ހިތްވަރުގަދަ ނަރުސް ޝަހީދުކޮށްލުމާއެކު މުޅި ޣައްޒާއަށް މިއަދުވަނީ އިތުރު ހިތާމައެއް ގެނުވާފައެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މުސްލިމުންނަށާއި ޞިއްޙީ އެހީތެރިންނަށް ސިހުންވަނީ ގެނުވާފައެވެ. އިޒްރާއިލުން ގަސްދުގައި ހިންގި މި ހަނގުރާމައިގެ ޖަރީމާގެ ސަބަބުން، އެޤައުމާމެދު އޮންނަ ނަފުރަތުވަނީ އިތުރަށް ބޮޑުވެފައެވެ.

އިޒްރާއިލުގެ ތަމްރީނުވެފައިވާ ސްނައިޕަރަކު، ނަރުސް ރަޒަން އަލް ނަޖަރުގެ މެއަށް އަމާޒުކޮށް ވަރުގަދަ ވަޒަނެއް ފޮނުވާލިއިރު، ސްނައިޕަރުގެ ބައެއް މައުލޫމާތުވަނީ ހާމަވެފައެވެ.

ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި ސްނައިޕަރަކީ އަންހެނެކެވެ. އަދި، އޭނާގެ ނަމަކީ ރެބެކާއެވެ.

މި އަންހެން ސްނައިޕަރުގެ އިތުރު މައުލޫމާތަށް ބަލާއިރު، އޭނާއަކީ އެމެރިކާގެ ޔަހޫދީ އާއިލާއަކަށް ނިސްބަތްވާ މީހެކެވެ. އެމެރިކާގެ ބޮސްޓޮން އަށް އޭނާ ނިސްބަތްވާއިރު، އެއީ ވަރަށް ބޮޑަށް ޔަހޫދީ ގޮތްތަކަށް އަމަލުކުރަމުން އައި ބައެއްކަމަށްވެއެވެ.

ރެބެކާގެ އުމުރުން 18 އަހަރުގައި، އެމެރިކާ ދޫކޮށް އޭނާ އިޒްރާއިލަށް ބަދަލުވެފައިވާއިރު އޭނާ ޔަހޫދީ ޤައުމަށް އައިސް ގުޅިފައިވަނީ އެޤައުމުގެ އަސްކަރިއްޔާ، އިސްރާއެލީ ޑިފެންސް ފޯސް (އައިޑީއެފް) އާއެވެ. އަދި، އެންމެ ފުރަތަމަ މަސައްކަތް ކޮށްފައިވަނީ ތަމްރީނު ފޯރުކޮށްދިނުމުގެ ދާއިރާގައެވެ.

ރެބެކާ

އެހެންނަމަވެސް، ފަހުން އޭނާވަނީ ފީލްޑަށް ނިކުންނަށް ފަށާފައެވެ. ސީދާ މައިދާނަށް ނިކުންނަށް ފަށާފައިވާއިރު، އޭނާއަކީ މިހާރު މައިދާނީ ޖާސޫސް (ފީލްޑް އިންޓެލިޖެންސް) އިން ތަމްރީނު ވެފައިވާ މީހެކެވެ.

މި މީހާ، ހިތްވަރުގަދަ ނަރުހެއް ޝަހީދުކޮށްލާފައިވާއިރު، މި ސިފައިންގެ އަންހެނާއަކީ ކުށްވެރިއެކެވެ. ޖެނީވާގެ މުއާހަދާއާއި އެނޫންވެސް ޤާނޫނުތަކުން ބޮޑު ކުށްވެރިއެކެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ރަށްދު

    ކާފަރުން ތިބީ ކާފަރުންގެ ގޮތުގަ މުސްލިމުންތިބީ ކާފަރުންނަށް ވުރެއްވެސް ނުބައި ބައެއްގެ ގޮތުގަ

    • ޑަރކް ތޯރންސް

      ކީކޭ ތި ކިޔަނީ ކޮޔާ

    • ޔފއ

      މުސްލިމުންގެ ފާފަ ކިތަންމެ ގިނަ ވިޔަސް ކާފަރުންނާ މުޝްރިކުންނަށް ވުރެ ރަނގަޅު ވާނެ

  2. ޕަލަސްޓައިން މެޑިކް

    މިނުބައި ޔަހޫދީ އަންހެނާއަށް ލައުނަތް ހުރި އަދި ދުނިޔެއާއި އާހިރަތުގައި އޭނާއަށް ގެއްލުމާއި ހަލާކު ހުރި! އޭނާ ހަލާކުކުރައްވާންދޭވެ

    • Anonymous

      އާމީން

    • ފާ

      އާމީން

  3. ބުއްޅަބޭ

    ދެނޯ ކުއްވެރިވީމަ ދެން!؟

  4. ކެޔޮޅު

    ރެބެކާ އަށް މި ރޯދަމަހު ރޯދަ ވީއްލާގަޑީގައި ބަދު ދުޢާ ކުރުން އެއީ އުފަލަކަށް ހަދަމާތޯ... މިފަދަ ކޮންމެ މީހެއްވެސް... ﷲ ވޮޑިގެން ވަނީ ރެބެކާ އާއި އެކު ނޫންކަން އެގޭވަރުގެ ފިލާވަޅެއް އެ ސުންޕާ މީހާއަށް ޖެއްސެވުމަށް ދުޢާ ކުރައްވާ...

    • ސާމީޙް

      ބަދު ދުޢާ ގެ ބަދަލުގައި ހިދާޔަތް ދެއްވާތޯ ދުޢާ ކުރިއްޔާ ކީއްތަ ވާނީ؟؟؟

      • ނަސީދު

        70 އަހަރު ލޭ ބުއި މީހުނަށް ބަދުދުޢާ ކުރުން ގޯސްތޯ... ކޮއްކޯ އެއީ ވެސް ހަމަ އަހަރެމެންގެ ލެޔޭ... އަނިޔާ ވެރީންގެ އަނިޔާއިން ސަލާމަތް ނުވުމަށާ އެމީހުން މޮޅުވުމަށް އެދޭ މީހުން ވެސް އުޅޭ...

  5. ސަން

    މި ސުނައިޕަރު މިހާރު ހުންނަނީ ނުނިދާކަމަށް ހީވޭ. މިޔަހޫދީން ނަށް ތާއިދު ކުރާ ސަރުކާރު މިރާއެޖެއަށް ވެރި ވެ ދީގެން ނުވާނެ.