ދުނިޔޭގެ އެންމެ ގިނަ ދުވަސްވީ ރަށްކަމަށް ބެލެވިފައިވާ ސީރިޔާގެ ވެރިރަށް ދިމިޝްގު އެގައުމުގެ ދިގުދެމިގެންދާ ދާޙިލީ ހަނގުރާމައިގެ ސަބަބުން ދަނީ ސުންނާފަތިވަމުންނެވެ.

މިގޮތުން ދިމިޝްގަކީ އެންމެ ގިނަ ދުވަސްވަންދެން މީހުން މެދުނުކެނޑި ދިރިއުޅެމުންދާ ރަށްކަމުގައި ބެލެވިފައިވާއިރު ދިމިޝްގުގައި މީހުން ދިރިއުޅެމުންދާތާ މުޅިއަކު 11،000 އަހަރުވެފައިވާކަމަށް ވަނީ ބެލެވިފައެވެ. އެ ރަށުގައި އެތައް ނަސްލެއްގެ އެތައް ބަޔަކު މި ދިގު މުއްދަތުގެ ތެރޭގައި ދިރިއުޅެފައިވާއިރު އެކަންކަމުގެ ހެކިތައް މިހާރުވެސް އެރަށުގެ އެކި އާސާރީ ހިސާބުތަކުން ފެންނަން ހުރެއެވެ.

ދިމިޝްގުގައި މިހާރުވެސް 2.5 މިލިއަން ވަރަކަށް މީހުންގެ އާބާދީއެއް ދިރިއުޅެމުންދާކަމަށް ލަފާކުރެވިފައިވާއިރު އެރަށް ވަނީ 2008 ވަނަ އަހަރު އަރަބި ދުނިޔޭގެ ސަގާފަތުގެ ވެރިރަށްކަމުގައިވެސް ކަނޑައެޅިގެންގޮސްފައެވެ. ބެލެވިފައިވާގޮތުގައި ދިމިޝްގު މިހާ ގިނަ ދުވަސްތަކެއްވަންދެން މީހުން ދިރިއުޅޭ ރަށެއްގެ ގޮތުގައި އޮތް އެންމެ ބޮޑު އެއް ސަބަބަކީ އެ ރަށާއި އެރަށް ވަށައިގެން އޮންނަ ސަރަހައްދެވެ.

ދިމިޝްގްއަކީ ދަނޑުވެރިކަން ކުރުމަށް ރަނގަޅު ބިންތަކެއް އޮންނަ އަދި ކޯރު ފަދަ ފެނުގެ ވަސީލަތްތަކާއިވެސް ގާތުގައި އޮންނަ ރަށެކެވެ. އެރަށަކީ މިހާރުވެސް ސީރިޔާގައި އޮތް އެންމެ ބޮޑު ރަށެވެ. އަދި އަރަބި ދުނިޔެއިންވެސް ފެނިގެންދާނޭ އެންމެ ބޮޑު އެއް ރަށެވެ.

ދިމިޝްގްއަކީ ތާރީހީގޮތުން އިސްލާމް ދީނާއިވެސް ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ރަށެކެވެ. މިގޮތުން އެ ރަށަކީ އިސްލާމީ ދުނިޔޭގެ މަޝްހޫރު އެކި އެކި އިލްމްވެރިން އެބޭކަލުންގެ ހަޔާތުގެ ކޮންމެވެސް އެއް ދުވަސްވަރެއް އެ ރަށުގައި އިލްމް އުގެނުމަށް ހޭދަ ކުރައްވާފައިވާ ރަށެކެވެ. އަދި ދިމިޝްގްއަކީ އުމަވީ ޙިލާފަތުގެ ދަށުގައި އިސްލާމީ ވެރިކަމުގެ ވެރިރަށްވެސްމެއެވެ.

އެހެންނަމަވެސް ހިތާމައަކީ މި މުހިންމު ރަށްވެސް ސީރިޔާގައި ވަރުގަދައަށް ހިނގަމުންދާ ދާޙިލީ ހަނގުރާމައިގެ ސަބަބުން މަޑުމަޑުން ސުންނާފަތިވަމުންދާކަމެވެ. ހިތާމައަކީ ގިނަ ބަޔަކަށް ހަނގުރާމައިގެ ސަބަބުން މި ރަށުން ގެއްލިގެން ދާ އާސާރީ އެކި އެކި ތަންތަނުގެ އަގު އެންމެ ރަނގަޅަށް ވަޒަން ނުކުރެވޭކަމެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ސ ނުން ސޮނިބެ

  ހޫ ކެއަރސް

 2. ޖައުގަރު

  އައި ކެއަރ

  • ައަލީ1

   ދެން ގޯ ޑައި

 3. ޖޭމު

  ޤާނޫނު އަސާސީ ހަދާފައި އެ ފޮތަށް ކޮޅުފައިން އެރުމަކީ މާ ބޮޑު ހިތާއެކެވެ

  • ބީތާ

   ކޮން ގާނޫނު އަސާސީއެއް. ޕޮއް

 4. ތުއްތަފާ

  ކިހާ އުފާވެރި

 5. ޖައުފަރު

  އައި ވިލް ޑައި ވަންޑޭ ޔޫ ނޯ ވޮރީ

 6. މ

  މޮޔަ ސިޔާސީ މީހުންނާއި ހެދި މިގައުމު ވެސް ތިކަހަލަ ހާލަތަ ކަށް ގޮސްދާނެ.މާތް ﷲ ގަންދީ ބުނަން މިސަރު ކާރުން އަދި އެއްވެސް އެހީޔެއް އަހަންނަކަށް ނުލިބޭ..އެކަމަކު މިވެރި މީހާގެ ސިޔާސަތަށް އަހަރެން ތާއީދު ކުރަން.. އެ ކަމަކު މިހިރީ ފްލެޓް ލިބޭނެ ކަމުގެ އުއްމީދުގަ..
  ޙާހާހާަ..