ޝަހީދުކޮށްލި ނަރުސް، ރަޒާންގެ ހަށިގަނޑު ގެންދަނީ

ނަރުހެއްގެ ވާޖިބު އަދާކުރަމުން ދަނިކޮށް އިޒްރާއިލުގެ ސްނައިޕަރަކު ޖެހި ވަޒަނުގެ ޝިކާރައަކަށްވެ ޝަހީދުވި، ރަޒަން އަލް ނަޖަރުގެ ޖަނާޒާ ބާއްވައިފިއެވެ.

ޝަހީދުކޮށްލި ނަރުސް، ރަޒާންގެ ހަށިގަނޑު ގެންދަނީ

ރަޒަންގެ ޖަނާޒާ މިއަދު ކުރިއަށް ގެންދިޔައިރު، ޖަނާޒާގައި އެތައް ހާސް ބަޔަކު ބައިވެރިވިއެވެ. އޭނާގެ ހަށިގަނޑުން ހޮސްޕިޓަލުން ނެރެގެން ގެންދިޔައިރު، އެތަނަށްވެސް ގިނަ އަދަދެއްގެ ބަޔަކު ޖަމާވެފައިވާކަމަށް މައުލޫމާތު ލިބެއެވެ.

ޣައްޒާގައި މިހާރު ކުރަމުންދާ ސިލްސިލާ މުޒާހަރާގެ ތެރެއިން މިދިޔަ ހުކުރު ދުވަހު ރަޒަންގެ ގަޔަށް ބަޑި ޖަހައި ޝަހީދުކޮށްލާފައިވާއިރު އޭރުވެސް އޭނާ މަސައްކަތް ކުރަމުންދިޔައީ މުޒާހަރާގައި ޒަޚަމްވާ މީހުންނަށް ޞިއްޙީ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.

ޝަހީދުކޮށްލި ނަރުސް، ރަޒާންގެ ހަށިގަނޑު ގެންދަނީ

ޝަހީދު ކޮށްލިއިރު ރަޒަން، ނަރުހެއްކަން ފާހަގަވާގޮތަށް ނަރުހުންގެ ޔުނީފޯމު އަޅައިގެން ހުރިއިރު، ދުރަށް ޔުނީފޯމު ފާހަގަވާ ފަށްތައްވެސް އެޔުނީފޯމުގައި ހަރުކޮށްފައިވެއެވެ. އެހެންކަމުން، މިއީ އޮޅިގެން ދިން ހަމަލާއެއްކަން ބުނެވޭނެ އެއްވެސް ޖާގައެއްވެސް ނެތެވެ. ހަމައެހެންމެ، ހަމަލާ ދިނީ، ސީދާ އޭނާގެ މެއަށް އަމާޒުކޮށްކަމުންވެސް، މިއީ ގަސްދުގައި ދިން ހަމަލާއެއްކަން ޔަޤީންވެ ކަށަވަރުވެއެވެ.

ރަޒާންގެ ޔުނީފޯމް

ހަނގުރާމައިގެ ޖަރީމާތަކާ ބެހޭގޮތުން ދުނިޔޭގެ ޤައުމުތަކުން ކަނޑައަޅާފައިވާ "ޖެނީވާ ކޮންވެންޝަން" ނުވަތަ ޖެނީވާގެ މުއާޙަދާގައި ބަޔާންކޮށްފައިވާ ގޮތުން ހަނގުރާމައިގައި ނުވަތަ އެނޫންވެސް ހަމަނުޖެހުމެއްގައި ޞިއްޙީ އެހީތެރިކަން، ފުރަތަމަ އެހީ އަދި އެނޫންވެސް އެހީ ފޯރުކޮށްދޭ މީހަކަށް އަމާޒުކޮށް ހަމަލާ ދިނުމަކީ ކުށެކެވެ. އަދި، އެފަރާތްތަކުގެ އާލާތްތަކާއި ވެހިކަލްތައް އަދި ތަންތަނަށް ހަމަލާ ދިނުމަކީ ކުށެކެވެ. އިޒްރާއިލުން މީގެކުރިން، ފަލަސްތީނު ރެޑް ކްރެސެންޓްގެ އެމްބިއުލާންސް ތަކަށްވެސް ހަމަލާ ދީފައިވެއެވެ.

ޝަހީދުކޮށްލި ނަރުސް، ރަޒާންގެ ހަށިގަނޑު ގެންދަނީ

ރަޒަންގެ ހިތްވަރުގަދަކަމަށް، ދުނިޔޭގެ އެކި ކަންކޮޅުތަކުންވަނީ ސަމާލުކަން ލިބިގެން ގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މިހިތްވަރުގަދަ މުސްލިމް އުހުތާއަށް ސުވަރުގޭގެ ދާއިމީ ނިއުނަތް މިންވަރު ކުރައްވާށި އާމީން

  2. ﷲ އަކްބަރު

  3. އާމީން