އިންޑިޔާގެ މިސްކިތަކަށް ބަޔަކު ގެއްލުންދީ، ނަމާދުކުރަން ތިބި މީހުންނަށް މަރުގެ އިންޒާރު ދީފިއެވެ. މިކަން ހިނގާފައިވަނީ އިއްޔެގެ ނަމާދު ވަގުތެއްގައި، ހަރިޔާނާ ސްޓޭޓުގެ ކަރުނަލްގައެވެ.

އެވަގުތު ނަމާދަށް ތިބި ބައެއް ފަރާތްތައް، ނޫސްތަކަށް ކިޔައިދީފައިވާ ގޮތުގައި މިސްކިތަށް ގެއްލުން ދޭން އައީ 20 ނޫނީ 25 މީހުންނެވެ. އަދި، އެމީހުން އައިގޮތަށް އައިސް މިސްކިތަށް ވަދެ، މިސްކިތުގެ ހުރުމަތް ކަނޑާލުމަށްފަހު މިސްކިތުގައި ހުރި މައިކާއި ސްޕީކަރު އަދި އެނޫންވެސް ތަކެއްޗަށްވަނީ ގެއްލުން ދީފައެވެ. އެމީހުން ދަމުން، މުސްލިމުން މަރާލާނެކަމުގެ އިންޒާރުވެސް ވަނީ ދީފައެވެ.

މިކަމާ ގުޅިގެން، ނަމާދުކުރަން ހުރި އެހެން މީހަކު ބުނެފައިވަނީ އެމީހުން ތިބީ ކޮންމެ ދުވަހަކުވެސް އަދާކުރަން ޖެހޭ ފަރުޟު ނަމާދެއް އަދާކުރަންކަމަށާއި، މިފަދަ ކަންކަމަށް އިންސާފު ލިބެން ޖެހޭނެކަމަށެވެ.

އެސަރަޙައްދުގައި ހުންނަ ޕޮލިސް ސްޓޭޝަނުގައި މަސައްކަތް ކުރާ ސްޓޭޝަން އިންސްޕެކްޓަރަކު، ނޫސްވެރިންނަށް މައުލޫމާތު ދެމުން ބުނެފައިވަނީ މިފަދަ ކަމެއް ކުރިކަމުގެ މައުލޫމާތު ލިބިފައިވާކަމަށާއި އަދި އެކަން ކުރި ބައެއް މީހުންގެ މައުލޫމާތުވެސް ލިބިފައިވާ ކަމަށެވެ. ހަމައެހެންމެ، މައްސަލަ ތަޙުޤީޤު ކުރަމުންދާކަމަށާއި ދެންވެސް އަންގަން ޖެހޭ ފަރާތްތަކަށް މައްސަލަ އަންގާފައިވާކަމަށްވެސް ބުނެފައިވެއެވެ.

އިންޑިޔާގައި މުސްލިމުންނަށް ދެމުންދާ އަނިޔާތަކާއި، ކުރަމުންދާ ދުއްތުރާތައް ދުވަހެއް ދުވަހަކަށް އިތުރުވަމުންދާއިރު، އެޤައުމުގެ ސަރުކާރާއި އެނޫންވެސް މަސްއޫލުވެރި ފަރާތްތަކުން، މިކަމަށް މާ އެދެވޭ ފިޔަވަޅެއް އަޅަމަކުން ނުދެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    އެހެން ވީމާތާ ނަސީދުގެ އެހާ ތާއީދު މި ގެރިމޯދީ އަށް އޮންނަނީ!!

  2. އިއްސެ/ހުޅުމާލެ

    ކޮންމެކަމެއް ނަޝީދު ބޮލުގައި.. ތިޔަހެން އުޅެގެން ޔާމީނަށް ލިބެން ހުރި ތާއީދުވެސް ދާނީ ދަށަށް.

  3. މޯދީ

    މުރުތައްދު ނަސީދުގެ ބެސްޓްފުރެންޑް ގެރިމޯދީ.