ކޮވިޑް-19 ޖެހިގެން އެމެރިކާ އިން އިތުރު 3،523 މީހުން މަރުވެއްޖެއެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުން އެމެރިކާ އިން މިހާތަނަށް 466,988 މީހުން ވަނީ ކޮވިޑް-19 ޖެހިގެން މަރުވެފައެވެ. އަދި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އިތުރު 121,627 މީހުން ފައްސިވެ ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 27,273,890 އަށް އަރައިފައެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި މުޅި ދުނިޔެ އިން ކޮވިޑް-19 ޖެހިގެން 14،000 އަށް ވުރެ ގިނަ މީހުން މަރުވިއެވެ. އަދި ފަސް ލައްކަ އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިގެން ރިޕޯޓުކޮށްފައިވާ ކަމަށް ތަފާސް ހިސާބުތައް ދައްކައެވެ.

އެމެރިކާއަކީ ދުނިޔޭގެ ގައުމުތަކުގެ ތެރެއިން މިހާތަނަށް އެންމެ ގިނަ ބަޔަކު ފައްސިވެ، މަރު ވެސް ވި ގައުމެވެ.

އެ ގައުމުން މި ބައްޔަށް ފަރުވާ ދީގެން ރަނގަޅުވި މީހުންގެ އަދަދު 17,031,629 އަށް އަރައެވެ. އަދި މި ބައްޔަށް ނުވަ މިލިއަނަށް ވުރެ ގިނަ މީހުންނަށް ފަރުވާ ދެމުން އަންނަ އިރު، 23,159 މީހެއްގެ ހާލު ސީރިއަސްއެވެ.

ދުނިޔޭގެ އެކިކަންކޮޅުތަކުން މިހާތަނަށް 105 މިލިއަނަށް ވުރެ ގިނަ މީހުން ފައްސިވެ، 2.2 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. މި ބަލި ޖެހުނު މީހުންގެ ތެރެއިން 77 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ރަނގަޅުވެފައެވެ.