އިސްރާއީލުން އަނެއްކާވެސް ފަލަސްތީނު ޒުވާނެއްގެ ގަޔަށް ބަޑި ޖަހައި ޒަހަމްކޮށްލައިފިއެވެ.

ފަލަސްތީނުގެ ހެބްރޯންގެ އަލް ކެންޕަސް ކައިރިން އިސްރާއީލުގެ ހައްދު ފަހަނަ އެޅި ސިފައިން ޒަހަމްކޮށްލި ޒުވާނާ އާއި ބެހޭ ތަފްސީލެއް އަދި ލިބިފައި ނުވާ އިރު ފަލަސްތީނުގެ ރެޑް ކްރެސް އިން ބުނެފައިވަނީ ޒަހަމްވި ޒުވާނާއަށް ފަރުވާދިނުމަށް އިސްރާއީލުގެ ސިފައިން ހުރަސް އެޅި ކަމަށެވެ.

އިސްރާއީލުގެ އަނިޔާވެރިކަމާއި ހިސޯރުކުރުންތަކާއި ދެކޮޅަށް ހުކުރު ދުވަހު ބޭއްވި އެއްވުމަށް އިސްރާއީލުގެ އަނިޔާވެރި ސިފައިން ބަޑި ޖަހައިވަނީ ފަލަސްތީނުގެ ޒުވާން ނަރުހެއް ވެސް ޝަހީދުކޮށްލާފައެވެ.

އުމުރުން 21 އަހަރު ރަޒަން އަޝްރަފް އަލް ނަޖާއް ޝަހީދު ކޮއްލާފައިވަނީ ޣައްޒާގެ އިރުން އޮންނަ ހާން ޔޫނުސް އަވަށުގައި ޒަހަމުވެފައި ތިބި ފަލަސްތީނުގެ ރައްޔިތުން ތަކަކަށް ފަރުވާދެމުން ދަނިކޮށެވެ.

ރަޒަން އަޝްރަފް އަލް ނަޖާއް ޝަހީދުވެފައިވަނީ ވަޒަން އެރުމުން ލިބުނު ޒަހަމް ތަކުގެ ބޮޑުކަމުންނެވެ. އިސްރާއީލުގެ ސިފައިން ވަނީ ރަޒަން އަޝްރަފް ޝަހީދު ކޮއްލުމާއި ގުޅޭ ގޮތުން އެއްޗެއް ބުނަން ދެކޮޅު ހަދާފައެވެ.

ފަލަސްތީން ރައްޔިތުން އިހްތިޖާޖަށް ނުކުތީ ގުދުސް އަށް އެމެރިކާ އެމްބަސީ ބަދަލު ކުރުމާ ދެކޮޅު ހެދުމަށެވެ. އެމްބަސީ ބަދަލުކޮށްފައި ވަނީ އިޒްރޭލް އުފެދުނުތާ 70 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށެވެ.

ކިޔުންތެރިންގެ ހިޔާލު