ކޮވިޑް-19 އިން ރައްކާތެރިވުމަށް އިންޑިއާ އިން އުފައްދާފައިވާ "ކޮވިޝީލްޑް" ވެކްސިން 60 އަހަރުން މަތީގެ މީހުންނަށް ނުދިނުމަށް ޕޮލޭންޑުން ނިންމައިފިއެވެ.
އެ ގައުމުން "ކޮވިޝީލްޑް" އެ އުމުރުގެ މީހުންނަށް ނުދިނުމަށް ނިންމާފައިވާއިރު، މިވަގުތު ދުނިޔޭގެ އެކި ހިސާބުތަކުން އަންނަނީ މި ވެކްސިން 65 އަހަރުން މަތީގެ މީހުންނަށް ނުދިނުމަށް ވެސް ނިންމަމުންނެވެ.
ޕޮލޭންޑުން ބުނެފައިވަނީ އެގައުމުން މި ވެކްސިން ބޭނުން ކުރާނީ 18 އަހާރާއި 60 އަހަރާއި ދެމެދުގެ މީހުންނަށް ކަމަށެވެ.
"އިއްޔެ ހަވީރުގެ ވަގުތެއްގައި މެޑިކަލް ކައުންސިލުން ވަނީ އެސްޓްރަޒެނެކާ ވެކްސިންއާ ބެހޭ ލިޔެކިޔުންތައް ހުށަހަޅާފައި، މި ލިޔެކިޔުންތަކަށް ބަލައި މިހާރު ނިންމާފައިވަނީ އެ ވެކްސިން ބޭނުން ކުރާނީ 18 އަހަރާއި 60 އަހަރާއި ދެމެދުގެ މީހުންނަށްކަން" ޕޮލޭންޑްގެ ވެކްސިން ދިނުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ މައިކަލް ވޮޒިކް ބުންޏެވެ.
ޕޮލޭންޑުން މިފަދަ ނިންމުމެއް ނިންމާފައިވާއިރު، އޮސްޓްރިއާއިންވެސް ވަނީ އެގައުމުގެ 65 އަހަރުން މަތީގެ މީހުންނަށް އެ ވެކްސިން ނުދޭނެ ކަމަށް ބުނެފައެވެ. އަދި ސްވިޑެން އިންވެސް ވަނީ އެގޮތަށް ނިންމާފައެވެ. މީގެ އިތުރުން ސްޕެއިންވެސް މި ހަފްތާގެ ތެރޭގައި ވެކްސިން ދޭނީ ކޮން އުމުރެއްގެ ބަޔަކަށްތޯ ނިންމާނެ ކަމަށް ވަނީ އަންގައިފައެވެ.
ކޮވިޝީލްޑަކީ ކޮވިިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އިންޑިއާގެ ސީރަމް އިންސްޓިޓިއުޓް އިން އޮކްސްފޯޑް އެސްޓްރާޒެކެނާއާ ގުޅިިގެން އުފައްދާފައިވާ ވެކްސިނެކެވެ. މި ވެކްސިންގެ ޑޯޒެއް އެންމެ ފުރަތަމަ ޖަހާފައިވަނީ އިނގިރޭސިވިލާތުގައި މިދިޔަ ޑިސެމްބަރު މަހުގެ 30 ގައެވެ.
އެހެން ވެކްސިންތަކާއި އަޅާބަލާއިރު، ކޮވިޝީލްޑަކީ އަގުހެޔޮ، އާދައިގެ ފްރިޖްތަކުގައިވެސް ރައްކާ ކުރެވޭ ވެކްސިނެކެވެ.
މިރާއްޖޭގެ 70 އަހަރުން މަތީ މީހުންގެ ގަޔަށް ޖަހަނީ.. ކުރިއަރާ ފައިވާ ގައުމުތަކުގެ މި ނިންމުމުގައި މުހިންމު ސަބަބުތަކެއް ހުންނާނެ.
ކޮބާ މޯލްޑިވްސް ޑަބިޔާތަޅާ ޕާޓީގެ ކުދިން މިކަމާ ބުނަނީ ކީކޭބާ؟ އެވެސް ޕީޕީއެމްގެ މީހުންތަ. ޑަބިޔާ ޕާޓީގެ މީހުންގެ ލަދުހަޔާތް ކޮބާބާއޭ މަހިތަށް އަރާ.
ހެހެހހެހހެހެހެހހެހެހެ ބލއެއ ތާ .ބޯހަލާކު