ޣައްޒާގެ 10 ތަނަކަށް އިސްރާއީލުން ވައިގެ މަގުން ވަރުގަދަ ހަމަލާތަކެއް ދީފިއެވެ.

އިސްރާއީލުގެ ސިފައިން އާންމު ކުރި ބަޔާނެއްގައި ބުނީ އައްޒާގެ 10 ތަނަކަށް އަމާޒުކޮށް އިސްރާއީލުން ވަރުގަދަ ހަމަލާތަކެއް ދީނީ ރޭގެ ވަގުތެއްގައި ފަލަސްތީނުގެ ޣައްޒާގައި ޙަރަކާތްތެރިވާ ހަނގުރާމަވެރިންތަކެއް އިސްލާއީލަށް އަމާޒުކޮށް ދިން ރޮކެޓް ހަމަލާތަކުގެ ރައްދުގައި ކަމަށެވެ.

އިސްރާއީގެ ސިފައިން ވަނީ ހަމާސް ޖަމާއަތުގެ 10 އަސްކަރީ ސަރަހައްދަކަަށް ވައިގެ މަގުން ހަމަލާދީފައި ކަމަށް އިސްރާއީލުން ބުނެއެވެ.

ހަމަލާގެ ސަބަބުން ޣައްޒާ އަށް ލިބުނު ގެއްލުންތަކުގެ ތަފްސީލެއް އަދި ނުލިބެއެވެ. މިހަމަލާތަކުގެ ސަބަބުން މީހަކު ޝަހީދުވި ކަމެއް ވެސް ނުވަތަ މީހަކަށް އަނިޔާވި ކަމެއް ވެސް އަދި ކަށަވަރެއް ނުވެއެވެ.

ރޭގެ ވަގުތެއްގައި އިސްރާއީލަށް ރޮކެޓް މަލާ ދިނީ، ފަލަސްތީނުގެ ޣައްޒާގައި ޙަރަކާތްތެރިވާ ހަނގުރާމަވެރިންތަކެއް ކަމުގައި އިސްރާއީލުން ބުނެފައިވާއިރު، މި ޙަމަލާތައް އިސްރާއިލްގެ ޑިފެންސް ސިސްޓަމް މެދުވެރިކޮށް ނާކާމިޔާބުކޮށްލާފައިވާ ކަމަށް އެޤައުމުގެ އަސްކަރިއްޔާއިން ވަނީ ބުނެފައެވެ.

ފަލަސްތީނުން އިސްރާއީލަށް ޙަމަލާތަކެއް ފޮނުވާލި ކަމަށް އިސްރާއިލްގެ އަސްކަރިއްޔާއިން ބުނި ނަމަވެސް މިފަދަ ޙަމަލާއެއް ދިންކަން ނުވަތަ ޙަމަލާއެއްގެ ޒިންމާ، ފަލަސްތީނުގެ އެއްވެސް ޖަމާޢަތަކުން މިހާތަނަށް އުފުލާފައެއް ނުވެއެވެ.

އިސްރާއީލަށް ފަލަސްތީނުން ރޮކެޓް ޙަމަލާ ދިންކަމަށް ބުނެފައިމިވަނީ، ފާއިތުވެދިޔަ ދުވަސްތަކުގައި އިސްރާއިލްގެ ހައްދުފަހަނައަޅާފައިވާ ސިފައިން، ފަލަސްތީނުގެ ކުށެއްނެތް ރައްޔިތުންނާއި ދެކޮޅަށް ބޮޑު ޤަތުލުޢާންމެއް ހިނގައި އެތައް ބަޔަކު ޝަހީދުކޮށްލާފައި ވަނިކޮށެވެ.

އިސްރާއީލުން ފަލަސްތީނުގެ ބިމަށް އަތްގަދަކޮށްފައިވާއިރު 1948 ވަނަ އަހަރު އުފެދިގެން އައި އިސްރާއީލް ދައުލަތް ފެށުމާއެކު، މުސްލިމުންގެ ތިންވަނަ އަށް މުޤަސްދަސް ބިން ކަމުގައިވާ ފަލަސްތީނުގެ ބިމުގައި މުސްލިމުންގެ ލޭ، ކޮންމެ ދުވަހަކު ދަނީ އޮހޮރަމުންނެވެ.