މިސްރުގެ ޖަލެއްގައި ހަތަރު އަހަރަށްވުރެ ގިނަ ދުވަސްވަންދެން ހިފަހައްޓާފައި ބެހެއްޓުމަށްފަހު އަލްޖަޒީރާގެ ނޫސްވެރިޔާ މަހްމޫދް ހުސެއިން ދޫކޮށްލައިފައި އެވެ.

އޭނާ ދޫކޮށްލާފައި ވަނީ އިއްޔެ އެވެ.

2016 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައި މަހްމޫދް ހުސެއިން ހައްޔަރުކޮށްފައި މިސްރުގެ ޖަލެއްފައި ބަހައްޓާފައި ހުރި އިރު އަލް ޖަޒީރާ މީޑިޔާ ނެޓްވޯކް އިން ވަނީ މަހްމޫދް މިނިވަން ވުމުން އޭނާ އަށް މަރުހަބާ ކިޔައި މަހްމޫދު އާއި މެދު ކަންތައް ކުރެވުނު ގޮތަށް އެއްވެސް ނޫސްވެރިޔަކާއި މެދު ކަންތައް ނުކުރުމަށް ގޮވާލައިފަ އެވެ.

މަހްމޫދުގެ އަންހެން ދަރިފުޅު އަޒްޒަހްރާ ވަނީ އޭނާގެ ބައްޕަ މިނިވަން ވުމުން ޝުކުރު ޢަދާ ކޮށްފަ އެވެ.

މަހްމޫދުގެ ނުވަ ކުދީން ތިބޭއިރު އޭނާ އަކީ އެތައް އަހަރެއްގެ ތަޖުރިބާ ހުރި ނޫސްވެރިޔެއް ކަމަށް ގިނަ ބަޔަކު ފާހަގަ ކުރެއެވެ. އަމިއްލަ ގޮތުން އެތައް އަހަރެއް ވަންދެން އަލްޖަޒީރާގައި މަހްމޫދު މަސައްކަތް ކޮށްފައިވާއިރު ފުލްޓައިމްކޮށް އަލްޖަޒީރާގައި މަހްމޫދު މަސައްކަތް ކުރަން ފެއްޓީ 2010 ވަނަ އަހަރުގައި އެވެ.

މަހްމޫދު ފުރަތަމަ މަސައްކަތް ކުރީ މިސްރުގެ ކައިރޯގައި އެވެ. އޭގެ ފަހުން ދޯހާގައި މަސައްކަތް ކުރަން އޭނާ ފެށިއެވެ. 54 އަަހަރުގެ މަހްމޫދު މިސްރުގެ ކައިރޯގައި ހުއްޓާ ހައްޔަރުކޮށްފައި ވަނީ 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހުގައި އެވެ.

ޗުއްޓީގައި އާއިލާ އާއި ބައްދަލުކުރުމަށް ދަނިކޮށް މަހްމޫދު ހައްޔަރުކުރި އިރު 15 ގަޑިއިރު ވަންދެން އޭނާ ވަނީ ވަކީލެއް ހާޒިރުނުކޮށް ބަންދުގައި ބަހައްޓައިފަ އެވެ. އަދި ފަހުން ދޫކޮށްލުމަށްފަހު އަނެއްކާ ވަނީ ހައްޔަރުކޮށްފަ އެވެ.

މިސްރުގެ އިންޓީރިޔާ މިނިސްޓްރީން މަހްމޫދާއި ގުޅޭގޮތުން ދަޢުވާ ކޮށްފައި ވަނީ ދޮގު ހަބަރުތައް ފެތުރުމާއި ޤައުމުގެ އަގުވައްޓާލައި ބޭރުގެ ފަރާތްތަކުން ފަންޑު ހޯދާކަމުގެ ތުހުމަތުތަކެވެ. މި ހުރިހާ ތުހުމަތުތަކަށް މަހްމޫދު އަދި އަލްޖަޒީރާ އިން ވަނީ އިންކާރު ކޮށްފަ އެވެ.

ދޮގު ތުހުމަތުތަކެއް ކޮށް މަހްމޫދު ހައްޔަރު ކުރުމުން އަލްހަޒީރާ އިން ވަނީ މަހްމޫދު ދޫކުރުމަށް ގޮވާލާ ބޮޑު މީޑިޔާ ކެމްޕެއިނެއް ކޮށްފަ އެވެ. ނަމަވެސް މިސްރުގެ ކަމާބެހޭ ފަރާތްތަކުން ވަނީ އެޤައުމުގެ ޤާނޫނު ތަކާއި އަދި އިންޓަނޭޝަނަލް ޤާނޫނުތަކާއި ހިލާފަށް މަހްމޫދުގެ ބަންދުގެ މުއްދަތު އެތައް ފަހަރެއްގެ މަތީން އިތުރުކޮށްފަ އެވެ.

މިސްރުގެ ޖަލުގައި ހޭދަކުރެއްވި މުއްދަތުގައި މަހްމޫދަށް ވަނީ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އެތައް އަނިޔާތަކެއް

ވެފަ އެވެ. އަދި 2017 ވަނަ އަހަރު މަހްމޫދުގެ އަތް ބިނދުމުން ރަނގަޅު ބޭސްފަރުވާ ލިބޭނެ ގޮތުންވެސް އޭނާ ވަނީ މަހުރޫމް ކޮށްފަ އެވެ.

2018 ވަނަ އަހަރުގެ ޖަނަވަރީ މަހުގައި އ.ދ ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަން އިން މަހްމޫދުގެ ހާލަތާއި ބެހޭގޮތުން ބުނީ އޭނާ ހުރީ ވަރަށް އަނިޔާވެރި އިންސާނިއްޔަތުކަމެއް ނެތް އަދި އިންސާނިއްތުކަން ކުޑަ ފަރުވާދޭ ތަނެއްގައި ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރަދީފް

    މަހްމޫދު އެއީ ހިތްވަރުގަދަ ނޫސްވެރިއެއް.

    12
  2. ޒާ

    މިސްރުންވަނީ ޑިމޮކްރަޓިކް ވެރިޔާވެސް މަރާފާ