ދުނިޔޭގައި ފުރަތަމަ ފަހަރަށް ކުޅުން ކޮވިޑް-19 ހުރިތޯ ދެނެގަތުމަށް ޓެސްޓު ކުރެވޭ ގޮތް ހެދި ޑޮކްޓަރު މަރުވެއްޖެއެވެ. އަނގައިން ނަގާ ކުޅު ބޭނުންކޮށްގެން ކޮވިޑް-19 ގެ ޖަރާސީމު ހަށިގަނޑުގައި ހުރިތޯ ދެނެގަނެވޭނެ ގޮތް ފުރަތަމަ ހޯދީ ޑރ. އެންޑްރިއު ބްރޫކްސްއެވެ.

ނިއު ޖާސީގެ ރަޓްގާސް ޔުނިވާސިޓީގައި މަސައްކަތް ކުރި ޑރ. އެންޑްރިއު މަރުވި އިރު އޭނާގެ އުމުރަކީ 51 އަހަރެވެ. އެންޑްރިއު މަރުވި ކިހިނެއް ވެގެން ކަމެއް އަދި އިއުލާން ނުކުރެއެވެ.

އެންޑްރިއުގެ ކުއްލި މަރާ ގުޅިގެން އޭނާ މަސައްކަތް ކުރަމުން އައި ސްކޫލުގެ ޗަންސެލާ އަދި އެތަނުގެ އިސްވެރިން ވަނީ އެންޑްރިއުގެ އާއިލާ އަށް ތައުޒިޔާ ކިޔައިފައެވެ. އަދި ނިއު ޖާޒީގެ ގަވަރުނަރު ވަނީ އެންޑްރިއުއަކީ ހީރޯ އެއް ކަމަށް ސިފަކޮށްފައެވެ.

ކޮވިޑް-19 ގެ ޖަރާސީމު އިންސާނާގެ ހަށިގަނޑުގައި ހުރިތޯ ދެނެގަތުމަށް އެންޑްރިއު ހޯދި އާ އިޖާދު ބޭނުންކުރުމަށް ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނުން ހުއްދަ ދިނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުއެވެ.

އެންޑްރިއު ހޯދި މި އީޖާދާއެކު ސިއްހީ ހިދުމަތްތެރީންނަށް ބޮޑު ފަސޭހައެއް ލިބިގެން ދިޔައެވެ. އަދި ސިއްހީ ގޮތުން ރައްކާތެރިކަންވެސް ލިބިގެން ދިޔަ ކަމަށް ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުން ފާހަގަ ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. ޞޮއްޓި

  ވޯލްޑުރެކޯޑެއް ދެއްތޯ!
  އެހެން މިބުނީ 5 ގައި މަރުވީމަ..
  ހާދަ ޅަިއރުގައޭ ދޯ އޭނަ ޑޮކްޓަރަކަށް ވެ ސައިންސްވެރިޔަކަށް ވެފައި އެވަނީ..
  ހީވަނީ 1 މަހުގައި ކަންނޭގެ!

  1
  5
  • ސާބަސް

   ބްރޯ. 51 އަހަރޭ ބުނެފައެއޮތީ. ރަނގަޅަށް ހަބަރު ކިޔާފަ ކޮމެންޓް ކޮށްބަލަ.

   7
   1