ކޮވިޑް-19 އިން ރައްކާތެރިވުމަށް އިންޑިއާ އިން އުފައްދާފައިވާ "ކޮވިޝީލްޑް" ވެކްސިން 65 އަހަރުން މަތީގެ މީހުންނަށް ނުދިނުމަށް ޑެންމާކާއި ނޯވޭއިންވެސް ނިންމައިފިއެވެ.

ޑެންމާކުގެ ހެލްތް މިނިސްޓްރީން ބުނެފައިވަނީ 65 އަހަރުން މަތީގެ މީހުންނަށް މިވެކްސިން ނުދިނުމަށް އިލްތިމާސް ކޮށްފައިވަނީ މި ވެކްސިން އުމުރުން ދުވަސްވީ މީހުންނަށް މަސައްކަތް ކުރާ ކަމުގެ އެކަށީގެންވާ ހެއްކެއް ލިބިފައި ނުވާތީ ކަމަށެވެ. އެހެން ނަމަވެސް ޒުވާން އުމުރުގެ މީހުންނަށް ދޭނެ ކަމަށް ވަނީ ބުނެފައެވެ.

މިވެކްސިން އާއި ބެހޭ ގޮތުގައި ނޯވޭގެ ހެލްތް މިނިސްޓްރީން ބުނީ، ވެކްސިން ނުދިނުމަށް ނިންމާފައިވަނީ އެ ވެކްސިން އެ އުމުރުގެ މީހުންނަށް މަސައްކަތް ނުކުރާތީ ނޫން ކަމަށާއި އެގޮތަށް ނިންމާފައިވަނީ އެ އުމުރުގެ މީހުންނަށް ވަކި ވަރަކަށް އެ ވެކްސިން މަސައްކަތް ކުރާތީ ކަމަށެވެ.

ޑެންމާކާއި ނޯވޭއިން މިފަދަ ނިންމުމެއް ނިންމާފައިވާއިރު، ޖަރުމަންވިލާތް، ފްރާންސް، އަދި ސްވިޑަން އިންވެސް ވަނީ އެ ވެކްސިން 65 އަހަރުން މަތީގެ މީހުންނަށް ނުދޭނެ ކަމަށް ބުނެފައެވެ. އަދި ސްވިޒަލޭންޑުން ވަނީ އެއްވެސް ގޮތަކަށް ވެކްސިން ބޭނުން ނުކުރާނެ ކަމަށް ބުނެފައެވެ.

ބައެއް ގައުމުތަކުން އުމުރުން ދުވަސްވީ މީހުންނަށް ކޮވިޝީލްޑް ވެކްސިން ނުދޭން ނިންމާފައިވާއިރު، ގިނަ ގައުމުތަކުން މިވަގުތު ދަނީ އެ ވެކްސިން އުމުރުން ދުވަސްވީ މީހުން ހިމެނޭ ގޮތަށް ދެމުންނެވެ.

ސައިންސްވެރިން ބުނާ ގޮތުގައި އުމުރުން ދުވަސްވީ މީހުންނަށް ދިނުމަށް އެންމެ ރަނގަޅު ވެކްސިނަކީ ފައިޒާ ވެކްސިނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ޖަނާޒާ

  ދިވެހިރާއްޖެ ދޯ ސަޅީ . ޖަހާފައިބަހައްޓާ . ކޮން ނިއުޒިލެއްޑެއްކިޔާކަށް. އަހަރުމެންނަށް ކޮންކަމެއް.

  7
  1
 2. ޖަންގަލި

  ޑެންމާކާއި ނޯވޭއިންވެސް ކޮވިޝީލްޑް ވެކްސިން އުމުރުން ދުވަސްވީ މީހުންގެ ގަޔަށް ނުޖަހާނެ

 3. ފަޒީ

  ތިޔަ ޖަހަނީ އިންޑިއާގެ އަޅުން ގަޔައް އެކަނި...
  މަ ނުޖަހާނަން ބަރުދަނައް ރަން ދިނަސް

  3
  2
 4. ސަނާ

  އިންޑިއާ މީހުން ތިނުޖަހާނެ ގެރި އައްވެސް، ކަލޭމެން ޖަހައި ތިޔަ ނަގަނީ

  1
  1
 5. އެކަމު

  މިގައުމުގައި ޖަހާނެއެއްނު. ޔޫރަޕްގެ އެ ގައުމުތަކަށްވުރެ މާ އެނގޭވިއްޔަ ރާއްޖޭގެ ޑޮކްޓަރުންނަށް.