ފަހަރު ކަމަށް ވެއެވެ.

އެ ޕްރޮވިންސްގައި ވައްކަން ކުރުމުން އަދަބުދޭއިރު، ގެމްބިލްންގ އައި ކައިވެނިން ބޭރުން ޖިންސީ ގުޅުން ހިންގާނަމަ އަދަބު ދެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، މީގެ ދެ ދުވަސް ކުރިން އާއްމުން ކުރިމަތީގައި އެ ފިރިހެނުންގެ އިތުރުން، އިތުރު ހަތަރު މީހެއްގެ ގައިގައިވެސް ހައްދު ޖަހާފައި ވެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު، އާއްމުން ކުރިމަތީގައި މި މީހުންގެ ހައްދު ޖަހާފައި ވަނީ ފުލުހުންގެ އޮފިިސަރެކެެވެ. އެ ފުލުސް އޮފިސަރު ހުރީ މޫނު ފޮރުވައިގެންނެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، ހައްދު ޖަހަމުންދިޔައިރު،ދެ ފިރިހެނުންގެ ތެރެއިން އެކަކު ވަރަށް ބޮޑަށް ވޭނުގައި އުޅުނެވެ. އަދި އެ މަންޒަރު ފެނިފައި އޭނާގެ މަންމަ ހޭނެތިގެން ވެއްޓުނެވެ.

މީގެ އިތުރުން ބަނގުރާ ބުއި މައްސަލާގައި ދެ މީހަކު 40 އެތިފަހަރުން ހައްދުޖެހިއިރު، ކައިވެނިން ބޭރުން ޖިންސީ ގުޅުން ހިންގި މައްސަލާގައި ދެ މީހެއްގެ ގައިގައި 17 އެތިފަހަރުން ހައްދު ޖަހާފައި ވެއެެވެ.

މިކަމާއި ގުޅިގެން އެ ގައުމުގެ އިންސާނީ ހައްގުތަކާއި ބެހޭ މީހުން ވަނީ އެކަން ކުށްވެރިކޮށް ވާހަކަދައްކާފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. މޯލްޑިވިޔަން

  ބިން ހެލުން އަންނަ ވަރު މަދު އަދިވެސް.ތި ވަރަށް ސަރިޔަތް ގާއި މު ކުރާ އިރު ވެ ސް

  22
  13
  • ކެނެޑީ

   ބުރާންޗާ ބިންހެލުން އެވަރަށް އަންނަނީ ޓެކްޓޯނިކް ޕްލޭޓްމަތީ ގައުމުއޮތީނައޭ ނިކަން ޝުކުރުކޮށްބަލަ ރާއްޖެއޮތީ ޓެކްޓޯނިކް ޕްލޭޓްމަތީގަނޫންކަމުން

   4
   2
 2. މޮޔައެނޮނިމަސް

  ކެރޭނެ ބާ އުސް އި މާރާތަކުން ވައްޓާ މަރަން

  20
  18
 3. ސޭހް

  ކޮބާތަ ރަޖަމުކުރާ ވީޑިއޯތަށް؟

  7
  4
 4. ކަނބުލޮ

  ހައްދު ޖަހާއި އި ރު ތަޅާނީ ފޫކޮޅުގަ
  ތިޔަ ތަޅަނީ ބު ރަކަށީގަ

 5. ހަވާސާ އިބޫ

  އަލްހަމްދުލިއްލާހި މިގޮތަށް އިސްލާމްދީންުގެ ހައްދުތަށް ގާއިމުކުރާ މީހުން އުޅޭތީ އުފާވޭ

  6
  1
 6. ޟަރިޔަނބު

  ޙުކުމް ތަންފީޒުކުރަނީ
  އިންސާނީ ހައްްެގެއް ނުޫން.

  4
  1
 7. ކަނބުލޮ

  ފޫކޮޅުން ތިރީގަ އިންނަ ފަލަ މަސްގަނޑުގައި ހައްދު ޖަހަނީ