އިންޑިއާގެ ޚަރެލާ ޓައުންގެ އަވަށެއްގައި އުމުރުން 80 އަހަރުގެ އަންހެނަކު ރޭޕްކޮށްލައިފިއެވެ.
އެ ސަރަހައްދުގެ ފުލުހުން މިއަދު ބުނެފައި ވަނީ، އެއަންހެން މީހާ ރޭޕްކޮށްލާފައި ވަނީ ފެބްރުއަރީ މަހުގެ ދެވަނަ ދުވަހު ކަމަށެވެ. އެ އަންހެން މީހާ ރޭޕްކޮށްލާފައި ވަނީ އެ ދުވަހު ގޭގައި އެކަނި ހުއްޓާއެވެ. އޭނާގެ އާއިލާ މީހުން އެ ދުވަހު ގޮސްފައި ވަނީ ދީނީ ހަރަކާތެއްގައި ބައިވެރިވުމަށެވެ.
އެކަން ފުލުހުންގެ ސަަމާލުކަމަށް ގެނެސްފައި ވަނީ އެ އަންހެން މީހާއަށް މާމަ ކިޔާ މީހެކެވެ. އޭނާ ބުނިގޮތުގައި، މާމަ ރޭޕް ކުރުމަށް ދެ މީހަކު އެގެއަށް ވަދެފައި ވަނީ ގޭގެ ޓެރަސް މަތިންނެވެ. އޭނާ ވަނީ މާމަ ރޭޕް ކުރި މީހުންގެ ތެރެއިން މީހެއްގެ ނަންވެސް ހާމަކޮށްފައެވެ.
އާއިލާގެ ފަރާތުން އެކަން ކުރި ކަމަށް ތުހުމަތު ކުރާ މިހާއާ ދެކޮޅަށް މައްސަލައެއް ފައިލް ކޮށްފައިވާއިރު، ކާކުކަން ނޭނގޭ މީހާ މައްޗަށްވެސް ވަނީ ފައިލްކޮށްފައެވެ.
ފުލުހުން ބުނީ، އެ މީހުން މިހާރު ފިލާފައިވާ ކަމަށެވެ.
އިންޑިއާކީ ރޭޕްގެ މައްސަލަތައް ގިނަ ގައުމެކެވެ. ބައެއް ތަފާސްހިސާބުތަކަށް ބަލާއިރު، އެގައުމުގައި އަންހެނުންނާއި ދެކޮޅަށް ހަތަރުވަނައަށް އެންމެ ގިނައިން ކުރާ ކަމަަކީ ރޭޕް ކުރުމެވެ. 2019 ވަނަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު އެ ގައުމުގައި ދުވާލަކަށް 88 އަންހެނަކު ރޭޕް ކުރެއެވެ.
އިންޑިޔާގެ ވާހަކަތަށް ގެންނަގޮތަށް ޗައިނާގެ ކިބަޅިފަރާތާއި މުސްލިމުންނަށްހުރި މިނިވަންކަމާއި އެމީހުންގެ ޙައްޤުތައް ދެވޭވަރު ހިމަނައިގެން ލިޔަލަދީބަލަ، އަދި އެތާގެ މީހުންގެ ޚިޔާލުފާޅުކުރުމާއި ދުލުގެ މިނިވަންކަން އޮތްވަރެއް ލިޔަލަދެއްވާ ، ބަޔަކު ހިތްހަމަޖައްސަންވިޔަސް
އަދި ހިޔްހަމަ ނުޖެހުނަްސް ލިޔުއްވާލަބަލަ، ހުރިހާތަނެއްގެ ވާހަކަތއްވެސް ނޫސްވެރިން ހިމަނާނެ
މި އިންޑިއާ އަކީ ހުރިހާ ނުބައިކަމެއްކުރުމުގަ އަރާހުރި ގައުމެއް😈
އިންޑިޔާގެ ނަން ބަދަލު ކުރަންވީ ރޭޕުސްތާން އައް