އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަންހެނުން އަދި ފަސްޓް ލޭޑީ، މެލާނިޔާ ޓްރަމްޕް، އާއްމު ހަރަކާތެއްގެ ތެރެއިން ނުފެނި ގިނަ ދުވަސްވުމުން ބައެއް ފަރާތްތަކުން ސުވާލު އުފައްދަން ފަށައިފިއެވެ.

މެލާނިޔާ ނުފެނި ގިނަ ދުވަސްތަކެއް ވެފައިވާއިރު، އިއްޔެ، ޓްރަމްޕް އާއި އޭނާގެ އާއިލާގެ ބައެއް މެންބަރުންވަނީ ޗުއްޓީއަށް އެހެން ސަރަޙައްދަކަށް ގޮސްފައެވެ. އެހެންނަމަވެސް، އެދަތުރުގައިވެސް މެލާނިޔާ ބައިވެރި ނުވާކަންވަނީ ކަށަވަރުވެފައެވެ.

އެމެރިކާގެ ނޫސްތަކުން ބުނާގޮތުގައި މެލާނިޔާގެ ކިޑްނީގެ އޮޕަރޭޝަނެއް، މިދިޔަ މަހުގެ މެދުތެރޭގައި ކޮށްފައިވެއެވެ. އޮޕަރޭޝަނަށްފަހު ހޮސްޕިޓަލުގައި އޭނާ ފަސް ދުވަހު އެނދުމަތިކޮށްފައި ބޭއްވުމަށްފަހު ފޮނުވާލިއިރު، އެއީ އެ ފަރުވާއަށް މާ ދިގު މުއްދަތެއްކަމަށް، ފަސްޓް ލޭޑީގެ ގާތް މީހުންވެސް ބުނެފައިވެއެވެ.

ނޫސްތަކުން ބުނެފައިވާ ގޮތުގައި ފަރުވާއަށްފަހު، އާއްމު ހަރަކާތްތަކަށް މެލާނިޔާ ނިކުންނަހާ ދުވަސްވަނީ ވެފައެވެ. އަދި، މި ފަހުންވެސް، ވައިޓް ހައުސްގެ އެތެރޭގައިވެސް އާއްމު ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ. އެހެންކަމުން މިކަންކަމުން، އޭނާ ނުފެނުމަކީ ސުވާލު އުފެދޭ ކަމެކެވެ.

މެލާނިޔާއާ ބެހޭގޮތުން ސުވާލު އުފައްދަމުން ދިޔުމާ ގުޅިގެން، ބުދަ ދުވަހު އޭނާގެ ރަސްމީ ޓްވިޓަރ އިން ޓްވީޓެއް ކޮށްފައިވެއެވެ. އަދި، މީޑިޔާގެ ފަރާތްތަކުން އޭނާ ވީނުވީ ތަނެއް ހޯދުމަށް މަސައްކަތް ކުރަމުންދާކަމަށް ބުނެފައިވެއެވެ. އެޓްވީޓުގައި އޭނާ ހުރީ ވައިޓް ހައުސްގައިކަމަށްވެސް ބުނެފައިވެއެވެ.

މި ޓްވީޓު ކޮށްފައިވީނަމަވެސް، އޭނާގެ ހާލު ރަނގަޅުކަން ކަށަވަރު ނުކުރެވޭކަމަށް މީޑިޔާތަކުން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު