މިވަގުތު މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19ގެ ބަލިމަޑުކަމުން އަރައި ގަނެވޭއިރު، އިތުރު ވައިރަސްއެއް ފެތުރިދާނެ ކަމުގެ އިންޒާރު ނެދެލޭންޑްސްއިން ދީފިއެވެ.

ނެދެލޭންޑްސްގެ އެކްސެސް ޓު މެޑިސިން ފައުންޑޭޝަނުން ނެރެފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ ނިޕާ ވައިރަސް ފެތުރެން ފެށުމާއި އެކީ 75 އިންސައްތަ މީހުން މަރުވާނެ ކަމަށާއި އެހެން ކަމުން މިއީ ދެން ކުރިމަތިލާން ޖެހިފައިވާ ޕެންޑެމިކް ކަމަށް ވެދާނެ ކަމަށެވެ.

އެ ގްރޫޕުން މިފަދައިން ބުނެފައިވާއިރު، ކޮވިޑް-19 ޕެންޑެމިކާއި ގުޅިގެން މިވަގުތު ދެ މިލިއަނަށްވުރެ ގިނަ މީހުން ވަނީ އެ ބަލި ޖެހިގެން މަރުވެފައެވެ.

"ނިޕާ ވައިރަސް އަކީ ދެން އެންމެ ކަންބޮޑުވާން ޖެހޭ އެއް ވައިރަސް. ވައިރަސް ކޮންމެ ގަޑިއެއްގައިވެސް ފެތުރިގެން ހިނގައިދާނެ. ދެން ޕެންޑަމިކަކީ ބޭހަކުން ފަރުވާ ދެވޭނެ ވައިރަސް އަކަށްވެސް ނުވެދާނެ" އެކްސެސް ޓު މެޑިސިން ފައުންޑޭޝަންގެ އެގްޒެކެޓިވް ޑިރެކްޓަރ ޖަޔަސިރީ ކޭ އިޔާ އާއި ހަވާލާދީ ގާޑިއަން ނޫހުން ރިޕޯޓް ކޮށްފައިވެއެވެ.

މިއީ ވަރަށް މަދުން ފެންނަ ވައިރަސްއެކެވެ. މި ވައިރަހަކީ ޓެރޯޕަސް އާއިލާގެ ވާ (ފުރްޓް ބެޓްސް) އާއި އޫރުން އިންސާނުންނަށް ޖެހޭ ބައްޔެކެވެ. މިބަލި އިންސާނުންނާއި ޖަނަވާރަށްވެސް ޖެހެއެވެ. އަދި އިންސާނުންގެ ގައިން އިންސާނުންގެ ގަޔަށްވެސް މި ބަލި ފެތުރެއެވެ.

ނިޕާ ވައިރަސް (ނިވް NiV) އެންމެ ފުރަތަމަ ދެނެގަނެވުނީ 1998 ވަނަ އަހަރު މެލޭޝިޔާގެ ކަމްޕަންގ ސުންގައި ނިޕާ ގައި ފެތުރުނު ބަލިމަޑުކަމެއްގެ ތެރެއިންނެވެ. މި ބަލިމަޑުކަން ފެތުރުނުއިރު، ނިވް ވައިރަސް ފެނިފައިވަނީ އޫރުންނެވެ. އެހެންނަމަވެސް އޭގެ ފަހުން ނިޕާ ވައިރަސް ފެތުރުނު އެހެން ކާރިސާއެއްގައި ނިވް ވައިރަސް ފެނުނީ ވަކިމިވެނި ޖަނަވާރަކުންކަން އެނގޭކަށް ނެތެވެ.

2018 ވަނަ އަހަރު އިންޑިއާގެ ކެރެލާ ސްޓޭޓްގައި ނިޕާ ވައިރަސް ފެތުރުނު ހާދިސާގައި 17 މީހަކު ވަނީ މަރުވެފައެވެ. އޭރު ސައުދީ އަރަބިޔާ ޔޫއޭއީ ކަހަލަ ގައުމުތަކުން ވަނީ އައިސް ކޮށްފައިވާ މޭވާ އާއި ތަރުކާރީ އެތެރެކުރުން މަނާ ކޮށްފައެވެ.

މި ބަލި ޖެހުމުން ހުން އައިސް، ބޮލުގައި ރިއްސާ، ހޮޑުލާއި ކަރުގައި ރިހުން ފަދަ ކަންކަން ދިމާވާ ކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ. މީގެ އިތުރުން އެނބުރުން އަރާ ނާރުގެ ކަންކަން ދިމާވާ ކަމަށްވެސް ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. މެކް

  ﷲ ސުބުހާނަހޫވަތަޢާލާއީ އެއްމޮޅައްދެނެވޮޑިންވާ ރަސްކަލާނގެ އެކާލާގެ އިންސާނުންނައް ހަލާލު ތަކެއްޗާއި ހަރާންތަކެތި ކަޑައަޅޫއްވާ ދެއްވާފައިވަނީ އޭގާ ވ މުހިންމު ސަބަބުތަކެއްވާތީ އެކަން އެގޭނީ ވިސްނާ ފިކުރުކުރާ ބަޔަކައް

  72
  1
 2. ޔތ

  އޫރު މަސް ހަރަމް ކުރެއްވީ އޭގެން ލިބޭ ގެއްލުން އެކަލާނގެ މޮޅަށް ދެނެވޮޑިގަންނަޥާތީ. އިންސާނުންގެވހަޔާތްކުޑަކަމާ ޖާހިލުކަން ފެނޭ.

  8
  2
  • ރާބޯސް

   ދޫނިރޯގާޔޯ ؟؟ މޮޔަގެރިޔޯ ؟؟