ކޮވިޑް-19 ޖެހިގެން މެކްސިކޯ އިން އިތުރު 1،707 މީހުން އިއްޔެ މަރުވެއްޖެއެވެ.

އެގައުމުން އިތުރު 1،707 މީހަކު މަރުވެ، އެ ބަލީގައި ޖުމްލަ އެގައުމުން މަރުވި މީހުންގެ އަދަދު ވަނީ 161,240 އަށް އަރާފައެވެ. މިހާތަނަށް އެގައުމުން އެއް ދުވަސްތެރޭ އެންމެ ގިނަ މީހުން މަރުވެފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 22 ވަނަ ދުވަހުއެވެ. އެދުވަހު އެގައުމުން 1،803 މީހަކު ވަނީ މި ބަލި ޖެހިގެން މަރުވެފައެވެ.

މެކްސިކޯ އިން އިތުރު 12,153 މީހަކު މި ބައްޔަށް ފައްސިވެފައިވާ އިރު، މިހާރު ޖުމްލަ ފައްސިވި މީހުންގެ އަދަދު ވަނީ 1,886,245 އަށް އަރައިފައެވެ.

މެކްސިކޯއަކީ މިހާތަނަށް 13 ވަނަ އަށް އެންމެ ގިނަ މީހުން ފައްސިވެފައިވާ ގައުމެވެ. މިހާތަނަށް އެއް ދުވަހެއްގައި އެންމެ ގިނަ މީހުން އެގައުމުން ފައްސިވެފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ 22 ވަނަ ދުވަހުއެވެ. އެއީ 22،339 އެވެ..

މެކްސިކޯއަކީ ބަލީގެ ނުރައްކާ ބޮޑު ގައުމެކެވެ. މިހާތަނަށް އެގައުމުން މި ބަލި ޖެހިގެން ރަނގަޅުވެފައި ވަނީ 1,450,237 މީހެކެވެ. މި ބައްޔަށް 274,768 މީހަކަށް ފަރުވާ ދެމުން އަންނައިރު، އޭގެ ތެރެއިން 5,692 މީހަކަށް ފަރުވާ ދެމުން އަންނަނީ ސީރިއަސް ހާލުގައި ނުވަތަ އައިސީޔޫގައި ކަމަށް ކޮވިޑް-19ގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް އާންމު ކުރާ ގައުމީ އިދާރާއަކުން ވަނީ ބުނެފައެވެ.

ދުނިޔޭގެ 219 ގައުމަކާ ސަރަހައްދަކުން ކޮވިޑް-19 ފެނިފައިވާއިރު، މިހާތަނަށް 104,993,331 މީހަކު ވަނީ މި ބައްޔަށް ފައްސިވެފައެވެ. އޭގެ ތެރެއިން 76,741,840 ރަނގަޅުވެފައިވާއިރު 2,280,652 މީހަކު ވަނީ މަރުވެފައެވެ.