ކޮވިޑް-19 އިން ރައްކާތެރިވުމަށް އިންޑިއާ އިން އުފައްދާފައިވާ "ކޮވިޝީލްޑް" ވެކްސިން 65 އަހަރުން މަތީގެ މީހުންނަށް ނުދިނުމަށް ފްރާންސްގެ ސައިންޓިފިކް އެޑްވައިޒަރުން ހިމެނޭ ޕެނަލަކުން ލަފާ ދީފިއެވެ.

އެ ގައުމުން "ކޮވިޝީލްޑް" އެ އުމުރުގެ މީހުންނަށް ދިނުމާ މެދު މަޝްވަރާ ކުރި އިރު، މިވަގުތު ދުނިޔޭގެ އެކި ހިސާބުތަކުން އަންނަނީ މި ވެކްސިން 65 އަހަރުން މަތީގެ މީހުންނަށް ނުދިނުމަށް ވެސް ނިންމަމުންނެވެ.

އެގައުމުގައި އުމުރުން ދުވަސްވީ މީހުންނަށް އެ ވެކްސިން ނުދިނުމަށް އިލްތިމާސް ކޮށްފައިވަނީ އެގައުމުގެ ސައިންސްވެރިންގެ ޕެނަލަކުންނެވެ. އެ ބޭފުޅުން ބުނެފައިވަނީ އެ ވެކްސިން ބޭނުން ކުރަން އެންމެ ރަނގަޅު އުމުރަކީ 65 އަހަރުން ދަށުގެ މީހުންނަށް ކަމަށެވެ.

ސައިންސްވެރިން، 65 އަހަރުން މަތީގެ މީހުންނަށް މިވެކްސިން ނުދިނުމަށް އިލްތިމާސް ކުރަނީ މިވަގުތު މި ވެކްސިން އުމުރުން ދުވަސްވީ މީހުންނަށް މަސައްކަތް ކުރާ ކަމުގެ އެކަށީގެންވާ ހެއްކެއް ލިބިފައި ނުވާތީއެވެ.

އެހެން ކަމުން އެގައުމުގެ ސަރުކާރުން އެކަމަށް ރިޔާޔަތް ކޮށް، ކަމާ ބެހޭ މީހުންގެ ބަސް ހޯދައިގެން އެކަމާއި ވަކިގޮތެއް ނިންމާނެ ކަމަށް ވަނީ ބުނެފައެވެ.

"މި ވެކްސިންގެ އެކަށީގެންވާ ހެއްކެއް ނެތް ލިބިފައި އުމުރުން 65 އަހަރުގެ މަތީގެ މީހުންނަށް މަސައްކަތް ކުރާ ކަމަށް. އެކަމަކު މި ވެކްސިން އުމުރުން 65 އަހަރުން ދަށުގެ މީހުންނަށް ބޭނުން ކުރެވޭނެ" ޑޮކްޓަރު ޑޮމިނިކް ލެ ގުލުޑެކް ބުންނެވެ.

އެ ޓީމުން ބުނެފައިވަނީ އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ދޭން ރަނގަޅު ކަމަށް ބެލެވެނީ ފައިޒާ ވެކްސިން ނުވަތަ މޮޑާނާ ވެކްސިން ކަމަށެވެ.

ފްރާންސްއިން ކޮވިޝީލްޑް ވެކްސިން އެގައުމުގެ 65 އަހަރުން މަތީގެ މީހުންނަށް ނުދިނުމަށް މަޝްވަރާ ކުރަމުން އަންނައިރު، ޕޮލޭންޑާއި ސްވިޑަން އިން ވަނީ އެގައުމުގެ އުމުރުން ދުވަސްވީ މީހުންނަށް ވެކްސިން ނުދޭނެ ކަމަށް ނިންމާފައެވެ. އަދި ސްޕެއިންއިންވެސް މިހަފްތާގެ ތެރޭގައި ވަކި ގޮތެއް ނިންމާނެ ކަމަށް ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޖަނާޒާ

    ދެން މިރާއްޖޭގެ ސައިންސިސްޓުން ކީއްވެބާ؟ ޤައުމުތަކުންމިފަދަ ވިސްނުމަކުން ވިސްނާއިރު މިރާއްޖޭގައި ނުވިސްނަނީ

    2
    1
    • ޑޮކްޓަރމޮންރޯ މަސީހު އާރުއެމްޕީ

      މިގައުމުގެ ސައިންޓިސްޓް ޑޮކްޓަރުންވަނީ ދިރާސާ ހަދާފާ. އެއީ ދުނިޔޭގައި މިހާތަނަށް އެުފެއްދި އަދި އެންމެނަށް ދެވޭ ވެކްސިނެއް ކަމުގެ ޔަގީންކަން ދީފާ. އެޔަގީން ކަމާއެކު އެފްޑީއޭގެ ޕްރޮފްސަރުން އެވަނީ އިންޑިޔާގެ ވެކްސިން ޖެހުމުގެ ހުއްދަ ދީފާ. ޑަބްލިޔޫ އެޗްއޯ އަށްވުރެ އެފްޑީއޭ މާތަޖުރިބާ ހުންނާނެ.

      1
      1
  2. ޖަންގަލި

    ފްރާންސްއިން ކޮވިޝީލްޑް ވެކްސިން އެގައުމުގެ 65 އަހަރުން މަތީގެ މީހުންނަށް ނުދިނުމަށް މަޝްވަރާ ކުރަމުން އަންނައިރު، ޕޮލޭންޑާއި ސްވިޑަން އިން ވަނީ އެގައުމުގެ އުމުރުން ދުވަސްވީ މީހުންނަށް ވެކްސިން ނުދޭނެ ކަމަށް ނިންމާފަކަމަށްވަނީ، އަދި ސްޕެއިންއިންވެސް މިހަފްތާގެ ތެރޭގައި ވަކި ގޮތެއް ނިންމާނެ ކަމަށް ވަނީ ބުނެފައޭ . އެކަމަކު އަޅުގަނޑަށް ފެންނަނީ މިރާއްޖޭގައި ހަމަ ޖަހަން.

  3. ރޯދަ މުބާރިކް

    ރާއްޖޭގައި 65 އަހަރުގެ ބޭފުޅުން މި ޖެހުން މީ ކިހިނެއް ވާ ކަމެއް. ؟