ޗައިނާގެ އުއިގާ އަކީ ގިނަ ބަޔަކު އަމިއްލަ ގެދޮރު ކަމަށް ބަލަމުން އަންނަ މުސްލިމް ދަރިފަސްކޮޅެއް އޮންނަ ސަރަހައްދެކެވެ. މިތަނުގައި ތިބޭ މުސްލިމުންނަށް ޗައިނާ މީހުންގެ ފަރާތުން އަބަދުވެސް އަންނަނީ އެކި ގޮތް ގޮތަށް ނަފްސާނީ އަދި ޖިސްމާނީ އަނިޔާ ލިބެމުންނެވެ. މިތަނުގައި އަސްލު ހިނގަނީ ކޮންކަހަލަ ކަމެއްތޯ އެއްވެސް ބަޔަކަށް އަދި ސާފުވެފައެއް ނުވެއެވެ.
"އެމީހުންގެ އަޒުމަކީ ހުރިހާ އެންމެން ހަލާކު ކޮށްލުން" އެތަނުގައި އެކި ކަހަލަ އަނިޔާތައް ލިބިފައިވާ މީހަކު ބުންޏެވެ.
އުއިގާގެ މުސްލިމުންނަށް ޗައިނާ މީހުން އަނިޔާ ކުރަން ފަށާފައިވަނީ އެގައުމުގެ ރައީސް ޒީ ޖިންޕިންގެ އަމުރަކަށެވެ. އެ އަމަރުގައި އޭނާ ވަނީ އެތަނުގައި ތިބި މުސްލިމުންނަށް "ހަމްދަރުދީ" ނުވުމަށް އަންގައިފައެވެ. އެގޮތުގެ މަތިން 2014 ވަނަ އަހަރުން ފެށިގެން މިއަދާއި ހަމައަށް އެތަނުގައި ތިބި މީހުންނަށް އަންނަނީ އެކި ކަހަލަ އަނިޔާތައް ލިބެމުންނެވެ.
މި އަނިޔާތަކުން ސަލާމަތްވެފައިވާ މީހުން މަދުން ނަމަވެސް ތިބެއެވެ. ނަމަވެސް އޭގެ އެއްވެސް ބައެއްގެ ސީދާ މައުލޫމާތު ހޯދުމަކީ ވަރަށް އުނދަގޫ ކަމެކެވެ. ގިނަ މީހުން އެފަދަ މައުލޫމާތު ހިއްސާ ނުކުރަނީ އެމީހުންގެ އިއްފަތްތެރިކަން އެތަނުގެ ތެރޭގައި ނަގާލާފައިވާތީއެވެ.
ބީބީސީން ކުރި އިންޓަވިއު އެއްގައި އެތަނުގައި ނުވަ މަސްވަންދެން ހައްޔަރުގައި އުޅުނު ޓާސުނޭ ޒިއަވުޑުން ބުނެފައިވަނީ އޭނާ އަށް އެތަނުގައި ލިބޭ އަނިޔާތަކަށް ކެތް ނުކުރެވިގެން އެތަނުން ފިލާފައިވާ ކަމަށެވެ. އޭނާ މިހާރު ދިރިއުޅެމުން އަންނަނީ އެމެރިކާގައެވެ.
ޓާސުނޭ ބުނެފައިވަނީ އެތަނުގައި ދިރިއުޅޭ އަންހެނުން ކޮންމެ ރެއަކު އެތަނުން ބޭރަށް ނެރޭ ކަމަށެވެ. އަދި މާސްކު އަޅައިގެން ތިބޭ ޗައިނާ މީހުން އެމީހުން ރޭޕްކޮށް އަމިއްލަ އުފާ ހޯދާ ކަމަށް ބުންޏެވެ. އޭނާ ބުނީ، އޭނާ އަކީވެސް އެފަދަ އަނިޔާތައް ލިބިފައިވާ މީހެއް ކަމަށެވެ. އެގޮތުން ގޭންގް ބަޔަކު ތިން ފަހަރަށް އޭނާ ރޭޕް ކުރި ކަމަށް ވެސް ބުނެފައިވެއެވެ.
ބީބީސީން ވަނީ 18 މަސް ވަންދެން އުއިގާގެ ކޭމްޕެއްގައި އުޅުނު އަންހެނަކާ ވާހަކަ ދައްކައިފައެވެ. އެ މީހާއަކީ އެތަނުގައި ދެން ތިބޭ އަންހެނުންގެ ހެދުންތައް ބާލުވައި ޗައިނާގެ މީހުންނަށް އަންހެނުން ތައްޔާރުކޮށްދޭން ހުންނަ މީހާއެވެ. އޭނާ ބުނީ، އެކަން ކުރަނީ އިތުރު ގޮތެއް ނެތިގެން ކަމަށެވެ.
"އަޅުގަނޑުގެ ވަޒީފާއަކީ އެމީހުންގެ ހެދުން ބާލުވައި ގުޑާނުލެވޭ ވަރަށް ބިޑި އަޅުވައި ބާރު ކުރުން. އޭގެ ފަހުން އެތަނުން ނިކުންނަނީ. ނިކުންނަ އިރަށް ޗައިނާގެ ފިރިހެނަކު އެތަނަށް ވަންނާނެ. އެއީ ފުލުހެއް ކަމެއް ނުވަތަ އާންމުންގެ މީހެއް ކަމެއް ނޭނގޭ. އެމީހުން އެތަނުން ނިކުންނަންދެން ދޮރު މަތީ ބޭރުގައި ހުންނަނީ. ނިކުތީމަ އަންހެން މީހާ ގޮވައިގެން ދަނީ ފެންވަރު ވަން" ގުލްޒިރާ އައުލްޚާން ބުންޏެވެ.
އޭނާ ބުނީ، ރޭޕް ކުރުމުގެ އިތުރުން އަންހެނުން ގަންނަން ޗައިނާ މީހުން ފައިސާވެސް ދޭ ކަމަށެވެ.
ރޭޕްގެ ޝިކާރައަކަށްވެފައިވޭތޯ ސުވާލުކުރުމުން އެމީހާ ބުނެފައިވަނީ އެތަކެއް ފަހަރުމަތިން އޭނާވެސް ރޭޕް ކޮށްފައިވާ ކަމަށެވެ.
އެގޮތަށް ގެންދާ ބައެއް މީހުން އަނބުރާ ނުގެންނަ ކަން އޭނާ ފާހަގަ ކުރިއެވެ. އަދި އަންނަ މީހުންނަށްވެސް އެއްވެސް އެއްޗެއް ނުބުނޭވަރު ކޮށްފައިވާ ކަން އޭނާ ވަނީ ފާހަގަ ކޮށްފައެވެ. މީގެ އިތުރުން އެމީހުން ބޭނުންވާ ގޮތަކަށް ކަންތައް ނުކުރެވުމުން އެންމެންގެ ކުރިމަތީ އަންހެނުންގެ ހެދުން ބާލުވައި އިއްފަތްތެރިކަން ފޭރިގަންނަ ކަންވެސް އޭނާ ވަނީ ފާހަގަ ކޮށްފައެވެ. ނަމަވެސް އެންމެން ތިބެންޖެހެނީ ކަރުނަ އަޅައި ރޯން ކަމަށާއި އެއްވެސް މީހަކަށް އެއްވެސް ކަމެއް ނުކުރެވޭ ކަން އޭނާ ފާހަގަ ކުރިއެވެ.
سبحان الله މަށެއްޗައިނާވެކްސިން ނުޖަހާނަން
ތީހާދަހާނުބައިވެގެންވީބަޔެކެވެ
ނުލަފާ ޗައިނާ...ތި ޝީޖިންޕިންގް އަކީ ގުރުއާން ބަދަލުކުރަން އުޅުނު ގޮލާދޯ ތީނައެކޭ އިޒްރޭލް ގެ ނެތެންޔާހޫ އެކޭ ނެތް ތަފާތެއް
ތިކަހަލަ މަދހު މީހުންގެ ތހެރޭ ހިމެނޭ ގ.ކެނެރީގޭ ނަޝީދު ،އިންޑިޔާ މޯދީ ، ނަތަންޔާހޫ ، ޝީޖިންޕިން
އަނިޔާވެރި ލާދީނީ ޗައިނާ.
މިހާރު ވާއެއް ނުވާއެއް ނޭނގެ. ގޯހީ އިންޑިއާކަމެއް ޗައިނާކަމެއް ނޭނގުނު. ތިޔަހާ ނުބައިވެގެންވާ ބައެއްގެ ދީލަތިކަމެއް އަހަރުމެން ބޭނުމެއްނޫން.