ކޮވިޑް-19 އާ ގުޅިގެން 20 ގައުމެއްގެ މީހުން ސައުދީއަށް އެތެރެވުން ވަގުތީ ގޮތުން މަނާ ކޮށްފި އެވެ.

މިގޮތުން 20 ގައުމަކުން އެ ގައުމަށް އިންޓަނޭޝަނަލް ފްލައިޓްތައް އައުން ވަގުތީ ގޮތުން ވަނީ މަނާކޮށްފައެވެ. މި ނިންމުމަށް އަމަލު ކުރަން ފަށާނީ މާދަމާ ރޭގަނޑު 21:00 އިން ފެށިގެންނެވެ.

އަދި އެ ގައުމަށް އެތެރެވުން މަނާކޮށްފައިވާ ގައުމުތަކަކީ ކޮވިޑް-19ގެ އާ ވައްތަރުތައް ފެންނަން ފަށާފައިވާ ގައުމުތަކެވެ.

އެ ގައުމުތަކުގެ ތެރޭގައި ޔޫއޭއީ, ޖަރުމަންވިލާތު, އެމެރިކާ, އިޓަލީ, އިންޑޮނޭޝިއާ, ޕާކިސްތާން,ބްރެޒިލް,އިނގިރޭސިވިލާތް, ތުރުކީ, ދެކުނު އެފްރިކާ, ފްރާންސް, ލުބްނާން, މިސްރާއި, އިންޑިއާ އަދި ޖަޕާން ހިމެނެއެވެ.

އެކި ގައުމުތަކުން ފެންނަ ކޮވިޑް-19ގެ އާ ވައްތަރުތަކުގެ ތެރެއިން ބައެއް ވައްތަރުތަކުގެ ނުރައްކާ ބޮޑެވެ. އެގޮތުން މިގޮތަށް ފެންނަ ބައެއް ވައްތަރުތަކަކީ ކޮވިޑް-19 ބޮޑަށް ފެތުރުމުގެ ފުރުސަތު ބޮޑު ވައްތަރުތަކެވެ.

މާދަމާ އިން ފެށިގެން ސައުދީއަށް އެތެރެވުން ބައެއް ގައުމުތަކަށް މަނާކޮށްފައިވާއިރު، ސައުދީން ވަނީ ވަޔާއި ކަނޑާއި އެއްގަމުގެ ބޯޑަރުތައް ބަންދުކޮށްފައި އޮންނަ މުއްދަތު މެއި 17 ވަނަ ދުވަހާއި ހަމައަށް އިތުރު ކޮށްފިއެވެ.

ސައުދީގެ ބޯޑަރު ހުޅުވާ ދުވަސް ފަސް ކުރީ ވެކްސިން ލިބުމުގައި ދަތިތަކާއި ދިމާވެގެން ކަަމަށް އެ ގައުމުގެ ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަލްޖިބްރާ

    އެކަމަކު ދިވެހިރާއްޖެގަ ހުރި ޑޮކް އަކު އެބަބުނޭ މިތަނަކީ އެންމެ ރައްކާތެރި ޤައުމޭ !

    19
    1
  2. ފާއިޒު

    ހެޔޮނުވާނެ އަލްޖިބްރާ! ލިޔުން ކިޔާލާފަ ކޮމެންޓް ކޮއްލާ! އެހެން ޚީޔާލެއްގައި ނުއިނދެ ކޮމެންޓް ކޮށްލާ! ރަނގަޅަށް ހޭލާ އިނދެގެން ކޮމެންޓް ކޮށްލާ!

    3
    1