ކޮވިޑް-19 އިން ރައްކާތެރިވުމަށް ބޭނުން ކުރާ ފައިޒާ ވެކްސިންގެ ދެވަނަ ޑޯޒު ދިނުން ލަސްކޮށްފިނަމަ، އުމުރުން ދުވަސްވީ މީހުންނަށް، ދެކުނު އެފްރިކާއިން ފެނިފައިވާ ބަލީގެ އިތުރު ވޭރިއެންޓް ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

ކެމްބްރިޖް ޔުނިވާސިޓީގެ ސައިންސްވެރިން ހެދި މި ދިރާސާއިން ދައްކާގޮތުގައި ވެކްސިންގެ އެންމެ ޑޯޒަކުން ވައިރަސް ނައްތާލެވޭނެ އަދަދުގެ އެންޓިބޮޑީސް އެއް ހަށިގަނޑުގެ ތެރޭގައި އުފައްދައެއް ނުދެއެވެ.

މި ވެކްސިންގެ އަސަރު ކުރަން ފަށަނީ ދެވަނަ ޑޯޒު ޖަހާ ހިސާބުން ކަމަށްވެސް ފަހުގެ ދިރާސާތަކުން ވަނީ ދައްކާފައެވެ. އެހެން ނަަމަވެސް އެކަމަށް ބައެއް ސައިންސްވެރިންގެ ތެރޭގައި ބާރު ދީފައެއް ނުވެއެވެ.

ސައިންސްވެރިންގެ ހެދި ދިރާސާއިން މިގޮތަށް ދައްކާފައިވާއިރު، ދެކުނު އެފްރިކާއިން ފެނިފައިވާ ކޮވިޑް-19 ވޭރިއެންޓްގެ އިތުރު ވައިރަސްއެއް ވަނީ ފެނިފައެވެ. އެއީ އިންސާނާގެ ދިފާއީ ނިޒާމު އެއްކޮށް ހިސާރުކޮށް ދެރަ ކޮށްލާ ވައްތަރެކެވެ. މިއަށް ސައިންސްވެރިން ދީފައިވަނީ E484K މިނަމެވެ.

ކެމްބްރިޖްގެ ސައިސްންވެރިން ވަނީ 26 މީހެއްގެ ސުންކު ނަގައި ޓެސްޓް ކޮށްފައެވެ. އޭގެ ތެރެއިން 15 މީހުންނަކީ އުމުރުން 80 އަހަރުން މަތީ، މީގެ ކުރިން ފައިޒާ ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައިވާ މީހުންނެވެ. މި އެންމެންގެ ހަށިގަނޑުގައި ހުރި އެންޓިބޮޑީސްއަށް ކެންޓް ވޭރިއަންޓް ނައްތާނުލެވެއެވެ.

އޭގެ ފަހުން E484K ވައިރަސް ނައްތާލުމަށް 10 ގުނަ އިތުރު އެންޓިބޮޑީސް ވަނީ ބޭނުން ވެފައެވެ.

ކެންޓް ވޭރިއަންޓްގެ އިތުރު ވައްތަރެއް ހޯދިފައިވާއިރު، ކަމުގެ މާހިރުން ބުނީ، މިއީ ނުރައްކާތެރި ހޯދުމެއް ކަމަށާއި މީގެ ސަބަބުން ކުރިން ބަލި ޖެހިފައިވާ މީހާއަށް އަލުން ބަލި ޖެހޭނެ ކަމަށާއި ބަލިން ރައްކާތެރިވުމަށް ބޭނުން ކުރާ ވެކްސިންގެ އަސަރުވެސް ދަށްވެދާނެ ކަމަށެވެ.

މީގެ އިތުރުން އޭނާ ބުނީ، މި ފެތުރުނަސް، މަރުވާ މީހުންގެ އިންސައްތަ ދަށް ކުރެވިދާނެ ކަމަށާއި އެހެން ނަމަވެސް މި ބަލި ފެތުރުން ކޮންޓްރޯލް ކުރަން އުނދަގޫވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު