މާޗު މަހުގެ 30 ވަނަ ދުވަހުން ފެށިގެން އިސްރާއީލުގެ އަނިޔާވެރިކަމާއި ދެކޮޅަށް ޣައްޒާގައި ކުރަމުންދާ މުޒާހަރާތަކުގެ އެންމެ ކުރީ ސަފުގައި އަދި މުޒާހަރާގައި ޒަހަމް ވާ މީހުންނަށް ސިއްހީ ފަރުވާ ފޯރުކޮއްދިނީ އިއްޔެ އިސްރާއީލުގެ އަނިޔާވެރި ސިފައިންގެ ބަޑީގެ ވަޒަނުގެ ޝިކާރަކަށް ވެގެން ޝަހީދުވި އުމުރުން 21 އަހަރުގެ ރަޒަން އަލް ނަޖަރުއެވެ.

ރަޒަން އަލް ނަޖަރަށް ހަމަލާދީ މަރާލާފައިވަނީ ހުކުރު ދުވަހު ކުރަމުން ދިޔަ މުޒާހަރާގެ ތެރެއިން ވެއްޓިފައި އޮތް މީހަކަށް ފަރުވާ ދިނުމަށް ދެ އަތް މައްޗަށް ނަގައިގެން ދުވެފައި ދަނިކޮށެވެ.

ރަޒަން އަލް ނަޖަރުގެ ހިތްވަރު ގަދަކަމުން އޭނާ ވެގެން ގޮސްފައިވަނީ ފަލަސްތީނުގައި ފަހުގެ ތާރީހުގައި އުފެދުނު އެންމެ ހިއްވަރުގަދަ ހިލޭސާބަހަށް މައްސަކަތް ކުރާ ނަރުހަށެވެ.

އިސްރާއީލުގެ އަނިޔާވެރި ސިފައިން މިހާތަނަށް 121 މީހަކު ޝަހީދުކޮށްލާ 13,300 ވުރެ ގިނަ މީހުން އިޒްރާއީލުން ޒަހަމުކޮށްލާފައިވާ އިރު ރަޒަން އަލް ނަޖަރުއަކީ ޒަހަމުވި ގިނަ ބަޔަކަށް ސިއްހީ އެހީތެރިކަން ފޯރުކޮށްދީފައިވާ ނަރުހެކެވެ.

އިސްރާއީލުގެ ސިފައިން ހަމަލާތައް ދެމުންދާ އިރު ރަޒަން، އެ ހަމަލާތަކަށް ބިރުން ފަހަތަށް ނުޖެހި ޒަހަމުވާ ފަލަސްތީނުގެ ރައްޔިތުންނަށް ދިޔައީ ބޭސްފަރުވާ ކޮއްދެމުންނެވެ.

އިސްރާއީލުގެ ސިފައިން ރަޒަން އަލް ނަޖަރު ޝަހީދު ކޮއްލީ ގަސްދުގައިކަމަށް ގިނަ ބަޔަކު ބުނަމުން ދާއިރު އަދި ފަލަސްތީނުގެ ބައެއް މީޑިއާތަކުން ފާހަގަކޮށްފައިވާ އިރު އެއީ އިސްރާއީލުގެ ސިފައިންނަށް ހަޖަމު ކުރެވުނު ކަމަކަށް ނުވިއެވެ.

ހުދު ހެދުމެއް ލައިގެން ހުރި ނަމަވެސް ރަޒަންގެ ފިޔަވަޅު ހުއްޓި އޭނާ ވެއްޓުނީ އިސްރާއީލުގެ ސިފައިންގެ މީހަކު ރަޒަންގެ މޭމައްޗަށް އަމާޒުކޮށް ފޮނުވާލި ވަޒަނަކުނެވެ.

މީސް މީޑިއާގައި ރަޒަންގެ މަރާ ގުޅިގެން ހިޔާލު ފާޅު ކުރި ބައެއް މީހުން ބުނެފައިވާ ގޮތުގައި މުޒާހަރާގެ ބައިވެރިންގެ ފަޔަށާއި އަތަށް އަމާޒުކޮށް އިސްރާއީލުގެ ސިފައިން ވަޒަން ޖަހާއިރު ރަޒަންގެ މެޔަށް އަމާޒުކޮށްފައިވަނީ ގަސްތުގައި ރަޒަން މަރާލުމަށެވެ.

"ރިޓާން އޮފް މާޗް"ގެ ނަމުގައި ފަލަސްތީނުން އިހްތިޖާޖް ފަށާފައި ވަނީ މާޗް 30 ވަނަ ދުވަހު އެވެ. އެ ތާރީޚުން ފެށިގެން އިސްރާއީލު ސިފައިން ވަނީ ފަލަސްތީނުގެ 130 މީހުން ޝަހީދުކޮށްލައި 13،000 އަށް ވުރެ ގިނަ މީހުން ޒަޚަމްކޮށްލައިފައެވެ.

މީގެ ތެރެއިން 300 މީހުނަށް ވަނީ ސީރިއަސް ޒަހަމް ތަކެއް ލިބިފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޒުވާނެއް

    ފަލަސްތީނު މީހުންނަކަށް ނުކުރޭ ޖާނުންފިދާވެގެން ބޮމެއް ގޮއްވާލާކަށް. ޢިލްމުވެރިންމެދުގަ ޚިލާފް މައްސަލައަކަށް ވާއިރު ހަމަ ގޮއްވާނުލަންވީ ކީއްވެ؟ ގައިމު އެ އިޒްރާއީލުގެ އެތައް އޫރެއް އެއްފަހަރާ މަރުވާނެވިޔަ.....

    • އޭނަ

      އަމިއްލައަށް މަރުވުމެއްނެތް..

    • ލޮލް

      މޮޔަނުވެބަލަ ކަލޯ އެއީ ހަރާމް ކަމެކޭ!!!!

    • ޢައިޝަ

      ކަލޭ ދާންވީނު؟

    • ަައަޙ

      ކަލޭ ދޭވަލަ ތިހާ އަމިއްލަނަފްސައް ގެއްލުން ދޭހިއްވަަނަމަ

  2. މީ

    إِنَّا للهِ وَإِنَّـا إِلَيْهِ رَاجِعونَ

  3. ހޯރަފުށި

    ހާދަ ލޯބި މަންޖެެއެކެ?

  4. މުސްކުލިބޭ

    ޒުވާނާއަށް ނޭގޭތަ އަމިއްލައަށް މަރުވުމަކީ ކުފުރު މަރެއްކަން

  5. މާޔޫސް

    ﷲ ގެ ނަސްރު އަންނާނީ ފަހެ ކޮންވަގުތަކުން ހެއްޔެވެ!

  6. ނަގޫ

    އެއީ ނަރުހެއްނޫން ޕެރެމެޑިކްއެއް.ނަރުހުން ތިހާ ގަޓެއްނުހުރޭ