ސްރީލަންކާގައި ބޭއްވި ކައިވެނި ހަފްލާއަކަށް ދިޔަ 100 އަށްވުރެ ގިނަ މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.
މިއީ މިނުވަންގޮޑާގެ ޓައުންގައި ބޭއްވި ކައިވެނީގެ ހަފްލާއެކެވެ. އެ ހަފްލާއަށްދިޔަ 131 މީހަކު ވަނީ ކޮވިޑް-19އަށް ފައްސިވެއެވެ. އެ ހަފްލާ ބާއްވާފައި ވަނީ ޖެނުއަރީ 26 ވަނަ ދުވަހު އެވެ.
ކޮވިޑް ޓާސްކް ފޯސް އިން ބުނީ، ފައްސިވި 131 މީހުންގެ ތެރޭގައި އެ ހަފްލާއަށް ދިޔަ ގެސްޓުންނާއި އަދި އިތުރު ބައެއް މީހުންވެސް ފައްސިވެފައިވާ ކަމަށެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އެ ހަފްލާއަށް 250 ގެސްޓުން ދިޔަ އެވެ.
އެ ކޮވިޑް-19 ވޭދަނަތަކާއި ގުޅިގެން އެ ހަފްލާގައި ކައިވެނި ކުރި އަންހެން މީހާއާ ގުޅުން ހުރި 40 އާއިލާއެއް ވަނީ ހޯދައި، އެ މީހުން އެކަހެރި ވުމަށް އަންގާފައެވެ.
މީގެކުރިންވެސް ކައިވެނީގެ ހަފްލާތަކުގެ ސަބަބުން ބައެއް ގައުމުތަކުގައި ކޮވިޑް-19 ފެތުރިފައި އެބަ ހުއްޓެެވެ. އަދި އެތައް ބަޔަކު ފައްސިވެފައިވެސް އެބަ ހުއްޓެވެ.
ސްރީލަންކާއަކީ ކޮވިޑް-19 ފެތުރުން ވަރަށް ބޮޑަށް ކޮންޓްރޯލް ކުރި ގައުމެކެެވެ. އެހެން ނަމަވެސް އެ ގައުމުގައި ބަލި ފެތުރޭ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައެވެ. އެ ގައުމުގައި މިހާތަނަށް 69,862 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އަދި އެ ބަލީގައި 356 މީހަކު ވަނީ މަރުވެފައެވެ.
ތި ލަންކާ ތީ ރާއްޖެއައްވުރެވެސް ބޯގަޅިގައުމެއް. ދެން ނަތީޖާ އަނދާޒާކޮއްލާ..
ތިފާޑުގެ ފޮޓޯލުމުން ދިވެހިން ވެސް ތިހެން ކައިވެނިކުރަން ފަށާފާނެ ......