"އިތުރަށް ރޮވޭވަރަށް ވުރެ އަހަރެންގެ ހާލު ދެރަ."- މިއީ ޞިއްޙީ އެހީތެރިއެއްގެ ވާޖިބު އަދާކުރަނިކޮށް ޝަހީދުކޮށްލި ރަޒަން އަލް ނަޖަރުގެ މަންމަ، ސަބްރީން އަލް ނަޖަރުގެ ޙާލަތެވެ. ލޯބިވާ އަންހެން ދަރިފުޅު ޝަހީދުކޮށްލުމުން، ނިކަމެތި މަންމައަށް ކުރިމަތިވެފައިވަނީ ތަހަންމަލު ކުރެވޭފަދަ ހިތާމައެއް ނޫނެވެ.
"ތެދުވެފައި އަހަރެން ގާތު ބުނި، އަހަރެން މި ދަނީ މުޒާހަރާއަށޭ."- ސަބްރީން، އޭނާގެ ދަރިފުޅާ އެންމެ ފަހުން ދެއްކި ވާހަކަ ހަނދާން ކުރަމުން، ނޫސްވެރިންގެ ގާތުގައި ބުންޏެވެ.
ހިތްވަރުގަދަ ރަޒަން ޝަހީދުކޮށްލާފައިވަނީ، ދަރުމަވެރިއެއްގެ ގޮތުގައި މަސައްކަތްކުރާ ޕެރަމެޑިކެއްގެ ހައިސިއްޔަތުން، މުޒާހަރާގައި އަނިޔާވާ ފަރާތްތަކަށް ޞިއްޙީ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދެމުން ދަނިކޮށެވެ. ޝަހީދުކޮށްލީ ޞިއްޙީ އެހީތެރިއެއް ނުވަތަ ނަރުހެއްގެ ޔުނީފޯމުވެސް އަޅައިގެން ހުއްޓައެވެ.
ސަބްރީން ކިޔައިދިން ގޮތުގައި ހުކުރު ދުވަހުގެ މުޒާހަރާގެ ޑިއުޓީއަށް އޭނާގެ ދަރިފުޅު ނިކުމެގެން، މަގުމަތިން ގޮސް އޮބާލަންދެންވެސް އޭނާ ބަލައިގެން ހުއްޓެވެ. ލޯބިވާ ދަރިފުޅު މަގުމަތިން ގޮސް އޮބާލީ، އެސްފިޔައެއް ޖަހާލާހާ އަވަހަށްކަމަށްވެސް އޭނާ ބުނެފައިވެއެވެ.
"އޭނާ އުދުހިގެން ދިޔައީ ދޫންޏެއްހެން."- ރަޒަންގެ މަންމަ އަސަރާއެކު ބުނެފައިވެއެވެ. ސަބްރީން މި ވާހަކަތައް އަސަރާއެކު ކިޔައިދެމުން ދިޔައިރު އާއިލާއާއި ރަޙުމަތްތެރިން އެތަނަށް ޖަމާވެފައި ތިއްބެވެ. ހަމައެހެންމެ، ރަޒަން ފަރުވާ ދީފައިވާ ބަލިމީހުންވެސް އެތަނަށް ޖަމާވެފައި ތިއްބެވެ.
ރަޒަން ޝަހީދުކޮށްލި މުޒާހަރާގައި، އެމަންޒަރު ފެނުނު މީހަކު ބުނެފައިވާ ގޮތުގައި އެދުވަހު ރަޒަން ހުރީ ދެ އަތް މައްޗަށް ނަގައިގެންނެވެ. އެއީ، އޭނާއަކީ އެއްވެސް ނުރައްކަލެއް ހުރި މީހެއް ނޫންކަން، ޔަހޫދީ އަނިޔާވެރި ސިފައިންނަށް ދެއްކުމަށެވެ. އަދި، އެވަގުތު ރަޒަން މަސައްކަތް ކުރީ އެތަނުގައި އޮތް ހާލު ދެރަ ބަލިމީހަކު އެހެން ތަނަކަށް ބަދަލުކުރުމަށެވެ.
ބައިނަލްއަޤުވާމީ ގޮތުން ހެދިފައިވާ ޤަވާއިދުތައް އަދި ވަކީން ޚާއްޞަކޮށް ޖެނީވާ ކޮންވެންޝަންގެ ދަށުން ހަނގުރާމައާއި ހަމަނުޖެހުގެ ހާލަތްތަކުގައި، ޞިއްޙީ އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރާ ފަރާތްތަކަށް އަމާޒުކޮށް ހަމަލާ ދިނުމަކީ ވަރަށް ބޮޑު ކުށެކެވެ.
ރަޒަންގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިއުމެއް މިންވަރު ކުރައްވާދޭ. އާމީން.
ހޯސްލާފައި ލޮލުން އޮހެރެނީ ކަރުނައެވެ. ހިތް ކުދިކުދި ވެއްޖެއެވެ. ހަށިގަނޑުގެ ވަރު ދެރަވެއްޖެއެވެެ
.ކޮންކަމަކާތޯއެވެ! އާދެ! އެއް މުސްލިމަކީ އަނެއް މުސްލިމެއްގެ އަހެއް،އުހުތެއް ކަމުގައި ވާތީއެވެ. ޔާ ﷲ ! ޔާ ﷲ ! ރަޒަންގެ ފުރާނަ އިބަ ﷲ ގެ އަޟްރަތުގައި މަތިވެރިކުރައްވާށިއެވެ. އާއިލާއަށާއި ފަލަސްތީނުގެ ނިކަމެތި ރައްޔިތުންނަށް ކެތްތެރިކަމާއި ނަސްރާއި ކާފަރުތަކުންގެ މައްޗަށް ގަދަވެގަތުމުގެ ބާރާއި ސާބިތުކަން ދެއްވާށި! އާމީން.
އާމީން
އާމީން
އާމީން
އަސަރުކޮށްލައި ރޮވޭ ދެރަވެސްވޭ އެކަމަކު ހެޔޮދުޢާކޮށްދިނުން ނޫންކަމެއްކޮށްދެވޭކަށްނެތް ވަރަށް އަސަރުކޮށްލާ
އާމީން،
އާމީން....
ޜަޒާން އައް ދާއިމް ވެގެން ވާ ސުވަރުގޭގެ ނިއުމައިއް ދެއްވާން ދޭވެ އަދި ރަޒާން ގެ އާއިލާ އައް ކެއްތެރިކަން މިންވަރު ކުރައް ވާސި
އާމީން ??
އާމީން
އާމީން
ނިކަމެތިކަން ހިތައް އަރާފަ ހިތް
ފަޅައިގެންދާވަރުވޭ! ވަށައިގެން
ޢަރަބިގައުމުތައް ބާރެއްނެއް!
ޔަހޫދީން ހިތުހުރިގޮތެއް ހަދަނީ
މިއުއްމަތް މިހިސާބައް މިއަދު
މިދާންޖެހުނީ އުއްމަތުގެ ވެރިންގެ
ދޯދިޔާ ކަމުގެ ސަބަބުން ހާއްސަކޮށް
ސައުދީންގެ ސަބަބުން