ކޮވިޑް-19 އިން ރައްކާތެރިވުމަށް އުފައްދާފައިވާ ވެކްސިނެއްގެ ދެ ޑޯޒު ޖެހި އެމެރިކާގެ ސްޓޭޓް އެެއް ކަމަށްވާ މެސަޗުސެޓްސްގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ސްޓެފެން ލީންޗް ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.
އޭނާ ފައްސިވެފައިވަނީ ބޭސް އުފެއްދުމުގައި ތަޖުރިބާކާރު "ޕްފިޒާ" ކުންފުނިން އުފައްދާ ވެކްސިން ޖަހައިގެންނެވެ. އޭނާ އަށް ވެކްސިންގެ ދެވަނަ ޑޯޒު ދީފައިވަނީ އެގައުމުގެ އިންތިހާބީ ރައީސް ޖޯ ބައިޑެން ރައީސް ކަމުގެ ހުވާ ކުރެއްވުމުގެ ކުރިންނެވެ.
އުމުރުން 65 އަހަރުގެ ސްޓެފެން ފައްސިވެފައިވަނީކަން އެނގިފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ.
އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން ނެރެފައިވާ ބަޔާނެއްގައި ބުނީ، އޭނާ އަށް ވެކްސިންގެ ދެވަނަ ޑޯޒު ދީފައިވަނީ ބައިޑެން ހުވާ ކުރުމުގެ ކުރިން ކަމަށާއި އެ ރަސްމިއްޔާތަށް ދިއުމުގެ ކުރިން ހެދި ޓެސްޓުގެ ނަތީޖާ ދެއްކީ ނައްސި ކަމަށެވެ.
އޭނާ ކޮވިޑް-19 އަށް ފައްސިވި ނަމަވެސް އެއްވެސް ކަހަލަ އަލާމާތެއް އަދި ނުފެންނަ ކަމަށާއި ހާލުވެސް ރަނގަޅު ކަމަށް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން ވަނީ ބުނެފައެވެ. އަދި މިވަގުތު ހުރީ އަމިއްލައަށް އެކަހެރިވެގެން ކަމަށްވެސް ވަނީ ބުނެފައެވެ.
އޭނާ ފައްސިވުމާއި ގުޅިގެން އޭނާ އާއި ކައިރިން ބައްދަލުވެފައިވާ މީހުން ދެނެގަތުމުގެ މަސައްކަތް އެގައުމުން މިހާރު އަންނަނީ ކުރަމުންނެވެ.
ކޮވިޑް-19 އަށް އުފައްދާފައިވާ ގިނަ ވެކްސިނަށްވެސް 2 ޑޯޒު ޖަހަން ޖެހެއެވެ. ސައިންސްވެރިން ބުނާ ގޮތުގައި ދެވަނަ ޑޯޒު ޖަހަން ޖެހެނީ ފުރަތަމަ ޑޯޒު ޖަހާތާ 8 ދުވަސް ފަހުންނެވެ.
ޕުފިޒާ ވެކްސިން ގޯހީތާ.
ވެކްސިން މަސައްކަތް މިކުރަނީ ހަފްތާ ދެހަފްތާއެއްހާ ދުވަހުން. ބަލި ޖެހިގެން ވެކްސިން ޖެހިޔަސް ބަލިން ސަލާމަތްވާން އޮތީ އެމުއްދަތަށް ފަހު. ބައްޔާ ކުރިމަތިލުމުގެ ކުރިން ވެކްސިނަށް ހަށިގަނޑު ހޭނެންޖެހޭ. ވެކްސިން ޖަހަންވެސް މިއެނގެނީ ނޭވާހޮޅިޔަށް އެޅީމާ. ދެން ބުނާނެ ވެކްސިން މަސައްކަތެއް ނުކުރެޔޯ.
ދެން ކީއްކުރަން ޖަހާއެއްޗެއް.
އިންޑިޔާ އިން ގެނައީ ވެކްސިން ޖަހަންވީ
ކުލިނިކަލް ޓުރައިލުގަ ހުރި އިންޑިއާ ވެކުސިނެއް އަމުދުން ނުޖަހާނަން. 10 12 ޑޯޒު ޖެހިޔަސް ފައްސި
ތި ކަނޑައީ ހަމަ. ނިކަން ރާއްޖެ އައިސް ވެކްޝިން ޖަހާބަލަ.