ފަލަސްތީނުގެ ޣައްޒާއިން އިސްރާއީލަށް ރޮކެޓް ޙަމަލާތަކެއްދީފި ކަމަށް އިސްރާއިލްގެ އަސްކަރިއްޔާއިން ބުނެފިއެވެ.

ރޭގެގެ ވަގުތެއްގައި އިސްރާއީލަށް މި ޙަމަލާ ދިނީ، ފަލަސްތީނުގެ ޣައްޒާގައި ޙަރަކާތްތެރިވާ ހަނގުރާމަވެރިންތަކެއް ކަމުގައި އިސްރާއީލުން ބުނެފައިވާއިރު، މި ޙަމަލާތައް އިސްރާއިލްގެ ޑިފެންސް ސިސްޓަމް މެދުވެރިކޮށް ނާކާމިޔާބުކޮށްލާފައިވާ ކަމަށް އެޤައުމުގެ އަސްކަރިއްޔާއިން ވަނީ ބުނެފައެވެ.

ފަލަސްތީނުން އިސްރާއީލަށް ޙަމަލާތަކެއް ފޮނުވާލި ކަމަށް އިސްރާއިލްގެ އަސްކަރިއްޔާއިން ބުނި ނަމަވެސް މިފަދަ ޙަމަލާއެއް ދިންކަން ނުވަތަ ޙަމަލާއެއްގެ ޒިންމާ، ފަލަސްތީނުގެ އެއްވެސް ޖަމާޢަތަކުން މިހާތަނަށް އުފުލާފައެއް ނުވެއެވެ. އެހެންކަމުން މިއީ އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ޙަމަލާތަކެއް ދިނުމުގެ ބޭނުމުގައި ދައްކާ ހަޤީޤަތެއްނެތް ވާހަތަކެއް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

އިސްރާއީލަށް ފަލަސްތީނުން ރޮކެޓް ޙަމަލާ ދިންކަމަށް ބުނެފައިމިވަނީ، ފާއިތުވެދިޔަ ދުވަސްތަކުގައި އިސްރާއިލްގެ ހައްދުފަހަނައަޅާފައިވާ ސިފައިން، ފަލަސްތީނުގެ ކުށެއްނެތް ރައްޔިތުންނާއި ދެކޮޅަށް ބޮޑު ޤަތުލުޢާންމެއް ހިނގައި އެތައް ބަޔަކު ޝަހީދުކޮށްލާފައި ވަނިކޮށެވެ. އިސްރާއިލްގެ މި ފިނޑި ޢަމަލު މުޅި ދުނިޔެއިންވެސް ކުއްވެރިކޮށް އެ އަނިޔާވެރިކަން ވަގުތުން ހުއްޓާލުމަށް ޤައުމުތަކުން ގޮވާލަމުންދާއިރު، އިސްރާއީލުން ދަނީ އެކަމަށް ބީރުކަންފަތެއް ދެމުންނެވެ.

ފަލަސްތީނުގެ ޤުދުސް ފޭރިގަތުމަށްފަހު އެ ބިމަށް ވެރިވެ، އެއީ އިސްރާއިލްގެ ޔަހޫދީންގެ ވެރިކަން ކުރާ ސިޓީކަމުގައި މިހާރު ކަނޑައަޅާފައިވާއިރު، އިސްރާއީލުން ދަނީ އެކަމާއިމެދު ނުރުހުން ފާޅުކުރަމުންދާ ފަލަސްތީނުގެ ރައްޔިތުންނާއި މެދު އިހާނެތި އަދި ލާއިންސާނީ ޢަމަލުތައް ހިންގަމުންނެވެ. އިސްރާއީލުން ފަލަސްތީނުގެ ބިމަށް އަތްގަދަކޮށްފައިވަނީ، އެމެރިކާގެ ހައްދުފަހަނައަޅާފައިވާ ރައީސް ޑޮނާލްޑް ޓްރަމްޕްގެވެސް މަދަދާއި އެކުގައެވެ.

1948 ވަނަ އަހަރު އުފެދިގެން އައި އިސްރާއީލް ދައުލަތް ފެށުމާއެކު، މުސްލިމުންގެ ތިންވަނަ މުޤަސްދަސް ބިން ކަމުގައިވާ ފަލަސްތީނުގެ ބިމުގައި މުސްލިމުންގެ ލޭ، ކޮންމެ ދުވަހަކު ދަނީ އޮހޮރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު