މިދިޔަ އަހަރު ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ނުރައްކާތެރިކަމަކީ މުޅި ދުނިޔެ ހުއްޓުމަކަށް ގެނުވި ކަމެކެވެ. މި ވައިރަސް ފެތުރެމުން ދަނީ ވެސް ހީނުކުރާ ފަދަ ހަލުވިމިނެއްގައެވެ.
ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި ކޮރޯނާ ވައިރަސް ފެތުރިގެން ދިޔައީ ވާލުގެ ސަބަބުންނެވެ. ނަމަވެސް ދިރާސާ ކުރާ މީހުން މިހާރު ބުނަމުންދަނީ ކޮރޯނާ ވައިރަސް ފެތުރުމުގައި މޫސުމަށް އަންނަ ބަދަލުތައް ބޮޑު ދައުރެއް އަދާ ކުރާ ކަމަށެވެ.
ބެކްޓީރިއާ ފެތުރޭ ޕެތޮގަންގެ އެތައް ބައިތަކެއް ނެތިކޮށްލާ ވާލު ފަދަ ތަކެތި އިންސާނުން އާއްމުކޮށް ކޮށް އުޅޭ ކަންތައްތަކާއި ކައިރި ކޮށްދޭ ކަމަށް ވެސް ދިރާސާ ކުރާ މީހުން ބުނެއެވެ.
ކޭމްބްރިޖު ޔުނިވާސިޓީގެ ދިރާސާ ކުރާ މީހުން ވަނީ ފާއިތުވި ގަރުނުގައި ފިނިހޫނު މިން ހުރި މިންވަރާއި ވާރޭ ވެހޭ މިންވަރުގެ ޑާޓާތައް އެއްކޮށް ބަލައި ދިރާސާކޮށް ވާލުގެ ތަފާތު ބާވަތްތަކުގެ ދިރިއުޅުމަށް އައިސްފައިވާ ބަދަލުތަކާއި އޭގެ ބޭނުންތައް ދިރާސާ ކޮށްފައެވެ.
ފާއިތުވި 100 އަހަރުގެ ޑާޓާއިން ދައްކާ ގޮތުގައި ވާލުގެ 40 ބާވަތެއް ވަނީ ދެކުނު ޗައިނާ އާއި ލާއޯސް އަދި މިޔަންމާގައި އެ މީހުންގެ ދިރިއުޅުން ފަށައި އައު ގެ ކަމުގައި ހަދައިފައެވެ. މިއީ ކޮރޯނާ ވައިރަސް އުފެދިގެން އައި ހިސާބެވެ.
އަދި މި 40 ބާވަތުގެ ވާލުގެ ހަށިގަނޑުގައި 2.7 ކޮރޯނާވައިރަސް ހުންނަ ކަމަށް ވެސް ދިރާސާތަކުން ދައްކައެވެ. ކޭމްބްރިޖު ޔުނިވާސިޓީގެ ރޮބާޓް މޭޔަރުގެ ބަޔާނެއްގައި ބުނެފައިވަނީ ކޮރޯނާ ވައިރަސް ފެތުރުމުގައި މޫސުމަށް އަންނަ ބަދަލުތައް ނުހިމެނެއޭ ނުބުނެވޭނެކަމަށް ބުނެފައެވެ.
މި ދުވަސްވަރު ވައިގަދަވީމަވެސް ފެތުރެން ފަސޭހަވޭ!
ވާލަކީ މީހުންކަމަށް ބުނެވޭނެ ހާލަތެއް އަންނަނީ ހަމައެކަނި ބެޓްމޭން ފިލުމުގަ