މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19ގެ ބަލި މަޑު ކަމުގެ ސަބަބުން ނާޒުކު ހާލަތަށް ގޮސްފައިވާ އެއް ގައުމުގެ ތެރޭގައި އިނގިރޭސިވިލާތް ހިމެނޭނެއެވެ. އެގައުމަކީ މިހާތަނަށް މުޅި ދުނިޔެއިންވެސް ފަސް ވަނައަށް އެންމެ ގިނަ ބަޔަކު މި ބައްޔަށް ފައްސިވެ، މަރުވެފައިވާ ގައުމެވެ. އެގައުމުގެ ހޮސްޕިޓަލްތައް ފުރި، ފަރުވާ ނުދެވޭ ހާލަތަށްވެސް ގޮސްދާނެ ކަމުގެ އިންޒާރު ބައެއް ސިއްހީ ތަޖުރިބާކާރުން މީގެ ކުރިން ވަނީ ދެއްވާފައެވެ.

އިނގިރޭސިވިލާތުގައި އެތަކެއް ހޮސްޕިޓަލެއް ކޮވިޑް-19 ޖެހޭ މީހުންނަށް ފަރުވާ ދިނުމަށް ހާއްސަ ކޮށްފައިވާއިރު، އެތަންތަނުގެ އައިސީޔޫތައް ފުރި، އިތުރު ތަންތަނުގައި އައިސީޔޫތައް ހަދައި އަންނަނީ ފަރުވާ ދެމުންނެވެ. އެހެން ނަމަވެސް މިފަދަ ތަންތަނުގައި މަސައްކަތް ކުރާ ސިއްހީ މާހިރުން އުޅެނީ ކިހާ ހާލެއްގައި ކަން ކިތަށް މީހުންނަށް އެނގޭ ހެއްޔެވެ؟. އެފަދަ ފަރާތްތަކުން އެ ވަނީ ކިހައި ބޮޑު ގުރުބާނީއެއްކަން ކިތަށް މީހުންނަށް އިހުސާސް ކުރެވޭ ހެއްޔެވެ؟،

އިނގިރޭސިވިލާތުގެ އެކި ހޮސްޕިޓަލްތަކުން ފެނިގެން އަންނަނީ އެކި ކަހަލަ މަންޒަރެވެ. ބިރުން ފިއްކަޑައިގެންވާ ވަރުގެ މަންޒަރެވެ. އިވެނީ އެކި ކަހަލަ މެޝިންތަކުގެ "ބިރުވެރި" އަޑެވެ. ފެންނަނީ އައިސީޔޫތަކުގެ ތެރެއިން ބިރުވެރި މަންޒަރެވެ. މިއީ އާންމުންނަށް ނުފެނުނަސް އެތަނުގެ ހާލަތު ހުރި ގޮތެވެ. އެކަންކަން އެންމެ ގާތުން ފެންނާނެ އެއް ބަޔަކު އެތަނުގައި މަސައްކަތް ކުރައްވާ ނަރުހުންނާއި ޑޮކްޓަރުންނަށެވެ.

މިއީ އިނގިރޭސިވިލާތުގެ ލަންޑަންގައި ހުންނަ ނޯތްޕިކް ޕާކް ހޮސްޕިޓަލް (އެންޕީއެޗް) ގެ އައިސީޔޫގެ އެތެރޭގެ ހާލަތު ހުރިގޮތުގެ ކުރު ވާހަކައެކެވެ. އެތަނުގެ ތެރޭގައި ބަލި މީހުންނަށް ފަރުވާދޭ ގޮތާއ،ި ނަރުހުން ކުރަމުން އަންނަ އަގުވަޒަން ނުކުރެވޭ ވަރުގެ މަސައްކަތްތަކުގެ ވާހަކައެވެ.

ޑޮކްޓަރ މާކޯ ރަކާ އަކީ އެ ހޮސްޕިޓަލުގެ ފިޒިއޮތެރަޕީ ޑޮކްޓަރެކެވެ. އޭނާ ވަނީ އޭނާ އަށް އެތަން ފެނުނު ގޮތް ކިޔާދީފައެވެ. އެގޮތުން އޭނާ ބުނީ، އެތަނުގައި ކޮޅަށް ހުންނައިރު ފެންނަނީ ވަށައިގެން އެކި ކަހަލަ ބިރުވެރި އަޑު އިވޭ މެޝިންތައް ގުޅާފައި މީހުން ތިބޭތަން ކަމަށާއި ގިނަ މީހުން ތިބެނީ އޮކްސިޖެން މާސްކު އަޅުވާފައި ކަމަށެވެ.

އޭނާ ބުނީ، އެތަނުގައި ތިބި ނަރުހުންވެސް ތިބީ ވަރުބަލި ވެފައި ކަން އޭނާ އަށް އިހުސާސް ކުރެވޭ ކަމަށާއި އެމީހުންނަށް އެހިތެރިކަމުގެ އަތެއް ދިއްކޮށްލަން ބޭނުންވި ކަމަށެވެ.

"އެމީހުން ތިބީ ހާސްވެ ކުރާނެ ކަމެއް ނެތް ކަހަލަ ހާލަތެއްގައި. އަދި ހާއްސަކޮށް ޒުވާން މީހުން ބަލި ޖެހިގެން ގެނެސް ފަރުވާ ދޭއިރު ކުރެވޭނެ ކަމެއް ނެތުމުން އެކަމާއި މާޔޫސްވެފައި" 32 އަހަރުގެ މާކޯ ބުންޏެވެ.

އެފަދަ ތަނެއްގައި މަސައްކަތް ކުރުމަށްފަހު ގެއަށްދާއިރު، އަމިއްލަ ދަރިންނާއި ކައިރިނުވެވޭ ކަންވެސް އޭނާ ވަނީ ފާހަގަ ކޮށްފައެވެ. އެއީ އެކުދިންގެ ސަލާމަތްތައް ވިސްނާތީ ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނީ، ކޮންމެ ދުވަހަކު ގޮތަކަށް ހޮސްޕިޓަލުން ފެންނަނީ އަބަދުވެސް ފެންނަ ބަލި މީހުން ކަމަށާއި އެމީހުން ރަނގަޅުވެގެން ދަނީ މަދު ފަހަރެއްގައި ކަމަށެވެ.

މީގެ ކުރިން ކޮވިޑް-19 ފެތުރުމުގެ ކުރިން އެގައުމުގެ އައިސީޔޫތަކުގައި ބަލި މީހުންގެ ތެރޭގައި ބޮޑު ޖާގައެއް ހުރެއެވެ. އެހެން ނަމަވެސް މިހާރު އެޖާގަ ވަނީ ގެއްލިފައެވެ. އެއީ ގިނަ ބަޔަކު ކޮންމެ ދުވަހަކު ގޮތަކަށް ގެންނާތީއެވެ. ކޮންމެ ދެ މިނެޓުން އެއްފަހަރު ބަލި މީހަކު ހާލު ދެރަވެގެން ހޮސްޕިޓަލަށް ނުގެންނަ ދުވަހެއް ނުދެއެވެ.

އިނގިރޭސިވލާތުން މިހާތަނަށް ކޮވިޑް-19 ޖެހިގެން 3,911,573 މީހަކު ރިޕޯޓް ކޮށްފައިވާއިރު، އޭގެ ތެރެއިން 111,264 މީހަކު ވަނީ ބަލި ޖެހިގެން މަރުވެފައިވައެވެ. އަދި މިވަގުތު 3,625 މީހަކަށް ފަރުވާ ދެމުން އަންނަނީ އެޑްމިޓް ކޮށްގެން ނުވަތަ އައިސީޔޫގައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަޙްމަދު

    ކޮރޯނާ ވައިރަސް އެންމެ ގަދަޔަ ފެތުރެނީ މީޑިއާގެ ޒަރިއްޔާއިiންނެވެ، ވައިރަސް ދައުރު ކުރަނީ އިންސާނުންގެ ކަންފަތްތަކުން އަދި އޭގެ ނޭދެވޭ އަސަރު ކުރަނީ އިންސާނާގެ ވިސްނުމަށެވެ، މީގެ އަލާމާތްތަކުގެ ތެރޭގައި މާބޮޑަށް ހާސްވެ ކަންބޮޑުވުމާ ، މީހުންނަަށް އެކުވެރިންނާއި، އާއިލާ މީހުންނަށް ދުރުކުރުވާ އެކެނިވެރިކަން އިޙްސާސްކުރެވި ނަފްސާނިގޮތުން ބަލިކަށިވެ ދިއުންފަދަ އަލާމާތްތަކެވެ.

    13
    2
  2. ޛ

    ރަނގަޅަށް ތިވިދާޅުވީ

    1
    1
  3. ޒަމީރު

    އެ ވަރަށް ބިރު ގަނެ ހާސްވާން ޖެހޭތަ
    އެ މީހަކާ މެދު ލިޔުއްވިފަ ހުރި ގޮތަކަށްނު ކަން ވެ ނިމިދާނީ.
    މުސްލިމުންގެ އަގީދާ ކިހާ ފަސޭހަ އަދި ރަނގަޅު
    ما شاء الله كان، وما لم يشأ لم يكن
    ﷲ އިރާދަ ކުރެއްވި ކަމެއް ވާނެ، އެކަލާނގެ އިރާދަ ނުކުރައްވާ ކަމެއް ނުވާނެ.